އިޒްރޭލުގައި އޮންނަ ރީތީގެ މުބާރާތުގައި ބައިވެރިވާތީ ދެކުނު އެފްރިކާ ސަރުކާރުގެ ނުރުހުން

ދެކުނު އެފްރިކާގެ ރީތީގެ ރާނީ ލަލޭލާ މުސްވާނޭ.

ދެކުނު އެފްރިކާގެ ރީތީގެ ރާނީ ލަލޭލާ މުސްވާނޭ.

ޖޮހަނެސްބާގް، ދެކުނު އެފްރިކާ (ނޮވެމްބަރު 15) - އިޒްރޭލުގައި އޮންނަ ރީތީގެ މުބާރާތް "މިސް ޔުނިވާސް" ގައި ބައިވެރިވާން ދެކުނު އެފްރިކާގެ ރީތީގެ ރާނީ ނިންމުމުން އެ ގައުމުގެ ސަރުކާރުން ނުރުހުން ފާޅުކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާތީ މުބާރާތް ބޮއިކޮޓް ކުރަން އެކި ފަރާތްތަކުން ދިޔައީ "މިސް ސައުތު އެފްރިކާ" އަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް އެ ގައުމުގެ ރީތީގެ ރާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ ލަލޭ މުސްވާނޭ "މިސް ޔުނިވާސް" ގައި ބައިވެރިވުން މުހިއްމު ކަމަށެވެ.

"މިސް ސައުތު އެފްރިކާ މުބާރާތް އިންތިޒާމްކުރާ ފަރާތުގެ ވިސްނުން ބަދަލު ކުރެވޭ ގޮތެއް ނުވި،" ދެކުނު އެފްރިކާގެ އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.

އެހެން ކަމުން ސަރުކާރުން "މިސް ސައުތު އެފްރިކާ" މުބާރާތަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މިސް ޔުނިވާސް" މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު އިޒްރޭލުގެ ރެޑް ސީ ރިސޯޓް އަވަށެއް ކަމަށްވާ އެއިލަތުގަ އެވެ.

"އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެ ހުރީ ސާފުކޮށް ފެންނަން. ދެކުނު އެފްރިކާ ރައްޔިތުން ތަމްސީލް ކުރާ ގާނޫނީ މަންދޫބުގެ ހައިސިއްޔަތުން، އިޒްރޭލާ ގުޅުން ހުރި އެއްވެސް ކަމެއްގައި ސަރުކާރަށް ބައިވެރިވެވޭކަށް އަދި ތާއީދުކުރެވޭކަށް ނެތް،" ބަޔާނުގައި ވެ އެވެ.

ދެކުނު އެފްރިކާ އިން ދެކޭ ގޮތުގައި ފަލަސްތީނުގެ ވަކި ދައުލަތެއް އޮންނަން ޖެހެ އެވެ. އަދި އިޒްރޭލުން އުޅެނީ ފަލަސްތީނުގެ ބިން ވެރިކޮށްގެންނެވެ. ދެކުނު އެފްރިކާ އިން 1995 ގައި ފަލަސްތީނާ އެކު ގުޅުން ގާއިމްކުރި އެވެ.

އޭގެ ފަހުން އިޒްރޭލުގައި ހުންނަ އެމްބަސީ ޑައުންގްރޭޑުކޮށް، 2019 ވަނަ އަހަރު ސަފީރު އަނބުރާ ގައުމަށް ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox