ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ އާސެނަލް އަށް އިމްތިހާނެއް

Nov 20, 2021, 7:02 AM
އާސެނަލްގެ ކޯޗު އާޓެޓާ އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.

އާސެނަލްގެ ކޯޗު އާޓެޓާ އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.

ލިވަޕޫލް (ނޮވެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް އާސެނަލް ނުކުންނައިރު، މިއީ އާސެނަލް މިހާރު އޮތް ފެންވަރު ވަޒަންކޮށްލެވޭނެ އިމްތިހާނެކެވެ.

ރަށުން ބޭރުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ބަލިނުވެ އެވެ. ސީޒަންގެ ކުރީކޮޅު އާސެނަލްގެ ނަތީޖާތައް ދަށް ނަމަވެސް، މި ފަހަކަށް އައިސް ނަތީޖާތައް ރަނގަޅުކޮށް، އާސެނަލް މިހާރު ވަނީ ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި އާސެނަލް އެންމެ ފަހުން މޮޅުވެފައިވަނީ 2012 ވަނަ އަހަރެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ އަކީ އޭރު އާސެނަލް ޓީމުގެ ކުޅުންތެރިއެކެވެ. އެހެންކަމުން، ލިވަޕޫލްގެ ދަނޑުގައި އެ ޓީމިު ބަލިކުރުމަކީ ކިހާވަރެއްގެ ކަމެއްކަން، އާޓެޓާ އަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

"ލިވަޕޫލްގެ ދަނޑުގައި ކުޅުމަކީ އަބަދު ވެސް އިމްތިހާނެއް." އާޓޭޓާ ބުންޏެވެ.

"ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު، ޓީމު އޮންނަންވާނީ އެންމެ މަތީ ފަންތީގައި. ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅަށް ޓީމު އޮންނަންވާނީ."

މި މެޗަށް ނުކުންނައިރު ލިވަޕޫލް އޮތީ 22 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 20 ޕޮއިންޓާއެކު އެވެ. މިރޭ ލިވަޕޫލް އަތުން މޮޅުވެގެން ތާވަލުގައި އެ ޓީމުގެ ކުރިއަށް އެރުމުގެ ފުރުސަތު އާސެނަލަށް އެބައޮތެވެ.

ލިވަޕޫލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓް ހޭމް އަތުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މެޗަށް ނުކުންނައިރު، ލިވަޕޫލްގެ ޑިފެންސް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

"ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އަހަރަމެން ޑިފެންސްގައި މިހާރަށްވުރެ ބޮޑަށް "އެގްރެސިވް" ވާންޖެހޭ އެބަ. މިއީ މި ސީޒަންގައި ދިމާވެފައިވާ މައްސަލައެއް،" ކްޕޮޕް ބުންޏެވެ.

އިންޓަނޭޝަނަލް މެޗުތަކުގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި ސަޑިއޯ މާނޭ އަދި އެންޑީ ރޮބަޓްސަން އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވި އެވެ. ހެންޑަސަން އާއި މާނޭ އަށް އާސެނަލާ ދެކޮޅަށް ކުޅެވޭނެ ކަމުގެ އުއްމީދެއް އެބައޮތެވެ. ރޮބަޓްސަން އަށް ނުކުޅެވިއްޖެނަމަ އެ މަގާމަށް ކުޅޭނީ ގްރީސްގެ ފުލްބެކް ކޮސްޓާސް ސިމިކާސް އެވެ. މި ސީޒަނުގެ ބައެއް މެޗުތަކުން ފުރުސަތު ލިބުނު ސިމިކާސް ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox