މާލެ ރައްޔިތުންނަށް 5،000 ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި: މީކާއީލް

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ބައްލަވާލައްވަނީ. -ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ބައްލަވާލައްވަނީ. -ފޮޓޯ: މަޖިލިސް

ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭ ރައްޔިތުންނަށް 5،000 ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާކަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހާމަކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ ހަމައެކަނި ކަރުދާސްތަކެއް ނޫން ކަމަށާއި، ރައްޔިތުންގެ ތަފާތު އުއްމީދުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން، ބޯހިޔާވަހިކަމާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި މަތީ ތައުލީމު ހާސިލުކުރަން އިތުރު ދޮރުތައް ހުޅުވުމާއި އިންސާފު ގާއިމުކުުރުން ފަދަ އުއްމީދުތައް ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓާ ގުޅިފައިވާކަން މީކާއީލް ފާހަގަކުރެއްވި އެވެ.

މާލެއަށް ނިސްބަތްވާ މެމްބަރެއްގެ ހައިސިއްޔަތުން، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ފާހަގަކުރައްވައި، މީކާއީލް ވިދާޅުވީ މާލެ-ތިލަފުށި ބްރިޖާއެކު އެ މައްސަލަ ހައްލުވާނެކަމުގެ އުއްމީދު އާވެފައިވާ ކަމަށެވެ.

"މި އުއްމީދަށް އަޅުގަނޑަށް އިތުރު ޔަގީންކަމެއް ލިބެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން މާލޭގެ ރައްޔިތުންނަށް 1،000 އަކަ ފޫޓަށް ވުރެ މަދުނޫން 5،000 ގޯތި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުން،" މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ގޯތިތައް ވެގެންދާނީ، ކުދިކުދި ތަންތަނުގައި މިހާރު ދިރިއުޅެމުންދާ 5،000 އާއިލާއަށް "ހިންދެމިލާނެ" ފުރުސަތަކަށް ކަމަށެވެ.

"މި 5،000 ގޯއްޗަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ އުއްމީދެއް،" މީކާއީލް ވިދާޅުވި އެވެ.

ބަޖެޓުގައި ހިމެނެނީ އަދަދުތަކެއް ފާހަގަކުރައްވަމުން މީކާއީލް އިތުރަށް ވިދާޅުވީ އެ އަދަދުތައް ހަގީގަތަކަށް ހެދުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓުގެ އެންމެ ބޮޑު އަދަދެެއް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން އިގުތިސާދު ފުޅާކޮށް، ސިންދަފާތު ކުރުމަށް ބޮޑެތި މަޝްރޫއުތައް ރާވައި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. މިކަންކަމަށް ބަޖެޓުގެ 17 ޕަސަންޓު ކަނޑައަޅައި 6.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސުން ވަނީ ހުށަހަޅާފަ އެވެ.

ޕީއެސްއައިޕީ ބަޖެޓުން އެއް މަޝްރޫއުއަކަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކޮށްފައި ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަށް 633 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ.

މާލެ-ތިލަފުށި ލިންކް ދަށުން މާލެ އާއި، ވިލިމާލެ އާއި، ގުޅިފަޅާއި، ތިލަފުށި ގުޅާލާނެ އެވެ.

ސަރުކާރުން މި މަޝްރޫއަށް އެންމެ ބޮޑު އިސްކަމެއްދޭ ސަބަބުތަކުގެ ތެރޭގައި މާލޭ ކޮމާޝަލް ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. އަދި މި ސަރަހައްދުގެ ހުރިހާ ރަށެއް ގުޅާލުމުގެ މައިގަނޑު ބޭނުމަކީ ޕޯޓުގެ މަސައްކަތް ގުޅިފަޅަށް ބަދަލުކުރުމާއި ތިލަފުށީގައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކާ ގުޅުވާލުމެވެ.

މި ސަރުކާރުން ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭން ހާމަކުރުމާއެކު ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އެތަނުން ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، މާލޭ ކައިރިން ބިމެއް ހިއްކައިގެން 2،000 ގޯތި ދޫކުރާނެކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ހިއްކަން ނިންމާފައިވާ ސީދާ ކޮން ތަނެއް ކަމެއް އަދި ސާރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރު ބޯހިޔާވަހިކަމުގެ ބަޖެޓު

އަންނަ އަހަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 599.7 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް 4000 ހައުސިން ޔުނިޓު ގާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނަށްވާ އިކުއިޓީ މިއަހަރުގެ ބަޖެޓުން ދައްކާނެ ކަމަށް ފިނޭންސުން ބުނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތަކުގައި ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކުގެ ފައިނޭންސް ކޮސްޓަށް ޑޮމެސްޓިކް ބަޖެޓުން 448.5 މިލިއަން ރުފިޔާ ހަރަދަކުރަން ވަނީ ނިންމާފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox