ބަޖެޓް ފޮތުން: އެންމެ ބޮޑު އަދަދުތައް ލިބޭ ރަށްތައް

ބަޖެޓް ފޮތުން: އެންމެ ބޮޑު އަދަދުތައް ލިބޭ ރަށްތައް

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްސް (ޕީއެސްއައިޕީ) ގެ ގޮތުގައި ރަށްރަށަށް ޖުމްލަ 6.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ހުށަހަޅާފައިވާއިރު، މާލެއާއި ބޮޑެތި ސިޓީތައް ފިޔަވައި ދެން އެންމެ ބަޖެޓު ބޮޑު ރަށްތަކުގެ ގޮތުގައި ހުރި ރަށްތަކަކީ ލ. ގަން. ގދ. ތިނަދޫ އަދި ހދ. ހަނިމާދޫ އެވެ.

ޕިއެސްއައިޕީ ބަޖެޓުގެ ގޮތުގައި ޖުމްލަ 6.2 ބިލިއަން ރުފިޔާގައި ހިމަނާފައިވާއިރު، އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް ބަޖެޓުން ހަރަދުކުރަން ހުށަހަޅާ ފައިސާ އެވެ. އަދި 2.7 ބިލިއަން ރުފިޔާ އަކީ ލޯނުގެ އެހީގައި ހޯދާ ފައިސާ އެވެ.

ހިލޭ އެހީގެ ގޮތުގައި 549 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޓްރަސްޓް ފަންޑު މެދުވެރިކޮށް ވެސް 415 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހުށަހަޅާފަ އެވެ.

titledesc

ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ޕަސަންޓެއް ސިޓީތަކަށް ކަނޑައަޅާފައިވާއިރު، ދެން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ހދ. ހަނިމާދޫ، ލ. ގަން އަދި ގދ. ތިނަދޫ، ހއ، ދިއްދޫއާއި ގދ، ގައްދު އަށެވެ. ބަޖެޓުގައި ސިޓީތަކަށް ވަނީ 1.3 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރުމަށް ހުށަހަޅާފަ އެވެ.

ސިޓީތައް ފިޔަވައި ދެން އެންމެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވާ ފަސް ރަށަށް ހުށަހަޅާފައިވަނީ 374 މިލިއަން ރުފިޔާ އެވެ.

އަދަދުތައް
އަދަދުތައް

އަދަދުތައް

ހަނިމާދޫ: 95 މިލިއަން ރުފިޔާ

ގާތްގަނޑަކަށް 2،000 އެއާހާ މީހުންގެ އާބާދީއެއް އޮންނަ ހަނިމާދުއަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަށް ބަލާލާއިރު، 58 މިލިއަން ރުފިޔާ ވަނީ ހަނިމާދޫގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކަނޑައަޅާފަ އެވެ. އެ މަޝްރޫއަކީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއެކެވެ.

އަދި އޭގެ އިތުރުން އެރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވެސް 13 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެ މަޝްރޫއު މިހާރު ވަނީ އެވޯޑް ކުރެވިފަ އެވެ.

ގަން: 91 މިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ދެން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ ރަށަކީ ލ. ގަމެވެ. ގާތްގަނޑަކަށް 5،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފަ އެވެ.

އެ ފައިސާގެ ތެރެއިން 45 މިލިއަން އަކީ ލޯނެއް މެދުވެރިކޮށް ހޯދާ ފައިސާ އެވެ. އޭގެ އިތުރުން ވެސް ގަމުގައި އަޅާ ޓާޝަރީ ހޮސްޕިޓަލް މަޝްރޫއަށް ވެސް 18 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެ ދެ މަޝްރޫއު ވެސް މިވަގުތު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގަ އެވެ.

ތިނަދޫ: 83 މިލިއަން ރުފިޔާ

ގދ. ތިނަދުއަށް ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި 83 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއަށް 34 މިލިއަން ރުފިޔާ ލޯނު ފައިސާއިން ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އޭގެ އިތުރުން 7،500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއަށް ވެސް ޑޮމެސްތިކް ބަޖެޓުން 11 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ހއ. ދިއްދޫ: 58 މިލިއަން ރުފިޔާ

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް އަދި 4،000 މީހުންގެ އާބާދީއަކާ އެކު އެންމެ ބޮޑު ރަށްކަމުގައިވާ ދިއްދޫގައި ވެސް އާ ހޮސްޕިޓަލް އިމާރާތަށް ވަނީ 17 މިލިއަން ރުފިޔާ ޑޮމެސްތިކް ބަޖެޓުން ހަރަދުކުރަން ހުށަހަޅާފަ އެވެ.

އަދި ދިއްދޫގެ މަގު ހެދުމުގެ މަޝްރޫއަށް ވެސް 14 މިލިއަން ރުފިޔާ ޑޮމެސްތިކް ބަޖެޓުން ހަރަދުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ގދ. ގައްދޫ: 47 މިލިއަން ރުފިޔާ

ބަޖެޓުގައި 47 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ގައްދޫގައި އާ ހޮސްޕިޓަލެއް އެޅުމަށް އެ ފައިސާއިން 19 މިލިއަން ރުފިޔާ ވަނީ ހުށަހަޅާފަ އެވެ. އެ ފައިސާ އަކީ ވެސް ލޯނު މެދުވެރިކޮށް ހަރަދުކުރާ ފައިސާކަމުގައި ބަޖެޓު ފޮތުން ދައްކަ އެވެ.

ބަޖެޓު ބޮޑު ބައެއް އެހެން ރަށްތަކުން ދެން ފާހަގަކޮށްލެވޭ ބައެއް މަޝްރޫތަކުގެ ތެރޭގައި ހިންނަވަރާއި، ކެނދިކުޅުދޫ އަދި އިހަވަންދޫގެ އާ ހޮސްޕިޓަލްތައް ހިމެނެ އެވެ.

އަދި ރ. އަލިފުށި ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމަށް 17 މިލިއަން ރުފިޔާ އަދި ބިން ހިއްކުމުގެ މަޝްރޫއު އަށް ހަތަރު މިލިއަން ރުފިޔާ ހިމަނާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އާ އިމާރާތުގެ މަޝްރޫއު އަށް 17 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox