މަނާކުރި ފަލަސްތީނުގެ ޖަމިއްޔާތަކަށް އިޒްރޭލުން ޖާސޫސްކުރިކަން ފަޅާ އަރައިފި

ފަލަސްތީނުގެ ޖަމިއްޔާތަކަށް އިޒްރޭލުން ޖާސޫސްކުރީ ޕެގަސޫސް ސްޕައިވެއާގެ އެހީގައި.

ފަލަސްތީނުގެ ޖަމިއްޔާތަކަށް އިޒްރޭލުން ޖާސޫސްކުރީ ޕެގަސޫސް ސްޕައިވެއާގެ އެހީގައި.

ގުދުސް (ނޮވެމްބަރު 8) - އިޒްރޭލުން މިދިޔަ މަހު މަނާކުރި ފަލަސްތީނުގެ މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނަށް ޖާސޫސް ކުރުމަށް ޕެގަސޫސް ސްޕައިވެއާ ބޭނުންކުރިކަން ފަޅާ އަރައިފި އެވެ.

ޕެގަސޫސް ސްޕައިވެއާ އަކީ އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ އުފެއްދުމެކެވެ. އެ ސްޕައިވެއާގެ އަސަރުކުރާ ސްމާޓްފޯނުތައް ބަދަލުވަނީ އެންއެސްއޯ ގްރޫޕުގެ ކްލަޔަންޓުންނަށް ފަސޭހައިން ޖާސޫސްކުރެވޭނެ ވަސީލަތަކަށެވެ. އެގޮތުން ފޯނުގައި ހުންނަ މެސެޖާއި، ފޮޓޯތައް ބަލައި، ލޮކޭޝަން ޓްރެކްކޮށް، ފޯނުގެ ވެރިފަރާތަށް ނޭނގި ކެމެރާ ވެސް ޖެއްސެ އެވެ.

ފަލަސްތީނުގެ ޖަމިއްޔާތަކަށް އިޒްރޭލުން ޖާސޫސްކުރިކަން އެނގުނީ އިންސާނީ ހައްގުތައް ދިފާއު ކުރަން ޔޫރަޕުގައި މަސައްކަތް ކުރާ ފްރަންޓްލައިން ޑިފެންޑާޒް ޖަމިއްޔާ އިން އެމްނެސްޓީ އިންޓަނޭޝަނަލް އާއި ޓޮރޮންޓޯ ޔުނިވާސިޓީގެ ސިޓިޒެން ލެބް ގުޅިގެން ހިންގި ތަހުގީގަކުންނެވެ.

މިދިޔަ މަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ ހަ ޖަމިއްޔާއެއް ހިންގުން މަނާކޮށް އެއީ "ޓެރަރިސްޓު" ގްރޫޕުތަކެއް ކަމަށް ކަނޑައަޅާފަ އެވެ.

އިޒްރޭލުން މަނާކުރި ގްރޫޕުތަކަކީ ޔޫނިއަން އޮފް ޕަލެސްތީނިއަން ވިމެންސް ކޮމިޓީޒް (ޔޫޕީޑަބްލިއުސީ)، އައްޑަމީޜް، ބިސާން ސެންޓާ ފޯ ރިސާޗް އެންޑް ޑެވެލޮޕްމަންޓް، އަލް ހައްގު، ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް - ޕަލެސްތީން (ޑީސީއައި-ޕީ) އަދި ޔޫނިއަން އޮފް އެގްރިކަލްޗަރަލް ވޯކް ކޮމިޓީޒް (ޔޫއޭޑަބްލިއުސީ) އެވެ.

އިޒްރޭލުން ތުހުމަތު ކުރީ އެ ހަ ޖަމިއްޔާ އިން ސިއްރުން ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބެރޭޝަން އޮފް ޕަލެސްތީން (ޕީއެފްއެލްޕީ) އާއެކު މަސައްކަތް ކުރާ ކަމަށެވެ. ޕީއެފްއެލްޕީ އަކީ ޓެރަރިސްޓު ގްރޫޕެއް ކަމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ދެކެ އެވެ.

އެ ޖަމިއްޔާތައް ސިވިލް ސޮސައިޓީ ޖަމިއްޔާތަކުގެ ގޮތުގައި ހަރަކާތްތެރިވި ނަމަވެސް "ހަގީގަތުގައި ކޮންޓްރޯލް ކުރަނީ ޕީއެފްއެލްޕީގެ އިސް ލީޑަރުން" ކަމަށް އިޒްރޭލުން ތުހުމަތު ކުރި އެވެ. އަދި އެ ޖަމިއްޔާތަކުގެ މަސައްކަތުގައި ޓެރަރިސްޓު ހަރަކާތްތަކުގައި އުޅެފައި ތިބި މީހުން ހިމެނޭ ކަމަށް ބުންޏެވެ.

އިޒްރޭލް ސަރުކާރުން އެ ޖަމިއްޔާތަކަށް ޖާސޫސްކުރި މައްސަލައިގައި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާ އިން އެންއެސްއޯ ގްރޫޕް ބްލެކްލިސްޓު ކުރި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ބުނީ އެއީ "އަމިއްލަ ކުންފުންޏެއް" ކަމަށާއި "ސަރުކާރުގެ މަޝްރޫއެއް ނޫން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox