ފުޓްބޯޅަ އަކީ އެންމެ ނާއިންސާފު ކުޅިވަރު: ނޫނޯ

Nov 9, 2021, 4:16 AM
ފުޓްބޯޅަ އަކީ އެންމެ ނާއިންސާފު ކުޅިވަރު: ނޫނޯ

ލަންޑަން (ނޮވެމްބަރު 9) - ފުޓްބޯޅަ އަކީ އެންމެ ނާއިންސާފު ކުޅިވަރު ކަމަށް ޓޮޓެންހަމްގެ ކޯޗުކަމުން ދާދި ފަހުން ވަކިކުރި ޕޯޗުގީސް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފި އެވެ.

ބާރަ ވަރަކަށް ކޯޗުންނާ މަޝްވަރާ ކުރުމަށް ފަހު ނޫނޯ ޓޮޓެންހަމްގެ ކޯޗަކަށް މި ސީޒަން ފެށުމުގެ ކުރިން ހަމަޖެއްްސީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ސީޒަން ފަށައިގެން ފުރަތަމަ މެޗުތަކުން ރަނގަޅު ރެކޯޑެއް ދެމެހެއްޓި ނަމަވެސް އެންމެ 17 މެޗަށް ފަހު (ހަތަރު މަހަށް ފަހު) ޓޮޓެންހަމް އިން ވަނީ ނޫނޯ މަގާމުން ވަކިކޮށްފަ އެވެ.

ޓޮޓެންހަމްގެ މި ނިންމުމަށް ފަހު ނޫނޯ އޭނާގެ ޝުއޫރުތައް ފުރަތަމަ ފަހަރަށް ފާޅުކުރީ އިންސްޓަގްރާމް މެދުވެރިކޮށެެވެ. ނޫނޯ ބުނީ މިދިޔަ ހަފްތާއެއްހާ ދުވަހު އޭނާ އުޅެން ޖެހުނީ ތަފާތު އެކި ކަންކަމާ ކުރިމަތިލުމަށް ކަމަށާއި އޭގެ ތެރެއިން ކަންތައްތަކެއް ވެސް ދަސްވި ކަމަށެވެ.

"މިއީ ފުޓްބޯޅަ، އެންމެ ނާއިންސާފު ކުޅިވަރު. މީގެ ދެ މަހެއްހާ ދުވަސް ކުރިން އަހަންނަކީ ޕްރިމިއާ ލީގުން ހޮވި މެނޭޖާ އޮފް ދި މަންތު (އެއް މަސް ދުވަހުގެ މެޗުތަކުގެ އެންމެ މޮޅު މެނޭޖަރު). އޭގެ ހަފްތާތަކެއް ފަހުން އަހަރެން ދުވަސް ގުނަން މި ޖެެހެނީ ޓޮޓެންހަމް އިން އަހަރެން ވަކިކޮށްގެން،" ނޫނޯ ބުންޏެވެ.

ކުރިން ވުލްވްސްގެ އިތުރުން ޕޯޓޯ އަށް ކޯޗުކޮށްދިން ނޫނޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްއާ ހަވާލުވާން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ޓޮޓެންހަމާ ގުޅުނީ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ހާއްސަ އުއްމީދުތަކެއް ވެސް އޮތުމުންނެވެ.

ނޫނޯ ވަނީ ޓޮޓެންހަމް ސަޕޯޓަރުން އޭނާ އަށް ކުރި ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޓޮޓެންހަމަށް ޓްރޮފީ އެއް ހޯދައިދޭން ކުރި މަސައްކަތް ޕްލޭނާ އެއްގޮތަށް ނުދިއުމަކީ އޭނާގެ ކޮންޓްރޯލުން ބޭރުން ދިޔަ ކަމެއް ކަމަށް ނޫނޯ ބުނެފައިވެ އެވެ.

ނޫނޯގެ ކުރިން ޓޮޓެންހަމް އިން ވަކިކުރީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ ބުނީ ނޫނޯ އަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށެވެ.

މި ފަހަރުގެ ޕްރިމިއާ ލީގު ފެށިގެން މިހާތަނަށް ކޮންމެ ޓީމަކުން 11 މެޗު ކުޅުނުއިރު، ނޫނޯގެ އިތުރުން މިހާތަނަށް ހަތަރު ކޯޗުންނަށް ވަނީ ވަޒީފާ ގެއްލިފަ އެވެ. އެއީ ވަޓްފޯޑްގައި ހުރި ސްޕެއިންގެ ކޯޗު ޒިސްކޯ ނޫނޭޒާއި ނޯވިޗް ސިޓީގެ ޖަރުމަނު ކޯޗު ޑެނިއަލް ފާކާ، ނިއުކާސަލްގެ ކޯޗު ސްޓީވް ބްރޫސް އަދި އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox