ޖެރާޑް، ވިލާއާ ހަވާލުވީ ލިވަޕޫލާ ގުޅެން ފަސޭހައަކަށް ނޫން

Nov 19, 2021, 2:49 AM
އެސްޓަން ވިލާ ކޯޗެއްގެ ގޮތުގައި ޖެރާޑް ތައާރަފްކުރުމުގެ ތެރެއިން.

އެސްޓަން ވިލާ ކޯޗެއްގެ ގޮތުގައި ޖެރާޑް ތައާރަފްކުރުމުގެ ތެރެއިން.

ބާމިންހަމް (ނޮވެމްބަރު 19) - އެސްޓަން ވިލާގެ ކޯޗަކަށް ވާން ނިންމީ ލިވަޕޫލްގެ ވަޒީފާ ހޯދަން ފަސޭހައަކަށް ނޫން ކަމަށް އެސްޓަން ވިލާއާ ދާދި ފަހުން ހަވާލުވި ކޯޗު އަދި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.

ރޭންޖާސްގެ ކޯޗުކަން ދޫކޮށްލައި އުމުރުން 41 އަހަރުގެ ޖެރާޑް ވަނީ އެސްޓަން ވިލާއާ އެކު ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ޖެރާޑަކީ ކްލޮޕަށް ފަހު ލިވަޕޫލާ ހަވާލުވާނެ ކޯޗުކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. އަދި ޖެރާޑް، އެސްޓަން ވިލާއާ އެކު ކޮންޓްރެކްޓް ހެދިއިރު، ލިވަޕޫލާ ފަހުން ހަވާލުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޖެރާޑް ބުނީ އޭނާ އެސްޓަން ވިލާގެ ކޯޗަކަށްވާން ލިބުނު ހުށަހެޅުން ގަބޫލުކުރަން ނިންމީ ހަމައެކަނި އެ ކްލަބަށް ކާމިޔާބު ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ. އަދި މި ކަމުގައި އަމިއްލަ މަންފާއެއް އެ ކްލަބަށް ވުރެ އިސް ނުކުރާނެ ކަމަށް ޖެރާޑް ބުނެފައިވެ އެވެ.

"އަހަރެން 100 ޕަސެންޓް ޔަގީންކަން މި ދެނީ މިއީ މި ޓީމަށް (އެސްޓަން ވިލާ އަށް) ކާމިޔާބު ހޯދަން ކުރާ މަސައްކަތެއް. އަހަރެން އެސްޓަން ވިލާ އަށް އައީ ލިވަޕޫލްގެ ކޯޗަކަށްވާން ފަސޭހައަކަށޭ ބުނާ ވާހަކައަކީ ހަގީގަތެއް ނޫން. އެއީ އެސްޓަން ވިލާ އަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ،" ޖެރާޑް ބުންޏެވެ.

ޖެރާޑް ބުނީ އޭނާއާ ލިވަޕޫލާ ދެމެދު އަބަދުވެސް ހާއްސަ ގުޅުމެއް އޮންނާނެ ކަމަށެވެ. އަދި އެސްޓަން ވިލާއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރުމާ އެކު އެންމެ ފުރަތަމަ މަރުހަބާ ކީ މީހުންގެ ތެރޭގައި ކްލޮޕް ހިމެނޭނެ ކަމަށެވެ.

ޖެރާޑް ބުނީ ލިވަޕޫލުން މި ވަގުުތު ވެސް ކްލޮޕަށް "އުމުރު ދުވަހުގެ ކޮންޓްރެކްޓެއް" ދިން ކަމުގައި ވިޔަސް އެކަމަށްޓަކައި އުފާކުރާނެ ކަމަށެވެ.

އެސްޓަން ވިލާގެ ކޯޗަކަށް ސީޒަން ފަށައިގެން ހުރި ޑީން ސްމިތަށް މަގާމު ގެއްލުނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވުމުންނެވެ. ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެެވެ.

ރޭންޖާސް އަށް މިދިޔަ ސީޒަނުގައި ސްކޮޓްލެންޑުގެ ޗެމްޕިއަންކަން ހޯދައިދިން ޖެރާޑް ބުނީ އެސްޓަން ވިލާގައި ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަން ފަށަން އެންމެ ރަނގަޅު ގޮތަކީ ވީ އެންމެ އަވަހަށް އެ ކްލަބަށް ކުރިމަތިވެފައިވާ ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްގެން ކަމަށް ޖެރާޑް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox