އިތިއޯޕިއާގެ ޔަހޫދީން ސަލާމަތް ކުރަން ގޮވާލައި އިޒްރޭލުގައި މުޒާހަރާ ކުރަނީ

އިތިއޯޕިއާ އިން އިޒްރޭލަށް ހިޖުރަކުރި ޔަހޫދީންތަކެއް.

އިތިއޯޕިއާ އިން އިޒްރޭލަށް ހިޖުރަކުރި ޔަހޫދީންތަކެއް.

ގުދުސް (ނޮވެމްބަރު 15) - ހަނގުރާމަ އާއި ހަމަނުޖެހުމުގެ ސަބަބުން ހާލުގައި އުޅެމުންދާ އިތިއޯޕިއާގެ ޔަހޫދީން ސަލާމަތް ކުރަން އިޒްރޭލުގެ ސަރުކާރަށް ގޮވާލައި ގުދުސްގައި މުޒާހަރާކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އިތިއޯޕިއާގެ ޔަހޫދީންނަށް އިޒްރޭލަށް ހިޖުރަކުރުމުގެ ފުރުސަތު ދިނުމަށެވެ. މުޒާހަރާ އޮތީ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ އޮފީސް ކުރިމަތީގަ އެވެ.

އިތިއޯޕިއާގެ ޓިގްރޭ ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖާ ދެމެދު ހަނގުރާމަ ކުރާތާ އަހަރެއް ވެއްޖެ އެވެ. އޭގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި އިތިއޯޕިއާ އަށް އުފަން އިޒްރޭލުގެ އިންޓެގްރޭޝަން މިނިސްޓަރު ޕްނީނާ ޓަމާނޯ ޝާތާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިންޓީރިއާ މިނިސްޓްރީ އާއި އިމިގްރޭޝަން މިނިސްޓްރީން ވަނީ އިތިއޯޕިއާގެ 5000 މީހުން އިޒްރޭލަށް ގެނައުމަށް ނިންމާފަ އެވެ.

އިޒްރޭލުގައި ދިރިއުޅޭ އިތިއޯޕިއާގެ ޔަހޫދީންގެ ކޮމިއުނިޓީގެ ނަމަކީ ފަލާޝާޒް އެވެ. އެ ކޮމިއުނިޓީ އަށް ނިސްބަތްވާ 140،000 މީހުން އިޒްރޭލުގައި ދިރިއުޅެ އެވެ.

އެ މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ސަރުކާރުން އެކަށީގެންވާ އެހީ އާއި އެއްބާރުލުން ނުދޭ ކަމުގެ ޝަކުވާތައް އޮވެ އެވެ.

ފަލާޝާޒް ދެކޭ ގޮތުގައި "އާލިޔާ" ނުވަތަ އިޒްރޭލަށް އެނބުރި ދިޔުމުގެ ހައްގު އެ މީހުންނަށް ލިބެ އެވެ. "އާލިޔާ" އަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅޭ ޔަހޫދީއަކު ވެސް އިޒްރޭލުގައި ވަޒަންވެރިވެ، ރައްޔިތުކަން ލިބޭނެކަން ކަށަވަރުވާ ގާނޫނެކެވެ.

ނަމަވެސް އިޒްރޭލުގެ އިދާރާތަކުން ވަނީ އިތިއޯޕިއާގެ މީހުން ޔަހޫދީންގެ ގޮތުގައި ބަލައިގަތުމަށް ފަސްޖެހިފަ އެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރީ 1984 ގަ އެވެ.

އޭގެ ފަހުން 1991 ގައި 80،000 އިތިއޯޕިއާ މީހުން އިޒްރޭލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox