ދަރިފުޅު ބޮޑާހާކަނީކީ ނޫނެވެ. ޤަބޫލުކޮށްބަލާށެވެ!

ދަރިފުޅު ބޮޑާހާކަނީކީ ނޫނެވެ. ޤަބޫލުކޮށްބަލާށެވެ!

އިއްޔެ އަހަރެމެންގެ އޯޓިސްޓިކް ދަރިފުޅު ސްކޫލް ނިމުމުން ގެއަށް ގެނައި ވަގުތެވެ. ކަންދިމާކުރި ގޮތުން، ސައިކަލުން ބޭލުމާއެކު، އިސްކޮޅުން ބޮޑުކޮށް، ބިޔަކޮށް ހުންނަ މި ދަރިފުޅު، އަތުން ލޫދިގަނެގެން މަގަށް ދުއްވައިގެންފި އެވެ. އަހަރެމެން މަސައްކަތްކުރީ އޭނާ ހިފެހެއްޓޭތޯ އެވެ. އަނިޔާއެއް ވެދާނެތީ އެވެ. އަދިވެސް ވާހަކަދައްކަން ނުފައްޓާ އަހަރެމެންގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު މަސައްކަތް ކުރީ އޭނާ ކުރަން ބޭނުންވި ކަންތައް އޭނާގެ ހަރަކާތްތަކާއި ރުއިމުން މުވާސަލާތު ކުރުމަށެވެ.

ދުރުގައި "ކުޅި ބަލަން" ތިބި މީހުންނަށް ފެނުނީ ބޮޑުސިންގާ ފިރިހެން ކުއްޖެއް ޕޭވްމަންޓުގެ ހިރަފުސްގަނޑުގައި ލޫދެމުން، އެނބުރެމުން، ރޮއި، ހަޅޭއްލަވަމުން ދުވާ ތަނެވެ. އޭނާ ހުއްޓުވަން ތިބި ބޮޑެތި މީހުންނަށް އޭނާގެ "ބޮޑާހޭކުން" ކޮންޓްރޯލް ނުކުރެވި އަޅާނުލާ ތިބޭ ތަނެވެ. ކުޑަކުއްޖެއްގެ ބޮޑާހޭކުމުގެ ކުރިމަތީ މައިންބަފައިންގެ ބަސް ނުވިކޭ ތަނެވެ. ބިޔަ ދެ ފިރިހެނުންނާއި ބޮޑު އަންހެނަކަށް، ދިހަ އަހަރުގެ ކުޑަކުއްޖެއް އަތަށް ފަޔަށް މައިތިރި ނުކުރެވިގެން އުޅޭ ތަނެވެ.

ދުރުތިބީންގެ ތެރެއިން ހެޔޮއެދޭ މީހަކަށް ކެތް ނުވެގެން އައިސް އަހަރެން ގާތު ސުވާލެއް ކުރި އެވެ. "އެ ސޮރު ރަނގަޅުކުރަން އެއްވެސް ކަމެއް ނުކުރަން ހެއްޔެވެ؟ ރުޤްޔާ ކުރީމާވެސް ރަނގަޅުވާނެ އެވެ." އެ މީހާގެ ކަންބޮޑުވުމަށް، އެ ވަގުތު އަހަރެންނަށް ޖަވާބުދާރީ ވެވުނީ ފުސްމޫނަކުންނެވެ. "ކަމެއް ނުކުރަންތޯ" އެހުމުން، އަހަރެން ރުޅިއަ އެވެ. ދެރަވި އެވެ. އެ ވަގުތު، ލޯބިވާ ދަރިފުޅުގެ މެލްޓްޑައުނެއް ނިއުޅެމުންދަނިކޮށް، މަގުމަތީގައި ހިނގާބިނގާވެ އުޅުނު މީހުންގެ މޫނުން ފެންނަމުންދިޔަ "ފާޑުކިޔުމުގެ" ބެލުންތަކާއި، ކާރުބާރު ބޮޑު ސޯސަންމަގުގެ ދުއްވާތަކެތީގެ ބަރުގަނުތަކުން ދެމުންދިޔަ އިންޒާރުގެ އަޑުތަކުގެ ތެރެއިން، އަހަރެން ދަރިފުޅުގެ ރައްކާތެރިކަމާއި ފަރުވާއަށް ކުރާ މަސައްކަތާމެދު ސުވާލު އުފެއްދުމުން އަހަރެންގެ ލޮލަށް ޖަމާވި ކަރުނަ ފޮރުވުމަށް އަހަރެން އަވަސްވެގަތީ ދަރިފުޅު ކައިރިއަށް ދިއުމަށެވެ. އެއީ ދަރިފުޅާއި އަހަރެމެންގެ ދިފާޢުގައި ބަހުސްކުރުމަށްވުރެ، އެވަގުތު، އެ މެލްޓްޑައުން ހުއްޓުވުން އަހަންނަށް މުހިއްމު ކަމުގައިވާތީ އެވެ.

މިފަދަ ޙާލަތްތަކުގައި އެހީ ހުށަހަޅަން ޖެހިލުން ނުވާށެވެ. ފާޑުކިޔަން އަވަސްވެ ނުގަންނާށެވެ. ޙަޤީޤަތުގައި އެ ފަދަ ޙާލަތްތަކުގައި އަހަރެމެން އެދެނީ ހޭލުންތެރިކަމާއެކު އެހީތެރިވެދޭނޭ ކެތްތެރި އަތެކެވެ. ފުރަތަމަ ކަމަކަށް ތަޢައްޞަބުތައް ދޫކޮށްލާށެވެ. ދަރިފުޅު ބޮޑާހާކަނީކީ ނޫނެވެ. މައިންބަފައިން ފޭލުވެފައިވަނީކީވެސް ނޫނެވެ. ދެވަނަ ކަމަކަށް، އެހީތެރިވެވެން ނެތްނަމަ، މަންޒަރު ބަލާށާއި ވީޑިއޯކުރުމުގެ މަޤްޞަދުގައި، އެ ތަނަކަށް އެއްނުވާށެވެ. "ކަންމަތި އާންޓީ" ނުހެދޭށެވެ. ތިންވަނަ ކަމަކަށް، އެކުއްޖާއަށް އެހީތެރިވާނޭ ގޮތް، އެކުއްޖާގެ ބެލެނިވެރިޔާ ދަންނާނޭކަން ހަނދާންކުރާށެވެ. އެހީތެރިވާން އެދޭނަމަ، ބެލެނިވެރިޔާ ގާތު "އެހީތެރިވެދޭންވީ ކިހިނެތްތޯ" ސުވާލުކުރާށެވެ. އިޚުލާސްތެރިކަމާއެކު އެހީ ހުށަހަޅާށެވެ. ބެލެނިވެރިޔާއަށް އެ ކުއްޖާއަށް އެހީތެރިވާނޭ ޖާގަ ހަދައިދޭށެވެ. މާލެއަކީ މަގުތައް ހަނި، ބައިބޯ، ކާރޫބާރޫ ބޮޑު ސިޓީއެކެވެ. ކުއްޖަކު މެލްޓްޑައުންއަކަށް ގޮސް، މަގުމަތީ ލޫދެމުން ދާއިރު، އެކުއްޖާ ދާނީ ޖިސްމާނީގޮތުންވެސް ގިނަ ނުރައްކާތަކަކަށް ހުށަހެޅެމުންނެވެ. ދެންމެ ޕާކުކުރި ސައިކަލުގެ ހޫނު ސައިލެންސަރާއި، ސައިކަލުތަކުގެ ފަހަތު ފުޓްރެސްޓުގެ ތޫނު ކޮޅުތަކަކަށް އެ ކުއްޖާ އެ ވަގުތު ނުބަލާނެ އެވެ. އެފަދަ ނުރައްކާތަކުން އެކުއްޖާ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭށެވެ. ކަންބަލާ މީހުން ފޮނުވާލުމަށް އެހީތެރިވެދޭށެވެ. އެ މެލްޓްޑައުން ނިމެންދެން އެ ކުއްޖާއަށް ރައްކާތެރި ޖާގައެއް ހޯދައިދިނުމަށް އެހީތެރިވެދޭށެވެ.

މި ފަދަ ދަނޑިވަޅެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވެން ނެތްކަމުގައިވިޔަސް ނުކުރާންވީ ކަންތައްތަކެއް ވެސް ވެ އެވެ. އެކުއްޖާގެ މެލްޓްޑައުނަށް ސަމާލުވެ، އެކަން ހައްލުކުރަން ހުސްވެ މަސައްކަތްކުރަމުންދާ ބެލެނިވެރިންގެ ހިތްވަރު އެލޭ ފަދަ ވާހަކަ ނުދައްކާށެވެ. ފަރުވާއާ ބެހޭ އާ މަޢުލޫމާތާއި، ރުޤްޔާ ކުރާ މޮޅެތި މީހުންނާއި، ތެރަޕިސްޓުންނާއި، ޑޮކްޓަރުން ދަންނަ ނަމަ، އެ ވާހަކަ ހިއްސާކުރާށެވެ. އަޑުއަހަން ބޭނުމެވެ. އެހެންނަމަވެސް، ދަރިފުޅު މެލްޓްޑައުނެއްގައި މަގުމަތީ، ފުރޮޅި ފުރޮޅި އޮންނަ ގަޑީގައެއް ނޫނެވެ. އެ އަޑު ނާހާ ދިއުމުން ހިތްބަރު ނުކުރައްޗެވެ. އެ ވަގުތު، އެ ވާހަކައަށް ވުރެ ދަރިފުޅުގެ ހާލަތު މުހިއްމެވެ. ތި ނަޞީޙަތް ދެވެނީވެސް، ފަރުވާކުޑަ ކަމުގެ ތުހުމަތު ތިޔަ ކުރެވެނީވެސް، އެ ކުއްޖާ އެ އުޅޭ ޙާލަތު ފެނި ކެތް ނުކުރެވިގެންކަން އަހަރެންވެސް ދަންނަމެވެ. އެކަމަކު ކުޑަ ކުޑަ ކަމެއް ހަނދާންކޮށްލާށެވެ. ކުޅި ބަލާ މީހުންނަށް ވިއްސަކަށް މިނެޓު ތިޔަ ތަޖުރިބާ ކުރެވުނީ އަހަރެމެންގެ މުޅި ދިރިއުޅުމުގެ އަދި ހަމަ ޒައްރެއްގެ މިންވަރެވެ. ހިތަށް ކުޅަދާނަ ނުވެގެން ތިޔަ އުޅެނީ އެއީ ކުޑަ ކުއްޖަކަށް ވީތީ އެވެ. ވިސްނާލާށެވެ. އަހަރެމެންނަށް އެއީ އަހަރެމެންގެ ލޮލުގެ ދެކޮޔެވެ. ހިތުގެ އެއް ކަނެވެ. ބަނޑުއަޅައި ވިހޭ ދަރިފުޅެވެ. ގޮތް ހުސްވެ، މާޔޫސްވެ، ދެރަވެ ލަދުގަނެފައި ހުންނަ ވަގުތު، މައިމީހާ އިތުރަށް ދެރަކޮށް، ރޮއްވަން ނޫޅޭށެވެ. އެއީ އެހީތެރިވުމެއް ނޫނެވެ.

ހަނދާނުގައި ބަހައްޓާށެވެ. އޭނާ ބޮޑާހާކަނީކީ ނޫނެވެ. ހަޑިކޮށް އުޅެނީކީ ނޫނެވެ. ބުނަން ބޭނުންވާ ވާހަކަ ނުބުނެވެނީއެވެ. އޭނާ އެ ކުރަން ބޭނުންވާ ކަންތައްތަކަކީ މުޖުތަމަޢު ބަލައި ނުގަންނާނޭ ކަންތައްތަކެއް ކަމަށް އޭނާއަށް ބަލައިނުގަނެވެނީ އެވެ. އޭނާގެ "ޚާއްޞަ" ދުނިޔޭގެ އާދަކާދަތައް އަހަރެމެންގެ "ޢާއްމު" ދުނިޔޭގެ ހުދޫދުތަކަށް ފައްތަންވީ ސަބަބު އޭނާއަށް ނުވިސްނެނީ އެވެ. އެހެންކަމުން، އޭނާ ބޮޑާހާކަނީއޭ ނުބުނާށެވެ.

އަހަރެމެން މުޖުތަމަޢުގެ އެހީ ބޭނުންވެ އެވެ. އެހީ ބަލައިގަންނަންވެސް ބޭނުންވެ އެވެ. އެހެންކަމުން އެހީތެރިވާށެވެ. އެހެންނަމަވެސް ވާނުވާ ނޭނގޭ ޙާލުގައެއް ނޫނެވެ. ދަސްކުރާށެވެ. ހޭލުންތެރިވާށެވެ. އިޚުލާސްތެރިކަމާއި އިހުސާންތެރިކަން އިސްކޮށްގެން އެހީތެރިވާށެވެ. ހޭލުންތެރިވާށެވެ. ދަސްކުރާށެވެ. އިޚުލާސްތެރިވާށެވެ. އިހުސާންތެރިވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox