ސިއްރު ހެކިންގެ މައުލޫމާތު ލީކުވާ މައްސަލަ ބަލައިދޭން ޕޮލިހުގައި ޕީޖީ އެދިއްޖެ

ޕީޖީ ހުސެއިން ޝަމީމް. ސިއްރު ހެކިންގެ މައުލޫމާތު އާންމުވާ މައްސަލަ ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާކަމަށް ޕީޖީ ވަނީ މިއަދު ވިދާޅުވެފަ-- ފޮޓޯ: ހުސެއިން ޝަޔާހު

ޕީޖީ ހުސެއިން ޝަމީމް. ސިއްރު ހެކިންގެ މައުލޫމާތު އާންމުވާ މައްސަލަ ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާކަމަށް ޕީޖީ ވަނީ މިއަދު ވިދާޅުވެފަ-- ފޮޓޯ: ހުސެއިން ޝަޔާހު

މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މައްސަލަ ހިމެނޭހެން، ޝަރީއަތް ކުރިއަށްދާ ބައެއް މައްސަލަތަކުގައި ހިމެނޭ ސިއްރު ހެކިންގެ މައުލޫމާތު އާންމުވާ މައްސަލަ ބަލަން ފުލުހުންނަށް ދަންނަވާފައިވާނޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ފަދަ ދެ ތިން މައްސަލަތައެއްގައި ސިއްރު ހެކިންގެ ހެކި ބަސް އާއްމުވާކަމުގެ މައުލޫމާތުތަކެއް ލިބިފައިވާކަމަށެވެ.

"ހަމައެކަނި އެ މައްސަލައެއްނޫން، ބައެއް އެހެން މައްސަލަތަކުގައި ވެސް ސިއްރު ހެކިންގެ މައުލޫމާތު ލީކުވާކަމަށް ނުވަތަ އާންމުންގެ ތެރެއަށް ނުކުމެގެންދާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެފަދަ މައުލޫމާތުތަކެއް ލިބިފައިވާތީ، އެކަންކަން ބެލުމަށް އަދި ވީ ގޮތެއް ސާފުކޮށްދިނުމަށް ފުލުހުންނަށް ދަންނަވާފައިވާނޭ ކަމަށެެވެ.

"އެހެންވީމަ ފުލުހުން އެބައި ކުރިޔަށް ގެންގޮސްދެއްވާނެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ދެ ހެކިވެރިއެއްގެ މައުލޫމާތު ލީކުވެފައިވާކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން އޭރު މި ނޫހުން ޝަމީމަށް ގުޅުމުން އެފަދަ މައުލޫމާތެއް ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ. އަދި ފުލުހުން ވެސް ވަނީ އެ މައްސަލައިގެ ގޮތުން ވަކި އެއްޗެއް ބުނުމަށް އިންކާރުކޮށްފަ އެވެ.

އެހެން ނަމަވެސް އެފަދަ ކަމެއް ހިނގާފައިވާނަމަ، އެކަމަކަށް އަޅަން ޖެހޭ ފިޔަވަޅެއް ފުލުހުން އަޅާނޭކަމަށް އޭރު ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލަ ކުރިޔަށް ގެންދާ ކްރިމިނަލް ކޯޓަށް ގުޅުމުން ކޯޓުން އޭރު ބުނީ އެފަދަ މައުލޫމާތުތަކެއް ލީކުވެގެން އުޅޭ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މައްސަލައިގަ ސިއްރު ދެ ހެކިވެރިއެއްގެ ޒާތީ މައުލޫމާތު އަދި އެ ފަރާތްތައް ޝަރީއަތުގެ ތެރެއިން ދައްކާފައިވާ ބައެއް ވާހަކަތައް ވެސް ހިމެނޭ އެ ޕޯސްޓްތަކަކީ، ކިހާ ވަރެއްގެ ހަގީގަތެއް ހުރި އެއްޗެއް ކަމެއް އަދިވެސް ކަށަވަރުވެފައެއް ނުވެ އެވެ.

އެހެން ނަމަވެސް، މަރުގެ މައްސަލައެއްގައި ހިމެނޭ ކަމަށް ބުނާ އެ ދެ ހެކިވެރިންގެ މައުލޫމާތު ހަގީގަތުގައި ވެސް ލީކުވެފައިވާނަމަ އެ ފަރާތްތަކުގެ ފުރާނަ ނުރައްކަލަށް ވެއްޓުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ހެކިން ހެކި ބަސް ދިނުމަށް ފަސްޖެހޭނެކަން ވެސް ސާފެވެ.

އާންމުކޮށް އެފަދަ މައްސަލަތަކުގައި ހެކިވެރިންނަށް ފުލުހުން ހިމާޔަތްދޭކަން އެއީ އެނގިފައިވާ ކަމެކެވެ. ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވަނީ:

އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ،

  • އަހުމަދު ޒިހާން އިސްމާއިލް، މ. އިރަސްމިކުގޭ،
  • މުހައްމަދު ދިފްރާނު، ގދ. ގައްދޫ, ސިންދުބާދުގޭ،
  • ހަސަން ޝިފާޒް، މ. ކުދެހިގެ،
  • އިސްމާއިލް ރަޝީދު، މ. ތާއިފް،
  • ހުސައިން ޒިޔާދު، މ. ކޮޅުފުށީ, އީސްޓް.

އެ މައްސަލައިގައި މި މަސް ތެރޭ ޝަރީއަތުގެ ހުލާސާ ބަޔާން ދެ ފަރާތުން އިއްވާނެ އެވެ. އޭގެ ފަހުން ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox