ހަސަދަވެރިކަމަކީ ހުތުރު އަދި ފަކުރު ސިފައެއް

ހަސަދަވެރިކަމަކީ ހުތުރު އަދި ފަކުރު ސިފައެއް

ބުނެވޭގޮތުގައި އުޑުގައި އެންމެ ފުރަތަމައަށް ހިނގި ފާފައަކީ ހަސަދަވެރިވުމުގެ ފާފަ އެވެ. އާދަމްގެފާނާމެދު އިބްލީހުގެ ހަސަދަވެރިކަމެވެ. އަދި ބިމުގައި ވެސް އެންމެ ފުރަތަމައަށް ހިނގި ފާފައަކީ ހަސަދަވެރިވުމުގެ ފާފަ އެވެ. ހާބީލްއާމެދު ޤާބީލްގެ ހަސަދަވެރިކަމެވެ. އިލްމުވެރިންގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް ހަސަދަވެރިކަމުގެ މާނައަކީ ކޮބައިތޯ ބަލާއިރު، ހަސަދަވެރިކަމަކީ އަނެކާއަށް އޮންނަ މޮޅުކަމެއް ފިލައިދިއުމަށް އެދުމާއި ބޭނުންވުންކަމުގައި ބުނެވިދާނެ އެވެ. އިބްނުޢާޝޫރު ވިދާޅުވާގޮތުންނަމަ ހަސަދަވެރިކަމަކީ އަނެކާއަށް ލިބިފައި އޮންނަ މޮޅުކަމަކީ މާބޮޑު މޮޅުކަމެއްކަމުގައި ބެލެވުމާއި އަދި އެކަން ފިލައިދާނެނަމަ ކޮންފަދަހޭ ހިތަށްއެރުމުގެ މައްޗަށް ނަފުސުންކުރާ މައްސުނި އިހުސާސެކެވެ. އަނެކާގެ އެހާލަތަށްޓަކައި ހިތުގައި އުފައްދާ ބާވަތަކުގެ ނުތަނަވަސްކަމަކުން އުފައްދާ އިހުސާސެކެވެ.

އެކިކަންކަމުގައި ވާދަކޮށްއުޅުމާއި ތަފާތު މުބާރާތްތަކުގައި ފޯރިހިއްޕާލުމަކީ ހަސަދަވެރިކަމެއް ނޫނެވެ. މީހަކަށް ލިބިފައިވާ މޮޅުކަން ފެނި އެކަން ތިމާއަށް ވެސް ބޭނުންވުމަކީ އެއީ ހަސަދަވެރިކަން ނޫންކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. ހެޔޮ ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށްއުޅުމަކީ، އިސްލާމްދީން ބާރުއަޅާފައިވާ ކަމެއްކަން އަލްމުޠައްފިފީން ސޫރަތުގެ 26 ވަނަ އާޔަތާއި އަލްޙަދީދް ސޫރަތުގެ 21 ވަނަ އާޔަތުން އެނގެ އެވެ. އިމާމް ޣަޒާލީ ވިދާޅުވެފައިވާގޮތުން މީހުން މުބާރާތްކޮށް ވާދަޖަހަނީ އަނެކާއާ އެއްވަރުވާން ބޭނުންވާތީ އެވެ. ނިއުމަތުގެ ގޮތުން އަނެކާއާ އެއްފެންވަރެއްގައި ގުޅެން ބޭނުންވާތީ އެވެ. އެކަމުގައި އަނެކާގެ ނިއުމަތަށް ނުވަތަ މޮޅުކަމާމެދު ނަފުރަތެއް ކުރުމެއް ނުވެ އެވެ.

ނަމަވެސް ވާދަކުރުމުގެ ތެރެއަށް ވެސް ރުޅިވެރިކަމާއި ނަފުރަތު ވަނުމަކީ ވާދަކުރުން ނުރަނގަޅު ސިފައަކަށް ބަދަލުވެ ހަސަދަވެރިކަން ފެށިގެން ހިނގައިދާނެ ސަބަބެކެވެ. ހަސަދަވެރިކަން ވަނީ ކަނޑައެޅިގެން ނަހީކުރެވިފަ އެވެ. އައްނިސާއު ސޫރަތުގެ 32 ވަނަ އާޔަތުގައި އަންގަވާފައިވެ އެވެ. ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ!

ހަސަދަވެރިކަމަކީ ހަޑި ދަށް ސިފައެކެވެ. ހުތުރު އަދި ފަކުރު ސިފައެކެވެ. އެވަރަކުން ވެސް ނުނިމެ އެވެ. ނަފުސަށް ހުރި މާބޮޑުގެއްލުމެކެވެ. ތިމާގެ ކަންބޮޑުވުންތައް އުމުރަށް ދަމަހައްޓާލަދޭ ނުރައްކާތެރި ވަސީލަތެކެވެ. ހަސަދަވެރިކަން ތިމާގެ ހިތުގައި އޮތް ހަމަޖެހުމާއި އަމާންކަން ނަގާލައެވެ. ނަފުސުގެ ހިނިތުންވުން ރުޅިވެރިކަމަށް ބަދަލުކުރެ އެވެ. އޭގެ ނަތީޖާއިން ހަމައެކަނި ގެއްލުންވަނީ ވެސް ތިމާއަށެވެ. ނަފުސުގެ ހިނިތުންވުން ގެއްލިދިއުމާއެކު އިސާހިތަކު މޫނުމަތީންވެސް ހިނިތުންވުން ގެއްލިދެ އެވެ. ނަފުސު ކެކިއަރާ އޭގެ ފޮނުތައް ބޭރަށް ނުކުތަމަށް ދެން ލަހެއް ފަހެއް ނޯވެ އެވެ. މުދަލާއި މެދު އުފެދޭ ހަސަދަވެރިކަން ވައްކަމާއި މަކަރާއި ހީލަތާއި ފޭރުމަށް ވެސް މަގުކޮށަ އެވެ. އަދި ކޮންމެ ބާވަތެއްގެ ހަސަދަވެރިކަމެއްވެސް ޒުވާބުތަކާއި މާރާމާރީއާއި ތަޅާފޮޅުމާއި މީހުން މެރުމަށް ވެސް މަގުކޮށަ އެވެ. ހަސަދަވެރިކަމަކީ އެހާމެ ނުރަނގަޅު އަދި ވަރަށް ނުރައްކާތެރި ސިފައަކަށްވަނީ އެހެންވެ އެވެ.

ހަސަދަވެރިކަމުގައި އޮންނަނީ ހުސް ގެއްލުމެވެ. ގުޅުންތައް ކެނޑުމާއި ރުޅިވެރިކަން ގަދަކުރުމާއި ނަފުރަތު އިތުރުވުމެވެ. ދެބައޮޑުވުމާއި ދޭތެރެ ޖެއްސުމަށް ހިތްލެންބުމެވެ. އަނިޔާވެރިކަމާއި އަދާވާތްތެރިކަމާއި ދިމާއަށް ނަފުސު ގެންދިއުމެވެ. ހަސަދަވެރިކަމުން މީހުންނަށް އޮތް ގެއްލުމާއި ނުރައްކާތެރިކަން އެއްކައިރިކޮށްފައި ބަލާލާށެވެ. ހަސަދަވެރިޔާއަށް ހުރި ގެއްލުމެވެ. އަގުވެއްޓުމާއި ބަދަލުގައި އަނިޔާލިބުމެވެ. ކުށްވެރިވުމާއި ޖަލަށްލެވުމެވެ. އަބުރު ވެއްޔާ މޮޑެވުމެވެ. މިއެންމެހާ ކަމަކާއެކު މަޑުން ނޯންނަ ހަމަޖެހުމެއް ނުވާ ނަފުސަކާއި ފުރާނައަކާ އެކު ދުނިޔޭގައި ބަރުދާސްތުނުވެގެން ތެޅިތެޅިހުރުމެވެ.

އިމާމް މުޢާވިޔާ ވިދާޅުވާކަމަށްވެ އެވެ. ކޮންމެ އިންސާނަކު ވެސް ތިމަންކަލޭގެފާނަށް ރުއްސާލެވިދާނެ އެވެ. ހަސަދަވެރިޔާ ނޫނިއްޔާ އެވެ. ހަސަދަވެރިޔާ ރުހިދާނީ ނިއުމަތް ފިލައިދިއުމުން ކަމަށްވާތީ އެވެ. އިބްނު ސީރީން ވިދާޅުވެފައިވެ އެވެ. މީހަކާމެދު ހަސަދަވެރިވުމަށް ބަލާއިރު، އޭނާ ސުވަރުގެދާނެކަމަށް ވިސްނަމާ ހެއްޔެވެ. އެހެންކަމަށްވާނަމަ އޭނާގެ ދުނިޔެއަކީ އޭނާއާމެދު ހަސަދަވެރިވުމަށް އެކަށޭ ސަބަބެއް ނޫނެވެ. އެއީ އޭނާއަށް އާހިރުގައި އޮތީ އަދި މާބޮޑެތި މޮޅުތައްކަމަށްވާތީ އެވެ. އަދި އެމީހަކީ ނަރަކައަށްދާނެ މީހެއްކަމަށް ވިސްނައިފި ހާލަތެއްގައި، އާހިރުގައި ނަރަކައަށްދާމީހަކާ މެދު ހަމްދަރުދީވުމަށްވުރެ މޮޅީ ކޮން ގޮތެއް ހެއްޔެވެ؟

އިމާމް ޙަސަނުލްބަޞަރީ ސިފަކުރައްވާ ގޮތުގައި ހަސަދަވެރިޔާއަކީ އާދަޔާ ހިލާފު އަނިޔާވެރިއެކެވެ. އެގޮތަށް ސިފަކުރައްވަނީ ހަސަދަވެރިޔާއަކީ އަނިޔާވެރިޔަކަށްވާ ވަގުތު އަނިޔާލިބެމުންދާ މީހަކަށްވެސް ވާތީ އެވެ. ހިތާމަ ލާޒިމުވެފައިވާ ހާލެއްގައި، ފިލައިނުދާނެ ނުތަނަވަސްކަމުގައި ހަސަދަވެރިޔާގެ ނަފުސު އަބަދުވެސް އޮންނާތީ އެވެ. އެހެންވެ ބުނެވެ އެވެ. ހަސަދަވެރިޔާގެ ހަސަދައިގެ އަސަރު އެހެން މީހަކަށް ފޯރުމުގެ ކުރީގައި ފަސް އުގޫބާތަކާ ހަސަދަވެރިޔާ ބައްދަލުކުރެ އެވެ. އެއް ކަމަކީ މެދުކެނޑުމެއް ނުވާ ކަންބޮޑުވުމެވެ. ދެވަނައީ ސަވާބު ލިބުމެއް ނެތް ގޮތުގައި ކެތްކުރާ ބަލާއަކަށް އެކަންވެފައިވުމެވެ. ތިންވަނައީ މީހަކު ތާރީފުނުކުރާނެ ހުތުރު އަހްލާގަކަށް އެކަމުގެ ސަބަބުން ތިމާގެ ސުލޫކު ވެގެންދިއުމެވެ. ހަތަރުވަނައީ ﷲ ގެ ކޯފާ އެވެ. ފަސްވަނަ ކަމަކީ ކަންކަމަށް މަގުތަނަވަސްވުމުގެ ދޮރު ބަންދުވެގެންދިއުމެވެ.

ހަސަދަވެރިޔާ ހަގީގަތުގައި ރުޅި އަންނަނީ ކޮންމެވެސް މޮޅު ސިފައެއް ނުވަތަ މޮޅުކަމެއް މީހެއްގައި ހުރުމުންނެވެ. ނުވަތަ މީހަކަށް ލިބިފައި އޮތުމުންނެވެ. މީހަކަށް މޮޅެއް ލިބިފައި އޮތުމަކީ ރީތިކަމެކެވެ. މޮޅު ކަމެކެވެ. ހަސަދަވެރިޔާއަށް ރުޅި އެއާދެވެނީ ރީތިކަމާއި މޮޅުކަންދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox