ހަކުރު ބަލީގައި އުޅޭ 30 މިލިއަން މީހުންނަށް އިންސިއުލިން ނުލިބޭ

ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން އިންސިއުލިން ބޭނުންވޭ.

ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން އިންސިއުލިން ބޭނުންވޭ.

ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އެތައް މިލިއަން ބަޔަކަށް ބޭނުންވާ އިންސިއުލިން ނުލިބޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އދ. ގެ ސިއްހަތާ ބެހޭ އެޖެންސީން ވަނީ އިންސިއުލިންގެ އަގު ތިރިކޮށް، ފުރާނަ ސަލާމަތް ކުރަން ބޭނުންވާ އެ ބޭސް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގޮވާލާފަ އެވެ.

ލަފާކުރެވޭ ގޮތުގައި 420 މިލިއަން މީހުން ދިރިއުޅެމުން ދަނީ ހަކުރު ބައްޔާ އެއްކޮށެވެ. ބެލެވޭ ގޮތުގައި ހަކުރު ބަލީގެ މީހުންގެ އަދަދު 40 އަހަރުގެ ތެރޭގައި ހަތަރު ގުނަ އިތުރުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ބައި ބިލިއަނަށް ވުރެ ގިނަ މީހުންނަށް ހަކުރު ބަލީގެ މައްސަލަ ދިމާވާނެ ކަމަށް ބެލެވެ އެވެ.

ހަކުރު ބަލި މެނޭޖު ކުރަން ބޭނުންވާ އިންސިއުލިންގެ ސަޕްލައި ފަސޭހައިން ލިބެން ހުރި ނަމަވެސް އޭގެ އަގުބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އުޅެން ޖެހިފައި ވަނީ ނުރައްކާތެރި ހާލަތެއްގަ އެވެ.

"އިންސިއުލިން ލިބުމުގައި ވަރަށް ބޮޑެތި ފަރަގުތަކެއް އެބަހުރި. ވަކިން ހާއްސަކޮށް އާމްދަނީ ކުޑަ ގައުމުތަކުގައި،" ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

މީގެ 100 އަހަރު ކުރިން އިންސިއުލް އުފެއްދި ކެނެޑާގެ ފްރެޑެރިކް ބެންޓިންގް އާއި ޖޯން މެކްލޮޑް އޭގެ ޕޭޓެންޓް ވިއްކާލީ އެންމެ ޑޮލަރަކަށެވެ.

އެ މީހުން ބުނެފައި ވަނީ "މިއީ މުޅި ދުނިޔޭގެ އުފެއްދުމެއް" ކަމަށާއި ހަކުރު ބައްޔަކީ މަރުގެ ތުންފަތް މައްޗަށް ނުގޮސް މެނޭޖު ކުރެވޭނެ ކަމަކަށް ހެދުން މުހިއްމު ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް ޑަބްލިއުއެޗްއޯ އިން ބުނީ އިންސިއުލިންގެ ޕޭޓެންޓް ހެޔޮ އަގުގައި ވިއްކާލުމުން، އޭގެ ނާޖައިޒު ބޭނުން ހިފައި މަލްޓި ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ހިންގުން ބަލައިނުގަނެވޭނެ ކަމަށެވެ.

ހަކުރު ބަލި ބެހިގެން ވަނީ ދެ ބަޔަކަށެވެ. ގާތްގަނޑަކަށް ނުވަ މިލިއަން މީހުން ދިރިއުޅެނީ ހަކުރު ބަލީގެ ޓައިޕް 1 އާ އެކު އެވެ. އެ ހާލަތަކީ ޕޭންކްރިއަސް އިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައި ނުދޭތީ ދިމާވާ ކްރޯނިކް ކޮންޑިޝަނެކެވެ. އިންސިއުލިން އަކީ ހަށިގަނޑުގެ ލޭގައި ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރަން މުހިއްމު ހޯމޯނެކެވެ.

ހަކުރު ބަލި ކުރިމަތިވާ ގިނަ މީހުންނަށް ދިމާވަނީ ޓައިޕް 2 އެވެ. އެއީ މާ ބޮޑަށް ފަލަވުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ހަކުރުގެ މިންވަރު މަތިވުމެވެ. ފަހަކަށް އައިސް ކުޑަކުދިންގެ މެދުގައި ވެސް ޓައިޕް 2 ހަކުރު ބަލި ދަނީ އިތުރުވަމުންނެވެ.

ޓައިޕް 1 ހަކުރު ބަލީގެ އެންމެންނަށް އިންސިއުލިން ބޭނުންވެ އެވެ. ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި ޓައިޕް 2 ހަކުރު ބަލީގެ 63 މިލިއަން މީހުންނަށް ވެސް އިންސިއުލިން ބޭނުންވެ އެވެ. ނަމަވެސް އޭގެ ތެރެއިން އިންސިއުލިން ލިބެނީ ދެބައިކޮށްފައި އެއްބައި މީހުންނަށެވެ.

އާމްދަނީ މަދު ގައުމުތަކުގައި މި ބަލި ދަނީ އިތުރުވަމުންނެވެ. މިހާރު ދުނިޔޭގެ 80 ޕަސެންޓު ކޭސް ހިއްސާކުރަނީ އެ ގައުމުތަކުންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އިންސިއުލިން މާކެޓުގައި އުޅެނީ ބޮޑު ތިން ކުންފުނި ކަމަށެވެ. އެއީ އެލި ލިއްލީ، ނޮވޮ ނޯޑިސްކް އަދި ސަނޮފީ އެވެ. އޭގެ ސަބަބުން މާކެޓުގައި ވާދަވެރިިކަން ނެތި، ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު އެ ކުންފުނިތަކަށް އޮވެ އެވެ.

ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ އަގުހެޔޮކޮށް އުފެއްދޭ "ހިއުމަން އިންސިއުލިން" ގެ ބަދަލުގައި އަގުބޮޑުކޮށް އުފައްދޭ "ސިންތެޓިކް އިންސިއުލިން" އަށް ކުންފުނިތަކުން ސަމާލުކަން ދިނުމަކީ ވެސް މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox