ފަލަސްތީނުގެ އިގްތިސާދު ދަނީ މަޑުމަޑުން ރަނގަޅުވަމުން: ވޯލްޑް ބޭންކު

ފަލަސްތީނުގެ ގާޒާގައި ކަރަންޓު ކެނޑިފައި. -- ފޮޓޯ: ވޯލްޑް ބޭންކު

ފަލަސްތީނުގެ ގާޒާގައި ކަރަންޓު ކެނޑިފައި. -- ފޮޓޯ: ވޯލްޑް ބޭންކު

ގުދުސް (ނޮވެމްބަރު 9) - ފަލަސްތީނުގެ އިގްތިސާދު މަޑުމަޑުން ރަނގަޅު ވާން ފަށާފައިވީ ނަމަވެސް ގާޒާގައި ވަޒީފާ ނުލިބުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފަލަސްތީނުގެ އިގްތިސާދު ވަނީ 5.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. މި އަހަރު ނިމޭއިރު ހަ ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް 2022 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން މަޑުޖެހި، ތިން ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

"ކުރިމަގާ މެދު އަދިވެސް ހުރީ ސުވާލުތަކެއް. ކުރިއެރުން ބިނާވަނީ ފަލަސްތީނާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކޮށް ޒުވާނުންނަށް ވަޒީފާ ކަށަވަރުކޮށްދިނުމުގެ މައްޗަށް،" ހުޅަނގު އައްސޭރި އާއި ގާޒާ އަށް ކަނޑައަޅާފައި ހުންނަ ވޯލްޑު ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ކަންތަން ޝަންކަރް ވިދާޅުވި އެވެ.

މިދިޔަ މޭ މަހު އިޒްރޭލާއި ހަމާސްއާ ދެމެދު ކުރި 11 ދުވަހުގެ ހަނގުރާމައާ ހެދި ގާޒާ އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އޭގެ ކުރިން ވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގައި މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ދަތި ހާލުގަ އެވެ.

ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރާ ގާޒާގައި ދެ މިލިއަން މީހުން ދިރިއުޅޭ އިރު، އިޒްރޭލާއި މިސްރުން އޮންނަނީ ގާޒާ ވަށާލައިގެން ބަންދުކޮށްފަ އެވެ. ގާޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކަީ 45 ޕަސެންޓެވެ. އަދި ފަގީރުކަމުގައި އުޅޭ މީހުންގެ ނިސްބަތް ވަނީ 43 ޕަސެންޓުން 59 ޕަސެންޓަށް އުފުލިފަ އެވެ.

"ދިރިއުޅުމުގެ ހާލަތު ހުރި ގޮތާއި އިޖްތިމާއީ އެހީ އަށް ގާޒާގައި ދިރިއުޅޭ ރައްޔިތުން ބަރޯސާވާން ޖެހިފައިވުމަކީ ބޮޑު ކަންބޮޑުވުމެއް،" ޝަންކަރް ވިދާޅުވި އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ 17 ޕަސެންޓެވެ. ވޯލްޑު ބޭންކުން ބުނީ އެ ތަނުގައި ވެރިކަން ކުރާ ފަލަސްތީނު ސަރުކާރުގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށާއި އެތެރޭގެ ބޭންކުތަކުން ފައިސާ ދަރަންޏަށް ނެގުމުގެ ގާބިލްކަން ގެއްލިފައިވާ ކަމަށެވެ.

އެގޮތުން މި އަހަރު ފަލަސްތީނުގެ ސަރުކާރުގެ ބަޖެޓު ޑެފިސިޓް 1.36 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އެހީދޭ ފަރާތްތަކަށް ވޯލްޑު ބޭންކުން ގޮވާލީ ޑެފިސިޓް ކުޑަ ކުރުމަށް އެހީވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox