މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންގެ މުސާރަ މަދުވެގެން 12،000 ރުފިޔާއަށް

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް، މިނިމަމް ވޭޖް ކަނޑައެޅުމާ އެކު ރިސޯޓު މުވައްޒަފުންނަށް މަދުވެގެން 12،000ރ. ލިބޭނެ. --

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް، މިނިމަމް ވޭޖް ކަނޑައެޅުމާ އެކު ރިސޯޓު މުވައްޒަފުންނަށް މަދުވެގެން 12،000ރ. ލިބޭނެ. --

މިއަދު ކަނޑައެޅި މިނިމަމް ވޭޖާ އެކު ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުން ހާއްސަކޮށް ރިސޯޓު މުވައްޒަފުންނަށް އެންމެ މަދުވެގެން މުސާރައިގެ ގޮތުގައި 12،000ރ. ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފާހަގަކުރައްވައިފި އެވެ.

ރާއްޖޭގެ ރިސޯޓުތައް ހިމެނޭ އެންމެ ބޮޑެތި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި މުވައްޒަފުންނަށް 8،000ރ. ދޭން ޖެހޭނެ ކަމަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ. މިއަދަދަކީ ބޮޑެތި ވިޔަފާރިތަކުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މިނިމަމް ވޭޖް ބޯޑުން ލަފާދިން 8،900ރ. އަށް ވުރެ ކުޑަ އަދަދެކެވެ.

މިނިމަމް ވޭޖް އިއުލާނުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ބޯޑުން ކަނޑައަޅާފައި ހުރީ ރަނގަޅު އަދަދުތަކެއް ނަމަވެސް, ރާއްޖޭގެ އިގުތިސޯދު އަދި ރަނގަޅުނުވާ ކަމަށެވެ.

"މިހާރު ކަނޑައަޅާފައިވާ އަދަދުތަކަކީ ވަރަށް ގިނަ ކަންތައްތަކަކަށް ފަހު މިއަދުގެ ހާލަތައް ބަލައި އިއުލާނުކުރެވުނު 'ރީޒަނަބަލް އަދަދު' ތަކެއް," ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި މިއީ ވިޔަފާރިތަކަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ފައިދާވާނެ ގޮތަށް ކަނޑައެޅުއްވި އަދަދުތަކެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ އިގުތިސޯދު މިހާރު އޮތް ހާލަތަށް ބަލައި ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖް 8،000ރ. އަށް ހަމަޖައްސާފައި ވަނީ 'ނީޑް ބޭސްޑް އެޕްރޯޗް' އަކުންނެވެ. މި އަދަދަކީ ރަނގަޅު 'ލިވިން ވޭޖެއް' ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.

މިހާރު ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ވަރަށް ބޮޑެވެ. ރިސޯޓުތަކުގެ މެޖޯރިޓީ މުވައްޒަފުންގެ މުސާރަ އަކީ 4،583ރ. އާއި 5،583ރ. އާ ދެމެދުގެ އަގެކެވެ.

ރާއްޖޭގެ 52 ރިސޯޓެއްގެ އެވްރެޖް މުސާރަ 8،000 ރުފިޔާއަށް ވުރެ ދަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުން ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ 13،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ. މިއާއެކު މުވައްޒަފުންގެ މުސާރައަށް އަހަރަކަށް ހަރަދުވާ ވަރު 352 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއަދު ކަނޑައެޅި މިނިމަމް ވޭޖްގެ ތެރޭގައި މުވައްޒަފުންނަށް ލިބޭ ފިކްސްޑް އެލަވަންސް ހިމެނޭނެ އެވެ.

އެކަމަކު މި އަދަދުގެ ތެރޭގައި އެކި މަސް މަހު އެކި މިންވަރަށް ދެވޭ އެލަވަންސްތަކާއި އިތުރުގަޑީގެ ފައިސާ އާއި ހާއްސަ އެލަވަންސްތަކެއް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖްގައި އެއްވެސް "އިން-ކައިންޑް ބެނެފިޓް" ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އިރު، ކަސްޓަމާސާވިސްގެ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ އަސާސީ މުސާރައިގެ ތެރެއަށް ސާވިސް ޗާޖެއް ނުލެވޭނެ އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުން ސާވިސް ޗާޖްގެ ގޮތުގައި އާންމުގޮތެއްގައި ދެނީ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދެއް ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކަ އެވެ.

މުވައްޒަފުން ހުންނަ ތަނުގެ ކުއްޔާ ކެއުމަށް ވަޒީފާ ދޭ ފަރާތުން ކުރާ ހަރަދު އަސާސީ މުސާރައިގެ ތެރޭގައި ނުހިމެނެނޭ އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް ޖެހޭ މިންވަރު ބަލައިގެންނެވެ. ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަދުވެގެން ގަޑިއިރަކަށް 38.46ރ. ދޭން ޖެހޭނެ އެވެ.

ގަޑި އިރަކަށް ޖެހޭ އަދަދަށް ބަލައި މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގައި މަސައްކަތްކޮށް ގަޑި އިރަކަށް ޖެހޭ އަދަދު ދަށް ނަމަ އެ އަދަދު މަދުވެގެން މިނިމަމް ވޭޖުގައި ކަނޑައަޅާފައިވާ އަދަދާ އެއްވަރު ކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox