ހީރޯ އަކީ ވޭޑް، ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ޓީ20 ކްރިކެޓް ފައިނަލަށް!

Nov 11, 2021, 6:51 PM
ޕާކިސްތާން އަތުން މޮޅުވުމަށް ފަހު ވޭޑް އާއި މާކަސް ސްޓޮއީނީސްގެ ޕާޓްނަޝިޕުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން އަތުން މޮޅުވުމަށް ފަހު ވޭޑް އާއި މާކަސް ސްޓޮއީނީސްގެ ޕާޓްނަޝިޕުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދުބާއީ (ނޮބެމްބަރު 11) - ފަހު ވަގުތު މެތިއު ވޭޑް ހަޔަކަށް ޖެހި ބޯޅަތަކާ އެކު އޮސްޓްރޭލިއާ އިން ޕާކިސްތާން ބަލިކޮށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ މިރޭ ހޯދައިފި އެވެ.

ޕާކިސްތާން އަތުން މިރޭ ފަސް ވިކެޓުން މޮޅުވި އޮސްޓްރޭލިއާ ފައިނަލުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ. ނިއު ޒީލެންޑުން ވަނީ ފުރަތަމަ ސެމީގައި އިންގްލެންޑް ބަލިކޮށްފަ އެވެ. ސެމީގައި ނިއު ޒީލެންޑް ވެސް މޮޅުވީ ފަސް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން އިތުބާރާ އެކު އޮސްޓްރޭލިއާ އިން ނިންމީ ފީލްޑު ކުރާށެވެ. ޕާކިސްތާނުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެ ޓީމުގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ މުހައްމަދު ރިޒްވާނާއި ބާބަރު އާޒަމްގެ ޕެއާ އަށް ބޭނުންވި ތަފާތު ނުދެއްކުނެވެ. ރިޒްވާން ހެދީ 52 ބޯޅައިން 67 ލަނޑެވެ. އަދި ބާބަރު ވަނީ 34 ބޯޅައިން 39 ލަނޑު އެއްކޮށްފަ އެވެ. އެ ދެ ކުޅުންތެރިން ނުބައިވުމުން ދެން ކުޅެން އެރި ފަހާރު ޒަމާން ވަނީ ނުބައި ނުވެ 32 ބޯޅައިން 55 ލަނޑު ހަދައިފަ އެވެ.

އޮސްޓްރޭލިއާ އިން ކުޅެން އެރިއިރު، ޓާގެޓް އޮތީ އަތްލެވޭ ހިސާބުގަ އެވެ. އެކަމަކު، ޕާކިސްތާނުން އިތުބާރުގައި ފަށައިގެން ކުޅެ އޮސްޓްރޭލިއާ ހާސްކޮށްލި އެވެ. އޮސްޓްރޭލިއާގެ ފުރަތަމަ ފަސް ކުޅުންތެރިން ނުބައިވިއިރު، ޕާކިސްތާނަށް މެޗުން މޮޅުވެވޭނެ ކަމަށް ބެލެވުނެވެ.

އެކަމަކު، ވޭޑް އާއި މާކަސް ސްޓޮއީނީސްގެ ޕާޓްނަޝިޕް ކުޅެން އެރި ހިސާބުން މަންޒަރު ބަދަލުވެ، ޕާކިސްތާނަށް ޕްރެޝަރު ބޮޑުވާން ފެށި އެވެ. ވޭޑް އާއި ސްޓޮއީނީސްގެ ޕާޓްނަޝިޕުން ވަނީ ޖުމްލަ އެއްކޮށް 48 ބޯޅައިން 81 ލަނޑު ހަދައިފަ އެވެ.

ވޭޑް ނުބައިކޮށްލަން ޕާކިސްތާންގެ ހަސަން އަލީ އަށް ލިބި އަތުން ބޯޅަ ދޫވެގެން ފުރުސަތު ގެއްލުނުއިރު، އެއީ މެޗުގައި ޕާކިސްތާނަށް ނަަސީބު ދެރަކޮށްދާން ފެށި ހިސާބެވެ. އޭގެ ފަހުން ވޭޑް ވަނީ ދެ އައި ތިން ބޯޅަ ހަޔަކަށް ޖަހައި އޮސްޓްރޭލިއާ އަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދީފަ އެވެ.

އޮސްޓްރޭލިއާ މޮޅުވީ 19 އޯވަރު ތެރޭ 177 ލަނޑު ހަމަކޮށްގެންނެެވެ.

"އަހަރެން ގައުމީ ޓީމާ ދުރުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު. އޭރު އެންމެ ބޭނުންވީ މި ކަހަލަ ދުވަހެއް ގައުމީ ޓީމުގައި ހުރެ ތަޖުރިބާ ކޮށްލަން. މި ގޮތަށް އެ ފަދަ ދުވަހެއް އަންނާނެ ކަމަށް ހިއެއްނުކުރަން. ވަރަށް އުފާވެފައި މި ހުރީ،" މެޗަށް ފަހު ވޭޑް، 33، ބުންޏެވެ.

އޮސްޓްރޭލިއާ ވަނީ 2010 ވަަނަ އަހަރުގެ ޓީ20 ފައިނަލުގައި އިންޑިއާ އަތުން ބަލިވެފަ އެވެ. މިއީ އޭގެ ފަހުން އެ ޓީމުގެ ފުރަތަމަ ފައިނަލެވެ. އަނެއްކޮޅުން މިއީ ނިއު ޒީލެންޑުން މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox