ގާނޫނު ތަސްދީގުކޮށްފި، އެޑްވާންސަށް ދެން ނެގޭނީ ދެ މަހުގެ ކުލި

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ގާނޫނު ތަސްދީގު ކުރުމާއެކު ކުއްޔަށް ދޭ ހުރިހާ ތަނެއްގެ ދަފްތަރެއް އެކުލަވާލަންޖެހޭ -- ފޮޓޯ: ޝާހީ އިލްޔާސް/ވިކިޕީޑިއާ

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ގާނޫނު ތަސްދީގު ކުރުމާއެކު ކުއްޔަށް ދޭ ހުރިހާ ތަނެއްގެ ދަފްތަރެއް އެކުލަވާލަންޖެހޭ -- ފޮޓޯ: ޝާހީ އިލްޔާސް/ވިކިޕީޑިއާ

ދިރިއުޅުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި ގެދޮރު ކުއްޔަށް ދިނުމާ ގުޅޭ ގާނޫނު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

"ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ތަސްދީގު ކުރުމާއެކު ދިވެހިރާއްޖޭގައި ކުއްޔަށްދޭ ހުރިހާ ތަންތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑުތަކެއް ކަނޑައެޅުނީ އެވެ. އަދި މި ގާނޫނުގެ ދަށުން ކުއްޔަށް ދޭ ހުރިހާ ތަނެއްގެ ދަފްތަރެއް ވެސް އެކުލަވާލަންޖެހެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކުއްޔަށް ދޫ ކުރާ ތަނަކީ އިމާރާތް ކުރުމާ ބެހޭ ގާނޫނާ އެއްގޮތަށް ހަދާފައި ހުރި ތަނަކަށްވާންޖެހެ އެވެ. އަދި އެ ތަނެއްގައި ފެނާއި ނަރުދަމާ ހުރުމުގެ އިތުރުން ފަސޭހަކަމާއެކު ވަދެ ނިކުމެވޭ ގޮތެއް ހުންނަންޖެހެ އެވެ.

އެ ގާނޫނު ތަސްދީގުވުމުން، ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ އެންމެހޭ ސިފަތައް ބަޔާންކޮށް ސަރުކާރުން ގަވާއިދެއް އެކުލަވާލަންޖެހެ އެވެ.

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއްގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު ކަނޑައަޅަންޖެހެނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަދި މުޅި ރާއްޖޭގެ ދަފްތަރެއް ހޯމް މިނިސްޓްރީން ގެންގުޅެންޖެހެ އެވެ.

އެ ގާނޫނާއެކު ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށް ދޭ ފަރާތްތައް ވެސް އަމަލު ކުރަންޖެހޭ ގޮތްތަކެއް ބަޔާންވެ، ދެ ފަރާތަށް ލިބިފައިވާ ހައްގުތައް ވެސް ސާފުކޮށް ބަޔާންވީ އެވެ. އެގޮތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގިނަވެގެން ނެގޭނީ ދެ މަސް ދުވަހުގެ ކުލީގެ ފައިސާކަން ގާނޫނުން ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ކުއްޔަށް ދޭ ތަނުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެތަނެއްގައި އެންމެ ގިނައިން އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަންޖެހެ އެވެ. އަދި ސަބް ލީޒްއަށް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޭ ނަމަ އެކަން ކުރެވޭނީ ކުއްޔަށް ދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެން ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox