ޖެހިޖެހިގެން ތިން ފައިނަލުން ބަލިވިޔަސް ނިބާލްގެ އަޒުމެއް ނުގުޑާނެ

ޖެހިޖެހިގެން ތިން ފައިނަލުން ބަލިވިޔަސް ނިބާލްގެ އަޒުމެއް ނުގުޑާނެ

ޒުވާން އުމުރުގައި ގައުމީ ފައިނަލްތަކުން ގާތްގާތުގައި ބަލިވުމުގެ ހިތި ތަޖުރިބާ އަކީ ބައެއް ފަހަރު ކެރިއަރުގައި ކުރިއަށްދާން ބަލާއިރު، ހުރަހަަކަށް ވެ އެެވެ. އެކަމަކު، އެ ފައިނަލް މެޗުތަކުން ދަސްވާ ކަންތައްތަކުގެ އަލީގައި ކުރިއަށްދާން އަޒުމު ކަނޑައަޅާ ކުޅުންތެރިންނަށް ދުރުރާސްތާ އަށް ބަލާއިރު، ހާސިލްކުރެވޭ ކާމިޔާބީތައް ގިނަ ފަހަރު ބޮޑެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގައި އެންމެ ފަހުން ތިން ފަހަރު ވެސް ޒުވާން ކުޅުންތެރިޔާ ނިބާލް، 18، އަށް ޖެހުނީ ފައިނަލުން ބަލިވެ، ރިހި މެޑަލަކުން ފަރުޖައްސާލާށެވެ. ކޮންމެ އަހަރެއްގައި މަންޒިލާ ހަމައަށް ވާސިލްވުމާ ފިޔަވަޅަކަށް ކައިރިއަށް ދެވުނަސް އަދި އެކަން އެންމެ ފުރިހަމަ އަށް ހާސިލެއްނުވެ އެވެ. އެއީ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރިޔަސް ބައެއް ފަހަރު ނަސީބުގެ އެހީ ވެސް ނުލިބޭތީ ކަމަށް ވުން އެކަށީގެންވެ އެވެ.

ނިބާލް އެންމެ ފުރަތަމަ ގައުމީ ފައިނަލެއްގައި ކުޅުނީ 2016 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 14 އަހަރުގަ އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ނިބާލް ވަނީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ބ. އޭދަފުށީގެ ހުސެއިން މުހައްމަދު އަތުން ބަލިވެފަ އެވެ.

ޖެހިގެން އައި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ނިބާލް، ފިރިހެން ސިންގަލްސް ސެމީ ފައިނަލުގައި މުހައްމަދު އަޖުފާން އަތުން ބަލިވީ އެވެ. އޭގެ ފަހުން 2018 އާއި 2019 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ވެސް ހަމަ އަޖުފާނާ ވާދަކޮށް ނާކާމިޔާބުވީ އެވެ. އަދި މި ފަހަރު ބަލިވީ އަހުމަދު ތޯއިފް މުހައްމަދު އަތުންނެވެ.

ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލާއި ފައިނަލުގައި ވާދަކުރި ހަތަރު ކުޅުންތެރިން: ނިބާލް (ކ.3).-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެންމެ ފުރަތަމަ 2018 ވަނަ އަހަރުގެ ފައިނަލުގައި އަޖުފާން އަތުން ނިބާލް ބަލިވީ 21-12، 21-04 އިންނެވެ. އެކަމަކު، އެއް އަހަރު ފަހުން ކުޅުނު ފައިނަލުގައި ނިބާލް ވަނީ ކުރިއަށް ވުރެ ރަނގަޅަށް ކުޅެ އަޖުފާނަށް ފައިޓެއް ދީފަ އެވެ. އަޖުފާން އަތުން ނިބާލް ސެޓެއް ގެންދިޔައިރު، މުޅި މެޗުގެ ސެޓުތައް ދިޔައީ 21-16، 19-21 އަދި 21-17 އިންނެވެ.

މި އަހަރު ތޯއިފް އަތުން ނިބާލް ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓުން ނިބާލް މޮޅުވީ 11-21 އިންނެވެ. ދެ ވަނަ ސެޓުގެ ތެރެއިން ނިބާލަށް ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، ތޯއިފް ވަނީ ވަރަށް އާދަޔާހިލާފު ހިތްވަރެއް ދައްކައި ފަހު ދެ ސެޓުން މޮޅުވެ މެޗު ކާމިޔާބުކޮށްފަ އެވެ. އެއީ 23-21 އާއި 21-18 އިންނެވެ.

ނިބާލް ހުރީ ހިތްވަރު ގަދަކޮށް

ނިބާލް، "އަދަދު" އަށް ބުނީ ތިން ފައިނަލަކީ ވެސް ތަފާތު ކަންކަން ދަސްވި މުހިއްމު ތަޖުރިބާތަކެއް ލިބިގެންދިޔަ މެޗުތަކެއް ކަމަށެވެ.

ބެޑްމިންޓަން ގައުމީ ޓީމުގައި ވެސް ހިމެނޭ ނިބާލް ބުނީ ފުރަތަމަ ފައިނަލު 2017 ވަނަ އަހަރު ކުޅުނީ އުމުުރުން 16 އަހަރުގައި ކަމަށްވާތީ އެ ފަހަރު ފައިނަލަށް ދިއުން ވެސް ދެކުނީ ކާމިޔާބެއްގެ ގޮތުގައި ކަމަށާއި ރަނގަޅަށް ކުޅުމުގެ ޓާގެޓްގައި ނުކުމެ، ފަސޭހައިން ބަލިވި ކަމުގައި ވިޔަސް އެ ފަހަރު އެހާ އެ ނަތީޖާ އަށް ސަމާލުކަމެއް ނުދޭ ކަމަށެވެ.

"އޭގެ އެއް އަހަރު ފަހުން އަނެއްކާ ވެސް އަޖޫ (އަޖުފާން)އާ އެކު ފައިނަލުގައި ކުޅެން ނުކުތްއިރު ކޮންމެ ވެސް ވަރަކަށް އެކްސްޕީރިއަންސް ލިބިފައި އިނީ. ފައިނަލުގައި ކުޅެ، އިންޓަނޭޝަނަލް މެޗުގައި ވެސް ކުޅެފަ ހުރީމަ. އެ މެޗު ވާނެ ޕާސަނަލީ ގަބޫލުކުރާގޮތުގައި އެންމެ ރަނގަޅަށް ކުޅެވުނު މެޗަށް. އެ މެޗު ތިން ސެޓުން ދިޔައީ. މޮޅުވާން ފުރުސަތު ވެސް ލިބުނު. އެ މެޗުން މޮޅުނުވިޔަސް ހިތްހަމަޖެހޭ ވަރަށް ކުޅެވުނު،" ނިބާލް ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދެ ފައިނަލުން ބަލިވުމުން ނިބާލް މި ފަހަރު ނުކުތީ ޖެހިޖެހިގެން ތިން ފައިނަލުން ބަލިނުވުމުގެ އަމާޒުގަ އެވެ. މެޗު ފެށީ ވެސް އެ ރޫހުގަ އެވެ. ފުރަތަމަ ސެޓު ގެންގޮސް މެޗުގެ ކޮންޓްރޯލް ހޯދި ނަމަވެސް ދެ ވަނަ ސެޓު ވަރަށް ވާދަވެރިކޮށް ގޮސް މެޗު ޕޮއިންޓާ ހަމައިން ނިބާލަށް ގޯހެއް ހެދި، އަނިޔާ ވެސްވި އެވެ. އެއާ އެކު ތޯއިފް ދައްކަމުންދިޔަ ހިތްވަރާ އެކު އޭނާ މެޗުން މޮޅުވީ އެވެ.

"އިންޖަރީވި ފަހުން ވެސް ބެލިން އިތުރަށް މަސައްކަތް ކޮށްގެން ވެސް ގޯލްޑް (ރަން މެޑަލް) ހޯދޭތޯ، އެކަަމަކު، މި ފަހަރު ވެސް ވީ ބަލި. ނުބުނާނަން ބަލިވީ އިންޖަރީއާ ހެދިއޭ. އެއީ ވަރަށް މުހިއްމު ވަގުތުތަކެއްގައި ގޯސްތަކެއް ހެދުނު،" ނިބާލް ބުންޏެވެ.

"މި ފަހަރު ވާނެ ތަށި ހޯދުމާ އެންމެ ގާތަށް ދެވުނު ފަހަރަށް. ކޮންމެ ވެސް ވަރެއްގެ މާޔޫސްކަމެއް އެއީ ޕޮއިންޓެއްގެ ފަރަގު އުޅުނީ ޗެމްޕިއަންކަން ހޯދުމާ ދެމެދު. އެކަަމަކު ނުވީ، މިއީ ނިމުމެއް ނޫން. މިއީ ތަޖުރިބާއެއް މުސްތަގުބަލުގައި ބޭނުންކުރެވޭނެ. ގޭމް މެނޭޖްކުރަން ދަސްކުރަން ޖެހޭ ފިޒިކަލީ އަދި މެންޓަލީ ވެސް ރަނގަޅުވާން އެބަޖެހޭ. މި ކަންކަން ރަނގަޅުކޮށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެ އަންނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބު ކުރެވޭތޯ ބަލާނަން، އިންޝާﷲ،"

ނިބާލް އަންނަނީ ގައުމީ މުބާރާތުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއިން ރިކަވާވަމުންނެވެ. މި ވަގުތު ގައުމީ ބެޑްމިންޓަން ޓީމާ އެކު ބަހްރޭނުގައި ހުރި ނިބާލް އަށް މިހާރު ކުރިއަށްދާ ބަހްރޭން އިންޓަނޭޝަނަލް ސީރީސްގައި އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އެކަމަކު، އަންނަ ހަފްތާގައި ފަށާ ބަހްރޭން އިންޓަނޭޝަނަލް ޗެލެންޖަށް ފިޓްވާނެ ކަމަށް ނިބާލް އުއްމީދުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox