ރަންނަމާރިއަށް، ވެދުން ސަލާމަށް ފަހު

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

އަހަރެމެންގެ ތާރީޚު ބުނާގޮތުން ކަލޭ ގާދޫކޮލަށް ކަނޑުފެއްތީ އަހަރެމެންނަށް ދެން އުނދަގޫ ނުކުރާން ޝަރުޠުކޮށްފަ އެވެ. އެއީ ތެދުކަމުގައި ވަނީނަމަ، އިއްފަތްތެރި ދިވެހި އަންހެންދަރިންނަށް އަދިވެސް ކަލޭގެ އުނދަގޫ ފޯރަނީ ކީއްވެގެން ހެއްޔެވެ؟ ތާރީޚު ފޮތްތަކާއި ފުލޯކު ވާހަކަތަކުގެ މަތިއޮމާންކުރުމަށް ބަރޯސާނުވާ ފަލްސަފާވެރިން އިއްތިފާޤުވަނީ، ތިއީ އޭރުގެ ޖާހިލު ދިވެހިން ގެންގުޅުނު "ކަނޑުގެ ދޭވަތާ"އެއް ކަމަށެވެ. އަދި އޭރުގެ ދިވެހި އަންހެންދަރިން ކަލެއަށް ނަމުލާ ވެދުމަށް އަރުވަނީ "ޤުރުބާނީ"އެއްގެ ގޮތުގައި ކަމަށެވެ. ގައިމު އިސްލާމް ދީނުގެ ހިދާޔަތް ލިބުނު ފަހުން، އެކަން ހުއްޓެން ޖެހޭނެ ނޫން ހެއްޔެވެ؟ އަދިވެސް އަހަރެމެންގެ އަންހެން ދަރިން ކަލެއާއި ކަލޭގެ ދަރިފަސްކޮޅަށް މި ވެދުން ކުރެވެނީ ކީއްވެގެންބާވަ އެވެ؟

މިއީ ޙައްޤުތަކުގެ ޒަމާނެވެ. މިނިވަންކަމުގެ ޒަމާނެވެ. އެކަމަކު މިއަދުވެސް ކަލޭ ފަދަ ޖިންނި ފުރޭތައިންގެ ވަކިތަކުން އަހަރެމެންގެ ތުއްތު ކުދިންނަށްވެސް މިންޖެއް ނެތެވެ. މިހާރު އަންހެނުންނާއި އަންހެންކުދިން އެކަންޏެއް ނޫނެވެ. ފިރިހެނުންނާއި ފިރިހެން ކުދިންވެސް ކަލެއާއި ކަލޭގެ ދަރިފަސްކޮޅުން ޝިކާރަކުރަން ފެށީތާ އެވެ. އިހުގައިނަމަ، އެ އަނިޔާ ކަލޭ ދެމުންދިޔައީ ބެލެނިވެރިންނަށް އެކަން އެނގިގެން، އެކަމަށް ޚާއްޞަ ދުވަހެއްގައި، އެކަމަށް ޚާއްޞަ ތަނެއްގަ އެވެ. މިހާރު ކަލޭމެން މާ މޮޅެތި އުކުޅުތައް ދަސްކޮށްފި އެވެ. މިއަދު ކަލޭމެންގެ ވަކިތައް ކުޑަކުދިން ގެންގުޅޭ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސްކްރީންތައް ފޫއަޅުވާލައި، އެކުދިން އަތުލައިގަނެ އެވެ. އެ ކުދިންގެ ޅަ ސިކުނޑިތަކާ ކުޅެލަނީ މައިންބަފައިންނަށް އޭގެ ހިލަމެއްވެސް ނުވާނޭހާ ސިއްރިއްޔާތުގަ އެވެ.

އޭރު އަހަރެމެންގެ ކާބަފައިން ކަލޭ ސިފަކުރީ ބޮޑު، ބިޔަ، ފުރޭތައެއްގެ ސިފައިގަ އެވެ. މިއަދު، ތި ދަރިފަސްކޮޅުގެ އިފުރީތުން އަހަރެމެންގެ ލޯމައްޗަށް ފެންނަނީ، "ހުދު ގިރުވާނުލީ" ވަޒީފާތަކުގައި އުޅޭ ޒިންމާދަރު ރައްޔިތުންގެ ސިފައިގަ އެވެ. ހެޔޮއެދޭ ދުވަސްވީ "ދައްތަ"އެއްގެ ސިފައިގަ އެވެ. މަގުހުރަސްކުރަންވެސް އެހީތެރިކަން ބޭނުންވާ ފަދަ މުސްކުޅި "ބޭބެ"އެއްގެ ސިފައިގަ އެވެ. ދަރިންގެ އެންމެހާ ޒިންމާތައް އުފުލަންޖެހޭ މައިންބަފައިންގެ ސިފައިގަ އެވެ. ފޭސްބުކުގައި އުޅޭ "އެކުވެރިއެއްގެ" ގޮތުގަ އެވެ.

އަހަރެމެން ވަރުބަލިވެއްޖެ އެވެ. ޤާނޫނުތަކުން ކަށަވަރުކޮށްދޭ މިނިވަންކަމުގެ ފައިދާ ނަގަން ޖެހިލުންވާން ފަށައިފި އެވެ. މިނިވަންކަމާއެކު ފިޔަވަޅެއް އަޅާލުމަށް ފަސްޖެހި، އެ ޙައްޤަށް އެދި އެދި ތިބެ އަހަރެމެން ވާތާވެގެން މިދަނީ ފައިސާ އާއި ނުފޫޒުގެ ބާރުގައި ޒަމާނީ ރަންނަމާރީންގެ ޙައްޤުތައް މަތިވެރިކޮށްފައިވާތީ އެވެ. އެފަދަ ޖިންނި ފުރޭތައިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ކުރިމަތީ އަހަރެމެންގެ ހަމަބުއްދި ފޭލިވެފައިވާތީ އެވެ. ޤާނޫނުގެ ދިގު އަތް އެ ފަދަ މީހުންގެ ކުރިމަތީ ބަނދެވިފައިވާތީ އެވެ.

ހަނދާނަށް އަންނަނީ މީގެ އަހަރުތަކެއް ކުރި އެވެ. ތޮއްޖެހިފައިވާ މާލޭގައިވެސް، މީސްމަދު ރަށްރަށުގައިވެސް، މަގު ހިނގަން ބިރުން އުޅޭކަށް ނުޖެހެ އެވެ. ރަށްރަށުގެ މަގުތަކުގައި އެއްގެއިން ވަދެގެން އަނެއް ގެއިން ނިކުމެގެން ފީކޯތް ކުޅެން ކުދިން ދުވެއުޅެނީ އިޖުތިމާޢީ ވަރުގަދަ ގުޅުންތަކުގެ ހިމާޔަތުގެ ހިޔަލުގަ އެވެ. މާލޭގެ ހަނި ގޯޅިގޯޅިގައި ހޮޅިދަނޑިތަކަށް އަރަމުން، ޗަކަ ފެންގަނޑުގައި ކަރުދާހު ދޯނި ދުއްވަން ހިސާބުގަނޑު ކުދިން ދުވެއުޅުނީ، ޢާއްމު އަޚުލާޤީ މިންގަނޑުތަކުގެ ރައްކާތެރިކަން ލިބޭކަމުގެ ޔަޤީންކަމުގެ ހިމާޔަތުގަ އެވެ. އޭރުވެސް ދޭތެރެއަކުން ކަލޭމެން ފަދަ ޖިންނި ފުރޭތައިންގެ އުނދަގޫ އެ ކުދިންނަށް ލިބެ އެވެ. އެހެންނަމަވެސް އޭރު އެއީ ޢާއްމުކަމެއް ނޫނެވެ. ނާދިރު ކަމެކެވެ. މިހާރު ނާދިރުކަމަކީ، ކުދިންނަށް އެ ފަދަ މިނިވަންކަން ދިނުމަށް ބަޔަކު ޖެހިލުން ނުވުމެވެ.

މިއަދު އަނެއްކާވެސް ދިވެހިން މިވަނީ އަބުލް ބަރަކާތުލް ބަރްބަރީއަކަށް ނުވަތަ ތަބްރޭޒީއަކަށް ބޭނުންވެފަ އެވެ. މިއަދުވެސް މި ދިވެހި މައްސަލަ ހައްލުވާނީ ބޭރުން އަންނަ މީހަކަށް އެ މަންޒަރު ފެނި، އެކަމަށް ކެތް ނުކުރެވޭ ވަރު ވުމުން، އެ ފަރަންޖީއަކު އިސްނަގައިގެން ހެއްޔެވެ؟ އަހަރެން މި ގޮވާލަނީ ފަރުދީ ޒިންމާ އަދާކުރުމަށެވެ. މުވައްސަސީ ނަޒާހަތްތެރިކަން އިތުރުކުރުމަށެވެ. ސުލްޙަ މަސަލަސްކަން އިސްކުރުމަށެވެ. އަހަރަމެންގެ މި ދިވެހި ވެއްޓަކީ އަހަރެމެންގެ ދަރިންނަށްޓަކައި ރައްކާތެރި ތަނަކަށް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox