އޮޔާދަނިކޮށް ފެނުނު ބަންޑުންޖަހާލާފައި އޮތް ބޯޓެއް ތިނަދޫ ކައުންސިލް ބެލުމުގެ ދަށަށް

ތިނަދޫ ކައިރިން އޮޔާދަނިކޮށް ފެނުނު ބަންޑުންޖަހާލާފައި އޮތް ބޯޓު. އެ ބޯޓުގައި ގާތްގަނޑަކަށް 90-100 ފޫޓު ހުންނާނެކަމަށް ވޭ-- ފޮޓޯ: ގާފު

ތިނަދޫ ކައިރިން އޮޔާދަނިކޮށް ފެނުނު ބަންޑުންޖަހާލާފައި އޮތް ބޯޓު. އެ ބޯޓުގައި ގާތްގަނޑަކަށް 90-100 ފޫޓު ހުންނާނެކަމަށް ވޭ-- ފޮޓޯ: ގާފު

ގދ. ތިނަދޫ ކައިރިން އޮޔާދަނިކޮށް ފެނުނު ބަންޑުން ޖަހާލާފައި އޮތް ބޯޓެއް އެރަށު ކައުންްސިލްގެ ބެލުމުގެ ދަށަށް ވަގުތީކޮށް ގެނެސްފި އެވެ.

ތިނަދޫ ކައުންސިލް ނައިބު ރައީސް ނަސްރުﷲ އަލީ ވިދާޅުވީ މިދިޔަ މަހު ފަހުކޮޅު ފެނުނު އެ ބޯޓުގައި ގާތްގަނޑަކަށް 90-100 ފޫޓު ހުންނާނެ ކަމަށެވެ. އަދި އެއީ ޔަގީނުން ވެސް ރާއްޖޭގެ ބޯޓެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ހީވަނީ ބަންޑުން ޖަހާލިތާ ހަ ވަރަކަށް މަސް ވެދާނެ ހެން. އެ ބޯޓު ފެނުނުއިރު އައި ދިމާލުން ބޮޑަށް ބެލެވެނީ ތިނަދޫ އުތުރުން މި އޮންނަ ހޫޓު ކަނޑު ސަރަހައްދު ފަޅިން އަތޮޅު އެތެރެވަރިއަށް ވަން އެއްޗެއް ކަމަށް،" ނަސްރުﷲ ވިދާޅުވި އެވެ.

ފައިބަރާއި ދަނގަޑުން ބަނދެފައި އޮތް އެ ބޯޓުގެ އެތެރެއިން ވެސް އަދި އެ ބޯޓު ފުރަތަމަ ފެނުނުއިރު ވެސް އޭގެ ކައިރިން އިތުރު މުދަލެއް އެހެން އެއްޗެއް ނުފެންނަކަމަށް އޭނާ ވިދާޅުވި އެވެ. ބޯޓުގެ އިންޖީނު އަދިވެސް އޭގައި އެބައިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިޔެއްނުވޭ މަސްވެރިކަން ކުރާ އެއްޗެއްހެން. އެކަމަކު ވެދާނެ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓަކަށް ވެސް. އެ ބޯޓު ތިނަދުއާ ހިސާބަށް ގެނައީ މަސް ދޯންޏެއްގައި އައްސައިގެން ރަށުގެ ޒުވާނުންތަކެއް،" ނަސްރުﷲ ވިދާޅުވި އެވެ.

އެ ބޯޓު މިހާރު ވަނީ ވަގުތީ ގޮތުން ތިނަދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް އެ ރަށާއި ކައިރިއަށް ގެނެސްފަ އެވެ. އެ ބޯޓާއި ގުޅިގެން ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އެ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.

"އެހެންކަމުން މި ބޯޓާއި މެދު ކަމާއިބެހޭ މިނިސްޓްރީން ވަކިގޮތެއް މި ކައުންސިލަށް އަންގަންދެން މި ބޯޓަށް އެއްވެސް ގެއްލުމެއް ނުދިނުމަށާއި، މި ބޯޓާއި ބޯޓުގައިވާ ތަކެއްޗަށް ގެއްލުމެއް ނުދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" ތިނަދޫ ކައުންސިލުގެ ބަޔާނުގައި ވެ އެވެ.

ގާނޫނުގައިވާ ގޮތުންނަމަ، ބޯޓާއި ދޭތެރޭ ދެން ގޮތެއް ނިންމާނީ މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ. އަދި އެ މަސައްކަތުގެ ދަށުން ބޯޓުގެ ވެރި ފަރާތް ހޯދުމަށްޓަކައި އާންމުކޮށް އިއުލާން ވެސް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox