އެސްޓަން ވިލާގެ ކޯޗަކަށް ހުރެ ބޭނުންވާ ތަފާތު ދެއްކޭނެ ކަމަށް ޖެރާޑް ގަބޫލުކުރޭ

Nov 11, 2021, 12:12 PM
އެސްޓަން ވިލާގެ ކޯޗަކަށް ހުރެ ބޭނުންވާ ތަފާތު ދެއްކޭނެ ކަމަށް ޖެރާޑް ގަބޫލުކުރޭ

ބާމިންހަމް (ނޮވެމްބަރު 11) - ސްކޮޓްލެންޑްގެ ރޭންޖާސް ކޯޗުކަން ދޫކޮށް ހުސްވެފައިވާ އެސްޓަން ވިލާގެ ކޯޗުގެ ވަޒީފާއާ ހަވާލުވީ އެ ކްލަބްގެ މެނޭޖްމަންޓުން ބޭނުންވާ ތަފާތު ދެއްކޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށް އެސްޓަން ވިލާގެ ކޯޗުކަމާ މިއަދު ރަސްމީކޮށް ހަވާލުވި ކޯޗު ސްޓީވެން ޖެރާޑް ބުނެފި އެވެ.

އެސްޓަން ވިލާގެ ކޯޗަކަށް ހުރި ޑީން ސްމިތަށް މަގާމު ގެއްލުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ ވަކިކުރަން އެސްޓަން ވިލާ ބޯޑުގެ އިއްތިފާގުން ނިންމީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވުމުންނެވެ.

ރޭންޖާސްއާ އެކު ޖެރާޑް ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ހަ މިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ފީ އެސްޓަން ވިލާ އިން ވަނީ މިއަދު ދައްކައިފަ އެވެ. އުމުރުން 41 އަހަރުގެ ޖެރާޑް، އެސްޓަން ވިލާއާ އެކު ސޮއިކުރީ 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށެވެ.

Advertisement

ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ޖެރާޑް ބުނީ އެސްޓަން ވިލާ އަކީ މުއްސަނދި ތާރީހެއް އޮތް ކްލަބެއް ކަމަށާއި މި ވަގުތަށް ބަލާއިރު ވަރަށް އުއްމީދީ ސްކޮޑެއް އޮތް ޓީމެއް ކަމަށެެވެ.

"މި ކްލަބްގެ މެނޭޖްމަންޓުން ބޭނުންވާ ތަފާތު ދެއްކޭނެ ކަމުގެ އުއްމީދު އަހަންނަށް އެބައޮތް،" އެސްޓަން ވިލާގެ ރަސްމީ މީޑިއާ އަށް ދިން އިންޓަވިއުގައި ޖެރާޑް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ޖެރާޑަކީ ކްލޮޕަށް ފަހު ލިވަޕޫލާ ހަވާލުވާނެ ކޯޗުކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. އެކަމަކު، މީގެ ކުރިން ޖެރާޑް ވަނީ އެއީ މިހާތަނަށް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި އެހެން ނަމަވެސް، ލިވަޕޫލްގެ ހުށަހެޅުމެއް ލިބިއްޖެނަމަ ވަރަށް ވިސްނަންޖެހޭ ކަމަށް ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ރޭންޖާސް އިން ވަނީ ޖެރާޑްގެ ކޯޗުކަމުގައި މެޗަކުން ބަލިނުވެ، ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އެ ޓީމުން މިދިޔަ 122 އަހަރު ތެރޭ ލީގުގައި ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ.

އެސްޓަން ވިލާގެ ސީއީއޯ ކްރިސްޓިއަން ޕާސްލޯ ވިދާޅުވީ ރޭންޖާސްގައި ޖެރާޑް ކުރި ރަނގަޅު މަސައްކަތްތައް އެސްޓަން ވިލާގައި ތަކުރާރުކުރަން އެ ކްލަބްގެ މެނޭޖްމަންޓުން އެދޭ ކަމަށާއި އެކަމަށް ބޭނުންވާ ސަޕޯޓް ވެސް ކްލަބުން ދޭނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި ނިންމާލި އެސްޓަން ވިލާ ވަނީ މިދިޔަ ތިން އަހަރަށް ބަލާއިރު، ކުޅުންތެރިން ގަންނަން 402 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

އެސްޓަން ވިލާގެ ކޯޗުގެ މަގާމުގައި ކުރިން ހުރި ޑީން ސްމިތަށް މި ސީޒަނުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލީގު ފެށެން ކުޑަތަންވެފައި ވަނިކޮށް ޓީމުގެ ކެޕްޓަން ޖެކް ގްރީލިޝް ބޮޑު އަގުގައި ޓީމު ދޫކޮށްލަން ޖެހުނުއިރު، އެކަމަށް ތައްޔާރުވާން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ކުޅުންތެރިންތަކަށް ތަފާތެއް ނުދެއްކުމެވެ.

މެންޗެސްޓާ ސިޓީން ގްރީލިޝް ގަތީ 123 މިލިއަން ޑޮލަރު އެސްޓަން ވިލާ އަށް ދީފަ އެވެ. ވިލާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި އެޓޭކިން ކުޅުންތެރިންނަކީ ޑެނީ އިންގްސް، ލެއޯން ބެއިލީ އަދި އެމީ ބުއެންޑީއާ އެވެ. މި ތިން ކުޅުންތެރިންނަށް ވެސް ވަނީ ފޯމު ގެއްލުމާއި އަނިޔާގެ މައްސަލަތައް ތަކުރާރުވަމުންނެވެ.

ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 20 ވަނަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox