އޮސްޓްރޭލިއާގެ "މޯސްޓް ވޯންޓެޑް މޭން" ލޮރީއެއްގެ ތެރެއިން ހައްޔަރުކޮށްފި

މުސްތަފާ ބަލުޗް ހޯދަން 17 ދުވަހުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައި. -- ފޮޓޯ: އެންއެސްޑަބްލިއު ޕޮލިސް

މުސްތަފާ ބަލުޗް ހޯދަން 17 ދުވަހުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައި. -- ފޮޓޯ: އެންއެސްޑަބްލިއު ޕޮލިސް

އޮސްޓްރޭލިއާގެ "މޯސްޓް ވޯންޓެޑް މޭން"ގެ ގޮތުގައި ހޯދަމުން ދިޔަ މީހަކު ފިލައިގެން އުޅެނިކޮށް ލޮރީއެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

އުމުރުން 33 އަހަރުގެ މުސްތަފާ ބަލުޗް ހޯދަން 17 ދުވަހުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފަ އެވެ. އޭނާ ސިޑްނީގައި އުޅޭ ނޫޅޭ ތަން ބަލަން ފައިގައި ހަރުކޮށްފައި ހުރި ޓެގް ނައްޓާލައިގެން ފިލީ މިދިޔަ މަހު އެވެ.

ފުލުހުން ބުނީ އޭނާ ފެނުނީ ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހުއްޓުވި ލޮރީއެއްގެ ތެރެއިން ކަމަށެވެ.

ޑްރަގްގެ ބޮޑެއް ކަމަށް ބެލެވޭ ބަލުޗް ފެނުނީ ލޮރީގެ ތެރޭގައި އޮތް ޝިޕިން ކޮންޓެއިނަރެއްގެ ތެރޭގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރޭގައި އިންދަ އެވެ.

ފުލުހުން ބުނީ ކޮންޓެއިނަރު ހުރީ ތަޅު ނުލާ ކަމަށާއި އެ މީހުން އޭގައި ޓަކި ޖެހުމުން އޭގެ ތެރެއިން ވެސް މީހަކު ޓަކި ޖެހުނު އަޑު އިވުނު ކަމަށެވެ.

"އޭނާ ހުރީ ޝޮކެއްގައި. އޭނާ ހީކުރީ ވަރަށް މޮޅު ރޭވުމެއް ރާވައިގެން ކާމިޔާބު ވާނެ ކަމަށް،" ނިއުސް ސައުތު ވޭލްސް ފުލުހުންގެ ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ރޮބް ކްރިޗްލޯ ވިދާޅުވި އެވެ.

ފުލުހުން ބުނީ ބަލުޗް މަސައްކަތް ކުރީ ނިއުސް ސައުތު ވޭލްސް ސްޓޭޓުން ކުއީންސްލޭންޑަށް ދިޔުމަށް ކަމަށެވެ. ފުލުހުންގެ މިނިސްޓަރު ޑޭވިޑް އެލިއަޓް ވިދާޅުވީ ބަލުޗް ހައްޔަރު ކުރެވުމަކީ ނިއު ސައުތު ވޭލްސް ސްޓޭޓުގެ ފުލުހުންގެ ތާރީހުގައި ކާމިޔާބެއް ކަމަށެވެ.

ޓެގް ނައްޓާލައިގެން ބަލުޗް ފިލިއިރު އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ 900 ކިލޯގެ ކޮކެއިން އިކުއެޑޯ އިން އެތެރެކުރަން އުޅުނު ކަމަށެވެ.

ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ހުރުމުން ފުލުހުން ވަނީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ. އަދި އޭނާ ހޯދަން ހިންގި އޮޕަރޭޝަނަށް ބޮޑު ހަރަދެއް ދިޔަ ކަމަށް ބުންޏެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ބަލުޗް އަކީ ކުށްވެރިންގެ ނެޓްވޯކެއްގައި އިސް މަގާމެއް ފުރަމުންދާ މީހެކެވެ. އޭނާ ފިލި މައްސަލައިގައި ވަކި ޝަރީއަތެއް ކުރަން ހަމަޖެހިފައި ވާއިރު، އޭނާ ގޮވައިގެން ދިޔަ ލޮރީ ދުއްވި މީހާއަށް ވެސް ދައުވާ ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox