ހިޔާ ފްލެޓް ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ

Nov 12, 2021, 8:00 AM
ފަޔާ ފައިޓަރަކު އަލިފާން ނިއްވަން މަސައްކަތްކުރަނީ.

ފަޔާ ފައިޓަރަކު އަލިފާން ނިއްވަން މަސައްކަތްކުރަނީ.

ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިގޮނޑެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލައިފި އެވެ.

އެތަނުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީ ކަމެއް ނޭގެ އެވެ. ފަޔާ އެންޑް ރެސްކިއު އެތަނަށް ދިއުމުގެ ކުރިން ހިޔާ ފްލެޓުގައި ދިރިއުޅޭ ބައެއް އާއްމުން ދިޔައީ ފެން ހޮޅިތައް ނެރެ ފެން ޖަހަމުންނެވެ. އެކަމަކު ފަޔާ އެންޑް ރެސްކިއު އިން އައުމާ ހަމަޔަށް އަލިފާންގަނޑު ދިޔައީ ފެތުރެމުންނެވެ. އެހެންވިޔަސް، އެ ކުނިގޮނޑު ހުރީ އިމާރާތްތަކާ ވަކިން ކަމަށްވާތީ، އިމާރާތަކަށް ގެއްލުމެއް ނުވާނެ އެވެ.

އެ ކުނިތަކުގެ ތެރޭގައި ހުރީ ކަރުދާސް ފޮށިގަނޑުތަކާއި ބާ ފަރުނީޗަރުތަކާއި ގަލާއި ޕްލާސްޓިކާއި ފުޅި ފަދަ ތަކެއްޗެވެ. އަލިފާންގަނޑުގެ ތެރެއިން ފުޅި އެއްޗެހި ގޮވާ އަޑު ވެސް އިވެ އެވެ.

ކުނިގޮނޑުގައި ރޯވެފައި.
ކުނިގޮނޑުގައި ރޯވެފައި.

ކުނިގޮނޑުގައި ރޯވެފައި.

ހިޔާ ފްލެޓް ސަރަހައްދުން ކުނި ނެގޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކަށް އާއްމުން ކުނި އަޅަ އެވެ. އަދި އުސޫލެއްގެ ގޮތުން ވެމްކޯ އިން ނަގަނީ އާއްމު ކުނި ކަމަށްވީ ނަމަވެސް ބައެއް މީހުން ފަރުނީޗަރުތަކާއި ބޮޑެތި ހުސް ފޮށިގަނޑު ފަދަ ތަކެތި އުކަ އެވެ. އެފަދަ ބައެއް ތަކެތި އެތަނަށް ގިނަވެފައި ހުރެ އެވެ.

ހިޔާ ފްލެޓުގައި މި ވަގުތު ދިރިއުޅެނީ އެތަނަށް ވަދެވޭ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ. އެކަމަކު އެތަނުގެ ފިނިޝިން ހެދުމާއި ފަރުނީޗަރު ވެއްދުމާއި މީހުން ބަދަލުވުމުގެ ހަރަކާތްތަކާ އެކު އެ ސަރަހައްދު ވަރަށް ހަލަބޮއްޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox