މަލާލާގެ ކައިވެނީގެ ފޮޓޯކޮޅެއް، ވަރަށް ހިތްގައިމު

މަލާލާގެ ކައިވެނީގެ ފޮޓޯއެއް-- ފޮޓޯ: ޓްވިޓާ

މަލާލާގެ ކައިވެނީގެ ފޮޓޯއެއް-- ފޮޓޯ: ޓްވިޓާ

މިހާތަނަށް ދުނިޔޭގެ ސުލުހައިގެ އިނާމު އެންމެ ހަގު އުމުރުގައި ހާސިލްކުރި މަލާލާ ޔޫސުފް ޒައި ކައިވެނި ކޮށްފި އެވެ. މަލާލާ ކައިވެނި ކުރިކަން ޔަގީންކޮށްދީފައި ވަނީ ބުދަ ދުވަހު އޭނާ ކުރި ޓްވީޓަކުންނެވެ. މަލާލާ ކައިވެނިކޮށްފައިވަނީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ މެނޭޖަރެއް ކަމުގައިވާ އަސީރު މާލިކްއާ އެވެ.

އަންހެން ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަށް ބާރުއަޅައި މަލާލާ ދައްކަމުން ގެންދިޔަ ވާހަކަތަކުގެ ސަބަބުން ތާލިބާނުން މަލާލާގެ ބޮލަށް ބަޑިޖަހާ ޒަހަމް ކޮށްލި ހާދިސާއަށް ނުވަ އަހަރު ފާއިތުވެފައިވާއިރު މަލާލާ ވެފައިވަނީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ އެކްޓިވިސްޓުންގެ ތެރޭގައި އަދިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ޝަހްސިއްޔަތަކަށެވެ.

Advertisement
މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ
މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ

މަލާލާގެ ކައިވެނީގެ ފޮޓޯއެއްގައި ބައިވެރިއާ އަސީރުއާއެކު-- ފޮޓޯ: ޓްވިޓާ

ހިތްގައިމު ކުލަ ތަކުގެ ގަސްތަކުގެ ތެރޭގައި ފިޔާތޮށި ސަލްވާރު ކަމީޒެއްގައި މަލާލާ ފެނިގެންދިޔައިރު, އަސީރު ފެނިގެންދިޔައީ ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގަ އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކައިވެނީގެ މި ހަފްލާގައި ދެ ފަރާތުގެވެސް އާއިލާ ވަނީ ބައިވެރިވެފަ އެވެ.

މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ
މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ

ކައިވެނި ހަފުލާގައި މަލާލާގެ ދެމަފިރިން، މަލާލާގެ މައިންބަފައިންނާއެކު-- ފޮޓޯ: ޓްވިޓާ

މަލާލާގެ ކައިވެންޏަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުހަބާ ކިޔަމުން ދާއިރު, ދާދި ފަހުން ވޯގްއަށް ދިން އިންޓަވިއުއެއްގައި ކައިވެނި ކުރުމުގެ ބޭނުމެއް ނޭނގޭ ކަމަށް މަލާލާ ބުނި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މަލާލާ ބުނެފައިވަނީ ކައިވެނި ކުރުމުގެ ގޮތުން ކޮންމެހެން ލިޔުމެއްގައި ސޮއިކޮށް އެއްބަސްވުންތަކެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ހަޔާތުގެ ބައިވެރިޔާ އާއި އެކުގައި އުޅެވިދާނެ ކަމަށެވެ.

މައްސަލަަތައްް ބޮޑުވެ ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވުމާއެކު މަލާލާ ފަހުން ވަނީ އެހެން ބުނެވުނީތީ މައާފަށް އެދިފަ އެވެ.

މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ
މަލާލާގެ ކައިވެނީގެ ފޮޓޯތަކެއް-- ފޮޓޯ: ޓްވިޓާ

ކައިވެނީގެ ލިޔުމުގައި މަލާލާގެ ފިރިމީހާ، އަސީރު ސޮއިކުރަނީ-- ފޮޓޯ: ޓްވިޓާ

މިއަދަކީ އޭނާގެ ހަޔާތުގައި އަންނަ އަގުހުރި ދުވަހެއް ކަމަށް ބުނެ ކައިވެނިކުރިކަން އަންގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓްތަކުގައި މަލާލާ, 24 ބުނެފައި ވަނީ މި އާ ފެށުމަށް އެންމެންވެސް ހެޔޮދުއާ ކޮށްދިނުމަށް އެދިފަ އެވެ.

މަލާލާގެ އަމިއްލަ ގައުމު، ޕާކިސްތާނުގެ އަންހެން ކުދިންނަށް ތައުލީމު ދިނުމަށް އޭނާ ކުރަމުން ގެންދިޔަ މަސައްކަތްތަކާ ގުޅިގެން މީގެ ނުވަ އަހަރު ކުރިން ތާލިބާނުން އޭނާ އަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. އެ ހަމަލާ ދިނީ އޮކްޓޯބަރު 9، 2012 ގައި ސްކޫލުގެ އިންތިހާނު ނިންމާފައި މަލާލާ، އޭނާގެ އެކުވެރިންނާއެކު ދަނިކޮށެވެ.

އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މަލާލާ ގެންދިޔައީ އިނގިރޭސި ވިލާތަށެވެ. އެއަށް ފަހު، އޭނާ އާއި އޭނާގެ މައިންބަފައިން ދިރިއުޅެމުން އަންނަނީ އިނގިރޭސި ވިލާތުގަ އެވެ.

ހަމަލާއަށް ފަހު، މުޅި ދުނިޔޭގެ ސަމާލުކަން މަލާލާއަށް ލިބިގެންދިޔަ އެވެ. އަދި ސުލުހައިގެ އިނާމު 2014 ގައި ލިބުނެވެ. އޭރު އުމުރުން 17 އަހަރެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox