ވެރިކަމަށް ތިން އަހަރު ވީއިރު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދެރަވަރުކޮށް: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރަށް ތިން އަހަރު ވީއިރު ރާއްޖޭގެ ހާލަތު ވަރަށް ދެރަކަމަށް-- ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރަށް ތިން އަހަރު ވީއިރު ރާއްޖޭގެ ހާލަތު ވަރަށް ދެރަކަމަށް-- ފޮޓޯ: ހުސެއިން ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދެރަވަރުގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ހާލަތު ދެރަވެފައިވާ މިންވަރު، މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުން އެކަނި ވެސް އެނގޭ ކަމަށެވެ. އޭނާ އިޝާރާތް އެ ކުރެއްވީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ސަރުކާރަށް، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާވެސް އިތުރުކުރަން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާތީ އެކަމަށެވެ.

"އެއީ މިއަދު އެ ބައްދަލުވުމުގައި ވެސް އެ ވިދާޅުވީ ފައިސާ ޗާޕުކުރަން ހުއްދަދޭން އިތުރުކުރަން. ވަރަށް ކުރުކޮށް މި ކިޔައިދިނީ ހަމަ. މި ދެރަވަރޭ ބުނާ ސަބަބު،" އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

Advertisement

ރައީސް ސޯލިހުގެ ސަރުކާރުން ވެރިކަމަށް ވަޑައިގަތްއިރު، ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން އިންސާފު ހޯދައިދޭނެ ކަމަށްވި ވައުދާއި އިގުތިސޯދީ އަދި އިޖުތިމާއީ ވައުދުތައް ވެސް ފުރިހަމައަށް ނުފުއްދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އިންސާފު ގާއިމުކުރުމުގެ ވައުދު އެއީ އެންމެ މުހިންމު އެއް ވައުދު ވެރިކަމަށް ވަޑައިގަތް އިރު، އެކަން ވެސް ނުވާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާގެ 99 އިންސައްތަ ފުރިހަމަވެފައިވާ ކަމަށް އެ ޕާޓީން ބުނެފައިވާ ވާހަކަ ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ "އެއީ ހަގީގަތެއް ނޫން" ކަމަށެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން ބަދަލުކުރުމަކީ އެމްޑީޕީން ވަކާލާތުކުރި ކަމެއް ކަމަށާއި ނަމަވެސް އެކަން ވެސް ވެފައި ނެތް ކަމަށް ޝިޔާމް ފާހަގަކުރެއްވެވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުނުކުރެވިގެން އުޅެނީ ހެޔޮ ނިޔަތެއް ނެތުމުން ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox