ސިފައިންގެ މެރިޓައިމް ލޮޖިސްޓިކްސް ބޭސް ހުޅުމާލޭގައި ހުޅުވައިފި

ސިފައިންގެ "މެރިޓައިމް ލޮޖިސްޓިކްސް ބޭސް" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ރަސްމީކޮށް ހުޅުވައި ދެއްވަނީ. -ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ "މެރިޓައިމް ލޮޖިސްޓިކްސް ބޭސް" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ރަސްމީކޮށް ހުޅުވައި ދެއްވަނީ. -ފޮޓޯ: އެމްއެންޑީއެފް

ކަނޑުމަގުން ސިފައިން ފޯރުކޮށްދޭ ލޮޖިސްޓިކް ހިދުމަތްތަކާ ގުޅޭ ކަންކަން އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމުގެ ބޭނުމުގައި ހުޅުމާލޭގައި އިމާރާތްކުރި "މެރިޓައިމް ލޮޖިސްޓިކްސް ބޭސް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ބޭސް ހުންނަނީ އެމްއެންޑީއެފްގެ ބައެއް ހިދުމަތްތައް ފޯރުކޮށްދޭން ހުޅުމާލޭގައި މިހާރު ވެސް ބޭނުން ކުރަމުން އަންނަ ބިމުގަ އެވެ. މިއަދު މި ބޭސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ބިމުގެ ނަން ރަސްމީކޮށް "ކަލާސީނު ކޮށި" އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި މެރިޓައިމް ލޮޖިސްޓިކްސް ބޭސް ގައި ސްމޯލް ބޯޓް ރިޕެއާ އެންޑް މެއިންޓެނެންސް ސެންޓަރަކާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވިން ޔުނިޓު އަދި ޓްރާންސްޕޯޓު ސާވިސްގެ ބޯޓު އޮޕަރޭޝަން ސެންޓަރު ހިމެނެ އެވެ.

މެރިޓައިމް ލޮޖިސްޓިކްސް ބޭސްގައި ކުރެވޭ މަސައްކަތްތައް

  • އިންޖިނިއަރިން
  • ހަލް ރިޕެއާ އެންޑް މެއިންޓެނަންސް
  • ކޮމިއުނިކޭޝަންސް އަދި ނެވިގޭޝަން ހިދުމަތްތައް

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ބޭސްގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް ފުޅާވެ އަވަސް ވެގެން ދާނެ ކަމަށެވެ.

އަދި ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅިގެން ހިންގޭ ރެސްކިޔު އޮޕަރޭޝަންތަކުގައި ކޯސްޓްގާޑާއި އަދި ކޯސްޓްގާޑުގެ ޑައިވަރުން އެއް ދިމާއަކުން ހަރަކާތްތެރިވެ ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ހިދުމަތް ފުރިހަމަކުރަން ފަހިގެން ދިޔަ މަގެއް ކަމަށް ބުންޏެވެ.

މި މެރިޓައިމް ލޮޖިސްޓިކްސް ބޭސްގައި ހިމެނޭ އިމާރާތްތަކާއި އިމާރާތްތަކުގެ އެތެރެ ފަރުމާކުރުމާއި އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރީ ސިފައިންނެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޭސްގެ މަސައްތަކަކީ ގައުމީ ދިފާއީ ބާރުގެ މޭންޕަވާ، ރިސޯސަސް، ސިސްޓަމްސް އަދި އޮޕަރޭޝަނަލް ސެންޓަރުތައް ގާއިމުރުކުރުމާއި، ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުގެ ލީޑާޝިޕުގެ އަމާޒުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އަދި މިއީ ތާރީހީ ކަމެއް ކަން ފާހަގަކުރަމުން ބުނީ މީގެ ސަބަބުން ސިފައިން ދެމުންގެންދާ ހިދުމަތްތަކަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox