ފޮނަދޫގައި ފިނިހަކަ ގިނަވެ އާންމު އުނދަގުލަކަށް ވެފައި!

ލ.ގަމުގެ މަގެއްގައި ފިނިހަކަ ފެތުރިފައި: ފޮނަދޫގެ އިތުރުން ގަމުގައި ވެސް ފިނިހަކަ ވަނީ ގިނަވެފައި- ފޮޓޯ: ހުސެން ޝަރީފް/ފޭސްބުކް

ލ.ގަމުގެ މަގެއްގައި ފިނިހަކަ ފެތުރިފައި: ފޮނަދޫގެ އިތުރުން ގަމުގައި ވެސް ފިނިހަކަ ވަނީ ގިނަވެފައި- ފޮޓޯ: ހުސެން ޝަރީފް/ފޭސްބުކް

ލ. ފޮނަދޫގައި ފިނިހަކަ ގިނަވެ، އާންމު އުނދަގުލަކަށް ވެއްޖެ އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު "އަދަދު" އަށް ވިދާޅުވީ ފިނިހަކަ މަދުކުރުމަށްޓަކައި ފިނިހަކަ ނައްތާލާ ޒާތުގެ ފަންޏެއް (ފްލެޓް ވާމް) އައްޑޫ ސިޓީން ގެނެސް ރަށުގެ އެކި ސަރަހައްދުތަކަށް ދޫކުރި ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލ އަތޮޅުގެ ބައެއް އަވަށްތަކުގައި އާލާވަމުން އަންނަނީ އެފްރިކަން ޖަޔަންޓް ސްނެއިލް ނަމަކަށްކިޔާ ބާވަތެއްގެ ފިނިހަކައެކެވެ.

ފިނިހަކަ ގިނަވެ އުނދަގޫ އެންމެ ބޮޑުވަނީ ވިއްސާރަ މޫސުމުގައި ކަމަށާއި މިދުވަސްވަރު ވާރޭ ވެހެމުންދާތީވެ، ފިނިހަކައިގެ އުނދަގޫ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ފިނިހަކައިގެ އުނދަގޫ އާންމުކޮށް މި ޖެހެނީ ގަސް ހައްދާ، ދަނޑު ހައްދާ މީހުންނަށާއި ވަލާ ކައިރި ހިސާބުތަކުގައި ދިރިއުޅެމުންދާ ގޭގޭގެ މީހުންނަށް. ބައެއް މީހުން އޭގެ އުނދަގޫ ބޮޑުވެގެން މައްސަލަ ރިޕޯޓުކޮށްފައި ވެސް އެބަ ހުރި،" ރިޔާޒު ވިދާޅުވި އެވެ.

ލ.ފޮނަދޫ ގެ އެއްގެ ފާރަށް ފިނިހަކަތަކެއް އަރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ/ފޭސްބުކް
ލ.ފޮނަދޫ ގެ އެއްގެ ފާރަށް ފިނިހަކަތަކެއް އަރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ/ފޭސްބުކް

ލ.ފޮނަދޫ ގެ އެއްގެ ފާރަށް ފިނިހަކަތަކެއް އަރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ/ފޭސްބުކް

ފޮނަދޫން ފިނިހަކަ ގިނައިން ފެންނަން ފެށީ މީގެ ދެތިން އަހަރު ކުރިން ކަމަށާއި، އެ އެއްޗެހި ނައްތާލުމަށްޓަކައި ހަދާނެ ގޮތެއް ނެތިގެން ބައެއް މީހުން ލޮނާއި ބްލީޗް ވެސް އަޅަމުންދެ އެވެ. އައްޑޫއިން ގެނައި ފަނިން ވެސް ފިނިހަކަ މަދުނުވުމުން، އެ ރަށުގެ ރައްޔަތުން ވަނީ ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވަފަ އެވެ.

"މި މައްސަލަ އަޅުގަނޑުމެން ސަރުކާރުގެ އިދާރާތަކަށް ވެސް ހިއްސާކޮށްފިން،"ރިޔާޒު ވިދާޅުވި އެވެ.

ފޮނަދޫގައި ފިނިހަކަ ފެތުރުން ކޮންޓްރޯލް ނުވި ގަމުގައި ފިނިހަކަ ކޮންޓްރޯލްކުރީ ދޫކޮށްލި ފަންޏެއްގެ ސަބަބުންނެވެ. ނަމަވެސް، އެ ރަށުގައި ވެސް މިހާރު ވެސް ދޭތެރެ ދޭތެރެއިން އުނދަގޫ ބޮޑުވާ ކަމަށް ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވި އެވެ.

ފިނިހަކަ އަކީ ދަނޑުވެރިންނަށާއި ގޭތެރޭގައި ގަސްހައްދާ އުޅޭ މީހުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. އެގޮތުން ފިނިހަކައިގެ ނުރައްކާ އެންމެ ބޮޑުވަނީ އަލަށް ފަޅައިގެން ހެދޭ ޅަ ގަސްތަކަށެވެ.

ފިނިހަކައިން ގަސްގަހުގެ ފަތްތަކުގައި ކުދިކުދި ލޯވަޅުތަކެއް އަޅައި ފަތްތައް ހަލާކުކޮށްލަ އެވެ. މީގެ އިތުރުން މޭވާ އާއި ތަރުކާރީއަށް ދޫކޮށްލާ ފިނިހަކައިގެ ދަވައިގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާވެ އެވެ.

"އެއްވެސް ކަހަލަ ގަހެއް ގޯތި ތެރޭގައިވެސް ހެއްދޭކަށް ނެތް. ދަނޑުތަކަށް އެސޮރުމެން އަރައިގެންވާ އުނދަގޫ އަދި މާ ބޮޑު،" ގޯތިތެރޭގައި މާ ގަހާއި އެކި ވައްތަރުގެ ތަރުކާރި އާއި މޭވާ ހައްދާ ފޮނަދޫ މީހަކު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox