އެމްއެންޑީއެފް ޕައިލެޓުންނަށް ޑޯނިއާ މަތިންދާބޯޓު ދުއްވޭ މާއްދާ ހިމެނީ ފަހުން

މަތިންދާބޯޓު ދުއްވަން ފެށި ދިވެހި ޕައިލެޓުންނާއެކު ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް: ރާއްޖޭގައި މިލިޓަރީ ބޯޓު ދުއްވަން ތިން އަހަރުގެ ތަމްރީނު ބޭނުންވޭ -- ފޮޓޯ: އެމްއެންޑީއެފް

މަތިންދާބޯޓު ދުއްވަން ފެށި ދިވެހި ޕައިލެޓުންނާއެކު ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް: ރާއްޖޭގައި މިލިޓަރީ ބޯޓު ދުއްވަން ތިން އަހަރުގެ ތަމްރީނު ބޭނުންވޭ -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ އަސްކަރީ ޑޯނިއާ މަތިންބޯޓުތައް ދިވެހި ޕައިލެޓުންނަށް ދުއްވުމުގެ ހުއްދަ ދޭ މާއްދާއެއް އެއްބަސްވުމުގައި ހިމެނީ ފަހުން ކަމަށް އެމްއެންޑީއެފުން ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ގުޅުމުގެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ދަނީ ކުރަމުންނެވެ.

އެގޮތުން، އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުންތަކުގެ ތަފްސީލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ވަނީ ހިއްސާކޮށްފަ އެވެ.

އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ ތަފްސީލް ކޮމިޓީއާ ހިއްސާކުރައްވަމުން ވިދާޅުވީ ކަނޑުގެ ސަރަހައްދު ބޮޑު ރާއްޖެއަށް ވައިގެ މަގުން މޮނިޓާ ކުރެވޭނެ ގާބިލުކަން އިތުރުކުރަން އިންޑިއާގެ ސަރުކާރުގެ އެހީއަށް އެދުނީ ކުރީގެ ސަރުކާރުން 2015 ވަނަ އަހަރު ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ޝިޕިން ރޫޓެއް ކަމުން، ކަނޑު ފޭރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ނުރައްކާތައް ހުއްޓުވަން ވައިގެ މަގުން އެފަދަ ވަސީލަތްތަކުގެ މުހިންމުކަން ކުރީގެ ސަރުކާރުން ފެށިގެން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަލި މީހުން އުފުލުމާއި ކާރިސާތަކުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެކަމުގެ މުހިންމު ބޭނުމެއް ކަން ފާހަގަކުރެއްވި އެވެ.

241
241

241 ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެމްއެންޑީއެފްގެ އިސްވެރިން ރޭ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި އެކި ފަހަރު މަތިން މަތިންދާބޯޓުތައް ފޯރުކޮށްދިނުމުގެ ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ)އާމެދު މަޝްވަރާތައް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އޭގައި ސޮއި ކޮށްފައިވަނީ މި ސަރުކާރުންނެވެ.

އެއާއެކު އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ ބޯޓުތައް ދުއްވަން ދިވެހި ޕައިލެޓުން ތަމްރީން ނުކޮށް، އިންޑިއާ ސިފައިންގެ އަތް މައްޗަށް އެ އުޅަނދުތައް ދޫކޮށްލާފައިވާކަމުގެ ކަންބޮޑުވުން އިދިކޮޅުން އިސްވެ ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ރޭ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އިންޑިއާ ސަރުކާރުން ހުށަހަޅައި ކުރީގެ ސަރުކާރުން މުރާޖައާ ކުރަމުންދިޔަ މަތިންދާބޯޓާބެހޭ އެލްއޯއީގައި ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މާއްދާއެއް ނުހިމެނެ އެވެ.

"2020 ވަނަ އަހަރު އެ އެލްއޯއީގައި ސޮއި ކުރުމުގެ ކުރިން ލީޑަޝިޕުން ރީއެސެސް ކުރެއްވިއިރު، އެއަށް ވަކިން ހާއްސަކޮށް ޕައިލެޓުން ތަމްރީން ކުރުމުގެ ޕްރޮވިޝަން މިއަށް އިތުރުކުރައްވައިފަ އިނީ،" އާމިރު ވިދާޅުވި އެވެ.

އަދި އެމްއެންޑީއެފް ޕައިލެޓުންނަށް ޑޯނިއާ އޮޕަރޭޓްކުރެވޭ ގޮތަށް މާއްދާއެއް އިތުރުކުރެވުނުކަމަށް ހާމަކުރެއްވި އެވެ.

އެ އެއްބަސްވުމުގެ މުހިންމު ބައިތަކުގެ ތަފްސީލު ދެއްވަމުން އާމިރު ވިދާޅުވި ގޮތުގައި އެ މަތިންދާބޯޓުތަކަށް އެއްވެސް ބޭނުމެއްގައި އުދުހެވޭނީ ޗީފް އޮފް ޑިފެންސް ފޯސްގެ ހުއްދައިގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަންޓުގެ ޓާސްކް އޯޑަރެއް އޮވެގެންނެވެ.

ޑޯނިއާ އެއްބަސްވުމުގެ މުހިންމު ބައެއް ބައިތައް

  • އެމްއެންޑީއެފްގެ ހުއްދަ ނެތި އެއްވެސް ބޭނުމެއްގައި ބޯޓަށް އުދުހުމުގެ ފުރުސަތެއް ނެތް.
  • ބޯޓުތަކުގެ މަރާމާތާއި ތެލުގެ ހަރަދު ކުރަނީ އިންޑިއާއިން.
  • ބޯޓާއެކު ތިބޭ އިންޑިއާގެ ޓެކްނިކަލް ސްޓާފުންގެ ހަރަދު ބަލަހައްޓާނީ އިންޑިއާއިން.
  • ބޯޓާއެކު ތިބޭ އިންޑިއާގެ ޓެކްނިކަލް ސްޓާފުންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ.

އޭގެ އިތުރުން، ބޯޓާއެކު ތިބޭ އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކް އިމްތިޔާޒްތައް ލިބިދީފައިވީ ނަމަވެސް، އޭގެން އެއްވެސް މީހަކު ރާއްޖޭން ބޭރުވުމާއި އެތެރެވުމަށް ދިވެހި ސަރުކާރުގެ ހުއްދަ ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

ވައިގެ އުޅަނދުތައް ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުންދާއިރު، ޑޯނިއާ މަތިންދާބޯޓާ ގުޅިގެން އިންޑިއާގެ 25 މީހުން ތިބޭއިރު، ހެލިކޮޕްޓަރުތައް ދުއްވުމާއި ބެލެހެއްޓުމަށް ވެސް ޖުމްލަ 25 އިންޑިއާ މީހުން ތިބޭކަމަށް އެމްއެންޑީއެފުން ރޭ މައުލޫމާތު ދިނެވެ.

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ތެރޭގައި ޕައިލެޓުން އުފެއްދުމަށް، ފުރިހަމަކުރަންޖެހޭ ތަމްރީނުތައް ގިނަވުމުން، އެކަމަށް ދުވަސް ނަގާ ކަމަށެވެ.

އޭގެ އިތުރުން، އަމިއްލަ އެއާލައިންތަކުން ލިބޭ އިނާޔަތްތައް ބޮޑުވުމުގެ ސަބަބުން ޕައިލެޓުން ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox