ޖެރާޑަށް އެސްޓަން ވިލާގެ ކޯޗުކަން ހުށަހަޅަނީ

Nov 10, 2021, 3:30 AM
ޖެރާޑަށް އެސްޓަން ވިލާގެ ކޯޗުކަން ހުށަހަޅަނީ

ބާމިންހަމް (ނޮވެމްބަރު 10) - ހުސްވެފައިވާ އެސްޓަން ވިލާގެ ކޯޗުކަން ލިވަޕޫލްގެ ކުރީގެ ކެޕްޓަން އަދި ސްކޮޓްލެންޑްގެ ރޭންޖާސްއާ މި ވަގުތު ހަވާލުވެހުރި ކޯޗު، ސްޓީވެން ޖެރާޑަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ޖެރާޑް ވަނީ 19 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެެވެ. ޖެރާޑް، ރޭންޖާސް ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު މެއި މަހުގެ ތެރޭގަ އެވެ. ޖެރާޑްގެ ވަނީ މިދިޔަ ސީޒަނުގައި ރޭންޖާސް އަށް ސްކޮޓްލެންޑްގެ ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މެޗަކުން ބަލިނުވެ ރޭންޖާސް އިން ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 10 އަހަރު ތެރޭ އެ ޓީމުން ލީގު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

ޖެހިޖެހިގެން އިނގިރޭސި ޕްރިިމިއާ ލީގުގެ ފަސް މެޗުން ވަކިވުމުން އެސްޓަން ވިލާ އިން ނިންމީ އެ ޓީމުގެ ކޯޗަކަށް ހުރި ޑީން ސްމިތު ވަކިކުރާށެވެ. ސްމިތު ވަކިކުރުމަށް ފަހު ރަނގަޅު އިނގިރޭސި ކޯޗެއް ގެންނަން އެސްޓަން ވިލާ ބޯޑުން ބޭނުންވާއިރު، ގިނަ ބޯޑް މެމްބަރުން އިއްތިފާގުވަނީ އުމުރުން 41 އަހަރުގެ ޖެރާޑާ އެސްޓަން ވިލާ ކޯޗުކަން ހަވާލުކުރާށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކޮންޓްރެކްޓް 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާއިރު، އޭނާ އަށް ފަހު ދެން ލިވަޕޫލަށް ކޯޗުކޮށްދޭނީ ޖެރާޑް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެހާތަނަށް ޕްރިމިއާ ލީގުގެ އެހެން ކްލަބަކުން ޖެރާޑް ފެނުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑުން ވެސް ޖެރާޑަށް ދެ ފަހަރެއްގެ މަތިން ކޯޗުކަން ހުށަހެޅި އެވެ. އެކަމަކު، ޖެރާޑް ބޭނުންވީ ރޭންޖާސްގައި މަޑުކުރާށެވެ. އިންގްލެންޑްގެ ބާމިންހަމް ސަރަހައްދު ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެސްޓަން ވިލާ އިން ހުށަހަޅައިފިނަމަ ޖެރާޑް އެ ކްލަބަށް އަންނަން އެއްބަސްވުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox