އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވާނެ: މަންޗީނީ

Nov 16, 2021, 3:36 AM
އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވާނެ: މަންޗީނީ

ބެލްފާސްޓް (ނޮވެމްބަރު 16) - ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފި އެވެ.

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ގެއްލުނީ ކޮލިފައިންގައި ރޭ ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

ރޭގެ މި މެޗަށް ކުރިމަތިލިއިރު، ލަނޑުގެ ތަފާތުން ގުރޫޕް ސީގެ އެއްވަނައިގައި އޮތީ އިޓަލީ އެވެ. އެކަމަކު، އިޓަލީ ރޭ މޮޅުވުނުވުމުން، ގުރޫޕް ސީގެ އެއްވަނަ މަގާމު ހޯދައި، ވޯލްޑް ކަޕަށް ކޮލިފައިވީ ސްވިޓްޒަލޭންޑެވެ. ސްވިޓްޒަލޭންޑް ވަނީ ކޮލިފައިންގައި ރޭ ބަލްގޭރިއާ އަތުން 4-0 އިން މޮޅުވެފަ އެވެ.

އެހެންކަމުން، ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް އިޓަލީ އަށް ވަނީ ޕްލޭއޮފްގައި ވާދަކުރަންޖެހިފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވެސް އިޓަލީ ޕްލޭއޮފް ކުޅުނެވެ. އެކަމަކު ޕްލޭއޮފްގައި އިޓަލީ ވަނީ ސްވިޑަން އަތުން ބަލިވެފަ އެވެ.

އެކަމަކު ޔޫރޯގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިން ކޯޗު މަންޗީނީ ބުނީ ޕްލޭއޮފްގައި ވާދަކުރަން ޖެހުނަސް، އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މާޗު މަހު އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް. ކޮލިފައިވެ، އަހަރަމެން އެ މުބާރާތް ކާމިޔާބު ވެސް ކޮށްފާނެ. އަހަންނަށް އިތުބާރު އެބައޮތް،" މަންޗީނީ ބުންޏެވެ.

"މެޗުތައް ކޮންޓުރޯލް ކުރެވުނަސް، އަހަރަމެންނަށް އެބަ ދިމާވޭ ލަނޑު ނުޖެހުމުގެ މައްސަލަ. ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ."

މަންޗީނީ ބުނީ ކޮލިފައިންގައި ދިމާވި މައްސަލަތައް ރަނގަޅުކޮށް، ޕްލޭއޮފަށް އިޓަލީ ކުރިމަތިލާނީ ވަރުގަދަކޮށް ކަމަށެވެ. އަދި ޕްލޭއޮފްގައި ރަނގަޅު ނަތީޖާއެއް އިޓަލީ ނެރޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox