ޕާޓީ އަށް ކިޔާ ދައުވަތުގައި ނުހިމެނޭ މީހުން އެކުގައި ގެންދިއުމަކީ ގޯހެއް!

ޕާޓީ އަށް ކިޔާ ދައުވަތުގައި ނުހިމެނޭ މީހުން އެކުގައި ގެންދިއުމަކީ ގޯހެއް!

"އަހަރެމެން ޕާޓީ އަށް ކީ 175 މީހުންނަށް. ޕާޓީގެ މެދު ތެރެއިން ހުރިހާ ތައްޓެއް ހުސްވެ ދެގުނަ ތަށި އިތުރުކުރަން ޖެހުނު. ޕާޓީ ނިމުނު އިރު އެކަމަށް ކަނޑައެޅި ހަރަދު ދެގުނަ އަށް އިތުރުވި،"

ދައްތަ އާއި ބޭބެގެ ކައިވެނީގައި ވެސް ހަމަ މި މައްސަލަ މިގޮތަށް ދިމާވުމުން، އީމާން، 26 އޭނާގެ ކައިވެނި ހަފްލާގެ ދައުވަތު ކާޑު ބެހީ ވަރަށް ވިސްނައިގެންނެވެ. ބޭއްވި ކުޑަކުޑަ ސައި ހަފުލާއަށް ދެ ފަރާތުގެ އާއިލާގެ 175 މީހުންނަށް ކި އެވެ. އެފަހަރު ދިން ދައުވަތު ކާޑުގައި، ކާޑު ލިބުމުން ކޮންމެވެސް ކަހަލަ ޖަވާބެއް ދިނުމަށް ވެސް މެހުމާނުން ގާތުގައި އެދުނެވެ. އެކަމަކު ޕާޓީ ދުވަހުގެ ކުރިން ޖަވާބު ފޮނުވީ ދެތިން މީހެކެވެ.

............

Advertisement

ޕާޓީ ނުވަތަ ހަފްލާތަކަށް ދިއުމުގައި ވެސް އަދަބުތަކެއް ގެންގުޅެން ޖެހެއެވެ. މިސާލަކަށް، ކައިވެނި ހަފްލާއެއް ނުވަތަ ބާތުޑޭ ހަފްލާއަކަށް ދައުވަތު ލިބޭ މެހުމާނާގެ ފުރަތަމަ އަދި އެންމެ ބޭސިކް ޒިންމާ އަކަށް ވާންވާނީ ދައުވަތު ކާޑު ލިބުމުން އެ ދައުވަތަށް ރަސްމީ ޖަވާބެއް ދިނުމެވެ. އަމިއްލަ ކަންކަން ރާވާފައި ހުރި ނެތް ގޮތް ބެލުމަށް ފަހު ވީހާވެސް އަވަހަށް ރިޕްލައި އެއް ފޮނުވުމަކީ މުހިއްމުކަމެކެވެ. ޕާޓީ އަށް ދެވެން ނެތް ނަމަ، ދެވެން ނެތް ވާހަކަ ޖަވާބުގައި ފޮނުވުމުން، ކައިވެނި ކުރާ ދެ މަފިރިންނަށް އެ ދައުވަތު އެހެން މީހަކަށް ދޭން އެނގޭނީ ވެސް އޭރުންނެވެ.

ދައުވަތު ކާޑު އެޑްރެސްކޮށްފައި ވަނީ ތިބާ އަށް އެކަނި ކަމަށް ވާނަމަ އެކުގައި ރައްޓެއްްސަކު ނުވަތަ ބައިވެރިއަކު ގެންގޮސްގެން ނުވާނެ އެވެ. ގެންދަން ގަސްދުކުރާނަމަ އެކަން ވެސް ދައުވަތު ކާޑު ބަލައިގަތުމަށް ފަހު ފޮނުވާ ޖަވާބުގައި ހިމަނާލުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭރުން ހަފްލާ އަށް އަންޏާނެ މީހުންގެ ސީދާ އަދަދު އެނގި، ބަޖެޓު ކުރީބައިގައި ރާވާލަން ކައިވެނިކުރާ ދެމަފިރިންނަށް ނުވަތަ ޕާޓީ ބާއްވާ ފަރާތަށް އެނގޭނެ އެވެ.

ޕާޓީ ދައުވަތަށް ލިޔުމުން ޖަވާބު ފޮނުވުން

ޕާޓީއެއް ނުވަތަ ހަފްލާއަކަށް ދައުވަތު ލިބުމުން ދައުވަތު ދިން ފަރާތާއި ދެމެދު އޮތް ގުޅުމަށް ބިނާކޮށް ޖަވާބު ދޭނެ ގޮތެއް ނިންމާނީ އަމިއްލަ އަށެވެ. ޕާޓީއަށް ދައުވަތު ކިޔާފައިވަނީ ރަސްމީ ހައިސިއްޔަތަކުން ކަމަށް ވާނަމަ މެއިލް އެއް ވެސް ކޮށްލެވިދާނެ އެވެ. އެކަމަކު އާންމުކޮށް ޓެކްސްޓް މެސެޖަކުން ސާފުކޮށް އެނގޭ ގޮތަށް ތރިޕްލައި އެއް ކޮށްލުމަކީ އެންމެ ސާދާ ގޮތެވެ.

ޕާސަނަލް ނޯޓެއް ވެސް ދެވިދާނެ

ދައުވަތު ދިން ފަރާތަކީ ރަހުމަތްތެރިއެއް ނަމަ، ނުވަތަ އާއިލާގެ މީހެއް ނަމަ، ކުރު ޕާސަނަލް ނޯޓަކުން ޖަވާބު ފޮނުވިދާނެ އެވެ. ޖަވާބުގައި ލިޔާއިރު، އެކުގައި ވަކި މީހަކު ގެންދަން ބޭނުންވާ ނަމަ އެކަން ހިމަނާލުމަކީ ރީތި ގޮތެކެވެ. ޕާޓީއަށް ދެވެން ނެތް ނަމަ، އެކަން ވެސް މައާފާ އެކު ނޯޓުގައި ބުނެލުމަކީ އިހުތިރާމާ އެކު ދައުވަތު އަނބުރާ ރައްދުކުރެވިދާނެ ގޮތެކެވެ.

ދައުވަތު ކުއްލިއަކަށް ކެންސަލް ކޮށްލަން ޖެހިއްޖެ ނަމަ ގުޅާލަން ވާނެ

ޕާޓީގެ ދައުވަތު ލިބުމުން ދާނެކަމުގެ ޔަގީންކަން ދީފައި އޮއްވައި ދިމާވާ ކުއްލި ކަމެއްގެ ސަބަބުން ނުދެވޭގޮތްވެ، ފަހު ވަގުތުގައި ފދައުވަތު ކެންސަލް ކުރަން ޖެހިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ޕާޓި ބާއްވާ ފަރާތަށް ގުޅާފައި އެކަން ބުނެލުމެވެ. އޭރުން ޕާޓީއަށް ކޭޓާ ކުރާ މީހުންނަށް ގުޅާފައި އަންނަ މީހުންގެ އަދަދުގެ ޔަގީން ކަމެއް ދެވޭނެ އެވެ. ނޫން ނަމަ އެ އިންވިޓޭޝަން އެހެން މީހަކަށް ފޮނުވުމުގެ ޗާންސު ވެސް ޕާޓީ ބާއްވާ ފަރާތަށް ލިބޭނެ އެވެ.

ޕާޓީތައް ނުވަތަ ހާއްސަކޮށް ކައިވެނި ހަފްލާއެއް ބާއްވާއިރު ބޮޑު ހަރަދެއް ދާނެ އެވެ. ގިނަ ފަހަރަށް ކައިވެނީގެ ހަފްލާ ބާއްވާނީ ދެމަފިރިން ބަޖެޓު ކަނޑައަޅައިގެން، ބަޖެޓު އެކްސީޑް ނުވާ ގޮތަށެވެ. އެކަމަކު ޕާޓީ އަށް އަންނަ މެހުމާނުންގެ ސަބަބުން ކަނޑައަޅާ ބަޖެޓަށް ބުރޫ އަރައި ޕާޓީ އިންތިޒާމުކުރާ މީހުންނަށް އުނދަގޫ ހާލަތުތަކެއް ތަޖުރިބާ ކުރަންޖެހެ އެވެ. ރަނގަޅުކޮށްލަން ވީ މިފަދަ ނުރަނގަޅު އާދަ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox