ކޭން އަށް ހެޓްރިކެއް، ފަހުވަގުތު ޖޯޖީނިއޯ އަތުން ޕެނަލްޓީ ނާކާމިޔާބު

Nov 13, 2021, 2:50 AM
އިންގްލެންޑްގެ ކޭން ބޯޅަ ފޮނުވާލަނީ.

އިންގްލެންޑްގެ ކޭން ބޯޅަ ފޮނުވާލަނީ.

ލަންޑަން (ނޮވެމްބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑުން ހެރީ ކޭންގެ ހެޓްރިކާ އެކު 5-0 އިން އަލްބޭނިއާ ބަލިކުރިއިރު، ފަހު ވަގުތު ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ އިޓަލީ އާއި ސްވިޒަލެންޑް 1-1 އިން އެއްވަރުވެއްޖެ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑުން ފަސް ގޯލު ޖެހީ ވެސް ފުރަތަަމަ ހާފުގަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ރީސް ޖޭމްސް ދިން ބޯޅައަކުން ހެރީ މެގުއާ އިންގްލެންޑަށް ލިޑުނަގައިދިންއިރު، އޭގެ ނުވަ މިނިޓް ފަހުން ކޭން ވަނީ އިންގްލެންޑްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ކޭން ދިން ބޯޅަ އަކުން މެޗުގެ 28 ވަނަ މިނިޓްގައި އިންގްލެންޑްގެ ތިން ވަނަ ގޯލު ޖެހި ޖޯޑަން ހެންޑަސަން އެވެ.

އޭގެ ފަހުން ކޭން ވަނީ އިތުރު ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ސީޒަނުގައި ޓޮޓެންހަމަށް މިހާތަނަށް އެއް ގޯލު ޖެހުނު ނަމަވެސް ކޭން ވަނީ އެންމެ ފަހުން އިންގްލެންޑަށް ކުޅުނު ފަސް މެޗުން ހަ ގޯލު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު އިންގްލެންޑް އޮތީ އަންނަ އަހަރު ގަތަރުގައި ކުޅޭ ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމާ ގާުތުގަ އެވެ. ކޮލިފައިންގައި ބާކީ އެއް މެޗު އޮތްއިރު، އިންގްލެންޑް ގްރޫޕް އައިގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޮލެންޑަށް ނުވަ މެޗުން ވަނީ 20 ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕްގެ އެއް ވަނަ އަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. އިންގްލެންޑް ފަހު މެޗުން ސެން މެރީނޯ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރެވޭނެ އެވެ.

ރޭގެ މެޗުގައި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ.-- ފޮޓޯ: އޭއެފްޕީ

ރޯމްގައި ރޭ ކުޅުނު މެޗުގައި އިޓަލީ ކޮޅަށް ގޯލު ޖަހައި ސިލްވޭން ވިލްޑްމެއާ ވަނީ މެޗުގެ 11 ވަނަ މިނިޓްގައި ސްވިޒަލެންޑަށް ލީޑުނަގައިދީފަ އެވެ. އިޓަލީން އެއްވަރުކުރީ މެޗުގެ 36 ވަަނަ މިނިޓްގައި ލޮރެންޒޯ އިންސީނިއޭ ދިން ބޯޅައަކުން ޖިއޮވާނީ ޑި ލޮރެންޒޯ ޖެހި ގޯލުންނެވެ. މެޗުގެ ފަހު މިނިޓްގައި އިޓަލީގެ ޑޮމެނިކޯ ބެރާޑީ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް އިޓަލީ އަށް ޕެނަލްޓީ އެއް ލިބުނެވެ. ޖޯޖީނިއޯ ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި މެޗުން މޮޅުވިނަމަ އިޓަލީ އަށް ގްރޫޕް ސީގެ އެއް ވަަނައިގައި ލީޑެއް ނަގައި ވޯލްޑް ކަޕްގެ ސީދާ ޖާގައަކާ ގާތަށް ޖެހިލެވޭނެ އެވެ. އެކަމަކު އެއްވަރުވުމުން އިޓަލީ އާއި ސްވިޒަލެންޑަށް އޮތީ އެއްވަރަށް ޕޮއިންޓް ލިބިފަ އެވެ. އެއް ވަަނައިގައި އޮތް އިޓަލީ އާއި ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. އިޓަލީގެ ފައިދާ 11 ގޯލު އޮތްއިރު، ސްވިޒަލެންޑްގެ އޮތީ ފައިދާ ނުވަ ގޯލެވެ.

ކޮލިފައިން ފަހު މެޗުގައި އިޓަލީ ކުޅޭނީ ރަށުންބޭރުގައި ނޮދަން އަޔަލެންޑާ އެވެ. ސްވިޒަލެންޑް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބަލްގޭރިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox