ހައިޑްރޯގްރަފީ ސާވޭ ހަދައިގެން ރާއްޖޭގެ ޗާޓުތައް ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބޭ

241 ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްއެންޑީއެފްގެ އިސް ވެރިން މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

241 ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްއެންޑީއެފްގެ އިސް ވެރިން މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ކޮށްގެން، އިންޑިއާއަށް އެ ޗާޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ހުއްދަ ލިބޭކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ދަނީ ކުރަމުންނެވެ.

އެގޮތުން، އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުންތަކުގެ ތަފްސީލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ވަނީ ހިއްސާކޮށްފަ އެވެ.

Advertisement

އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ ރާއްޖޭން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންޓަނޭޝަނަލް މެރިޓައިމް ލޯގެ ދަށުން އަދާހަމަކޮށްފައިވާ ޗާޓުތައް ހެދުން ރާއްޖޭގެ މައްޗަށް ލާޒިމުވާ ކަމަށެވެ.

އެގޮތުން، އެފަދަ ސާވޭ ހެދުމަށް އިންޑިއާ ސަރުކާރުގެ އެހީއަށް އެދުނީ ކުރީގެ ސަރުކާރުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

އެގޮތުން، އެކަމުގެ އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި އެ ސާވޭ ހިމަނައިގެން ކަމަށް އާމިރު ވިދާޅުވި އެވެ.

އިންޑިއާއެކު އަސްކަރީ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅިގެން މިހާރުގެ އިދިކޮޅުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން އާމިރު ވިދާޅުވީ ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކާ ގުޅިގެން ކަނޑުގެ އަޑިއަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މުހިންމުކަން އޭރުން ފެށިގެން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާރު ހުރި ޗާޓުތަކަކީ ނެވިގޭޝަނަށް ޓްރަސްޓަޑް އެއިޑެއް ނޫން. އެއީ އަދި އަޕްޑޭޓް ނުކޮށް ތިބެވޭނެ ކަމެއް ނޫން،" އާމިރު ވިދާޅުވި އެވެ.

ރާއްޖެއަށް ކުޑަ ޕަސަންޓެއް ދީގެން ޗާޓުތައް ވިއްކޭ

އެމްއެންޑީއެފުން ރޭ ހިއްސާކުރި މައުލޫމާތައް ބަލާއިރު، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހެދޭ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ.

އެގޮތުން، އިންޑިއާއިން ވިއްކާ ޗާޓެއްގެ އަގުގެ 35 ޕަސަންޓުގެ އިތުރުން ރޯޔަލްޓީގެ ގޮތުގައި 25 ޕަސަންޓް ރާއްޖެއަށް ދައްކަންޖެހޭކަމަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

އެކަމާ ގުޅިގެން ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

"އެ މަސައްކަތުން ދިވެހި ދައުލަތަށް ފައިސާ ލިބޭ ވާހަކަ އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ފާހަގަ ކުރުމުން އަޅުގަނޑަށް އުނދަގޫވޭ. އެއީ ކީއްވެގެން ކުރާ ކަމެއްތޯ؟ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ސިޔާސަތެއް މިހާރު ބައްޓަން ކުރެއްވީތޯ،" ގުރައިދޫ ދާއިރާގެ އިދިކޮޅު މެމްބަރު ޣައްސާން މައުމޫން ސުވާލު ކުރެއްވި އެވެ.

ނަމަވެސް، އެކަމާ ގުޅިގެން އެމްއެންޑީފުން ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ހަދާ ސާވޭއެއް ކަމަށެވެ.

އަދި އެ ސާވޭ ކުރެވޭނީ ރާއްޖޭން އިސްކަންދޭ ސަރަހައްދުތަކެއް ކަމަށާއި، އެކަންކަން ލިމިޓުކުރުމުގެ ފުރުސަތު ވެސް ރާއްޖެއަށް ލިބޭކަމަށް ޝަމާލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox