އާމްދަނީ އިތުރުކުރާ ބިލުތައް ބަޖެޓާއެކު ހުށަހެޅުން؛ މަޖިލީހުގެ ގިނަ ރެކަމެންޑޭޝަންތަކެއް

 ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުން.. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުން.. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން ހުށަހަޅާ ކަންކަމާގުޅޭ ގާނޫނުތައް ވުޖޫދުކުރަން ވަގުތު ނަގާތީ، އެފަދަ ބިލުތައް ބަޖެޓާއެކު ހުށަހެޅުމަށާއި ބަޖެޓުގައި ނުހިމެނޭ ހަރަދުތައް އިތުރުވާ ކަންކަން ތަންފީޒުކުރުން ފަސްކުރަން ފިނޭންސް މިނިސްޓްރީއަށް ލަފާދޭން ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަޖެޓު ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި މިގޮތަށް ލަފާދޭން ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ، އާމްދަނީ ހޯދަން ހުށަހަޅާ އާ ކަންކަމުން އާމްދަނީ ނުލިބި ލަސްވުމުގެ ކަންބޮޑުވުން ހުރި ދަނޑިވަޅެއްގަ އެވެ.

އެގޮތުން ވޭތުވި ދެ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރަން އަލަށް ފަށަން ނިންމި ގިނަ ކަންކަން ތަންފީޒު ނުވެ އެވެ. އެކަމަކު އޭގެ ތެރެއިން އެއާޕޯޓު ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތައް މަތިކުރުމާއި ރެޒިޑެންޓް ޕާމިޓްގެ ރޭޓުތައް މަތިކުރުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ ތަންފީޒުކުރުން ސަރުކާރުން މަޑުޖައްސާލީ ކޮވިޑާ ގުޅިގެންނެވެ.

ގާނޫނުތަކާއި ގަވާއިދުތައް ނުހެދި ލަސްވެގެން ތަންފީޒު ނުކުރެވުނު ކަންކަމުގެ ތެރޭގައި ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކުރަން ހުށަހެޅި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ޓޫރިޒަމަށް ބިން ވިއްކުން ހިމެނެ އެވެ. މިކަންކަމަކީ އަންނަ އަހަރު އާމްދަނީ އިތުރުކުރަން ހިމަނާފައިވާ ކަންކަމެވެ.

ކުރީގެ ބަޖެޓެއްގައި ނުހިމެނޭ އާ ކަމަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހުށަހެޅީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އެވެ. މި ބިލު މަޖިލިހަށް އަދި ހުށަނޭޅި ނަމަވެސް މިއީ 2020 ވަނަ އަހަރު އެކުލަވާލީ ސަރުކާރުގެ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭންގައި ހިމެނޭ ކަމެކެވެ.

އޭގެ އިތުރުން ބަޖެޓު ފާސްކުރާ ފަހުން ގާނޫނުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ހަރަދުތައް އިތުރުވާތީ، ކޮމީޓިން ލަފާދިނީ ގާނޫނު ޑްރާފްޓްކުރާ މަރުހަލާގައި މި ހަރަދުތައް ދެނެގަތުމަށާއި ހަރަދު އިތުރުވާ ގާނޫނުތަކާއި ސިޔާސަތުތައް ޖެހިގެން އަންނަ އަހަރަށް ފަސްކުރުމަށެވެ.

އަދި އާ ބިލެއް ފާސްވެއްޖެ ނަމަ ސަޕްލިމެންޓްރީ ބަޖެޓާ އެކު އެ ބިލު ފާސްކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ.

މިގޮތަށް ހުށަހެޅީ މިއަހަރުގެ ބަޖެޓު ފާސްކުރި ފަހުން ޖުމްލަ ހަތަރު ގާނޫނަކަށް އައި ބަދަލުގެ ސަބަބުން ޖުމްލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކުރަންޖެހުމުގެ ކަންބޮޑުވުން ފިނޭންސް މިނިސްޓްރީން ވެސް ފާޅުކޮށްފައިވަނިކޮށެވެ.

މީގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާގެ ހިރާސް ކުޑަކުރުމަށްޓަކައި މަޝްރޫއުތަކާއި ހިދުމަތް ހޯދުމަށް ވެވޭ ކޮންޓްރެކްޓްތަކާގުޅޭ މައްސަލަތައް އިސްލާހުކުރުމަށާއި މަޝްރޫއުތައް ހިނގާ މިންވަރު ބަލާ މޮނިޓާކުރުމުގެ ކަންކަން ހަރުދަނާކުރަން ސަރުކާރުގެ އިދާރާތަކުގައި އެދުމަށްވެސް ކޮމިޓީން ފާސްކުރި ރެކަމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ.

ބަޖެޓަށް ކޮމިޓީން ގެނައި ބަދަލު

ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ ކޮމިޓީން ރޭ ވަނީ އިތުރުކޮށްފަ އެވެ.

މި ބަދަލާއެކު ޖުމުލަ ބަޖެޓަށާއި ބަޖެޓްގެ ހަރަދަށް އަންނަނީ ކުޑަ އިތުރުވުމެކެވެ. ބަޖެޓްގެ ޖުމުލަ ހަރަދު 34 ބިލިއަން ރުފިޔާއިން 34.10 ބިލިއަން ރުފިޔާ އަށް އަދި ޖުމުލަ ބަޖެޓް، 36.92 ބިލިއަން ރުފިޔާއިން، 36.99 ބިލިއަން ރުފިޔާ އަށް ބޮޑުވެގެން ދާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ހުށަހަޅާފައިވާ ކަންކަމާއި، ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓް ދިރާސާކުރި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox