އުތީމުން ފެނުނު ތާރީހީ ވަޅު ބަހައްޓާނީ އެ ރަށުގައި އަޅާ ދާރުލްއާސާރުގައި

އުތީމުން ފެނުނު ވަޅު ނަގާ އެރަށު ބޮޑުތަކުރުފާނު މަރުކަޒަށް ބަދަލު ކުރުމަށް މަސައްކަތް ކުރަނީ-- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

އުތީމުން ފެނުނު ވަޅު ނަގާ އެރަށު ބޮޑުތަކުރުފާނު މަރުކަޒަށް ބަދަލު ކުރުމަށް މަސައްކަތް ކުރަނީ-- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

ހއ. އުތީމު ގޮނޑުދޮށުގެ ގިރަމުންދާ ސަރަހައްދުން ފެނުނު އާސާރީ ވެލިގަލު ފެން ވަޅު، އެ ތަނުން ނެގުމަށްފަހު އެރަށު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "އަދަދު"އަށް ވިދާޅުވީ އެ ސަރަހައްދަކީ ގޮނޑުދޮށް ކަމަށް ވެފައި، ގިރާ ސަރަހައްދަކަށް ވުމުން ވަޅު ފެނުނު ތަނުގައި ނުބެހެއްޓޭނެތީ އެތަނުން ނެގީ ކަމަށެވެ.

އެ ވަޅު ނަގާފައި ވަނީ ހެރިޓޭޖް މިނިސްޓްރީގެ އިރުޝާދާއެކު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލުގެ އެހީތެރިކަމާއެކު އެވެ.

އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު
އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

"އަސްލު އަޅުގަނޑުމެންވެސް ބޭނުން ވަނީ ވަޅު އިންތާ ބައިންދައިގެން އެ ހިމާޔަތް ކުރަން. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ވަޅު ނެގީ. ވަޅު އެތަނުން ނެގިޔަސް އުތީމުގެ ލޭންޑްޔޫސް ޕްލޭންގައިވެސް ވަޅު ފެނުނު ސަރަހައްދު ފާހަގަ ކުރާނެ،" ރަޝީދު ވިދާޅުވި އެވެ.

ވަޅު އެ ސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި މިހާރު ވަނީ ރައްކާތެރި ކުރެވިފަ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ރަޝީދު ވިދާޅުވީ، އެ ވަޅު އެ ސަރަހައްދުން ނަގާފައި ވަނީ ގިރާ ސަރަހައްދަކަށް ވުމުން ގެއްލިގެންދާނެ ކަމުގެ ބިރަށްޓަކައި ކަމަށެވެ. ވަޅު ނެގުމުގެ ކުރިން ސާވޭ އެއްހަދާ ހެރިޓޭޖް ގާނޫނުގެ ދަށުން ބަލަން ޖެހޭ ކަންކަން ބަލާފައި ވާނެ ކަމަށްވެސް ނާއިލް ވިދާޅުވި އެވެ.

އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު
އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރު

މީގެ އިތުރުން އޭނާ ވިދާޅުވީ އެރަށު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއުޒިއަމްއެއް އެޅުމުގެ މަސައްކަތް އިއުލާނުކޮށްގެން ކުރިއަށް ދާ ކަމަށެވެ. އެގޮތުން މިހާރު އެ ތަނުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިމިފަ އެވެ.

"މިހާރު އެ ވަޅު ނަގައިގެން ގެންގޮސް ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް. އެ މަރުކަޒުގަ މިއުޒިއަމް އެޅުމުން އޭގެ މައުލޫމާތާ އެކީގަ މިއުޒިއަމް ތެރޭގަ ޑިސްޕްލޭ ކުރާ ގޮތަށް މިނިސްޓްރީން ނިންމާފަ އޮތީ،" ނާއިލް ވިދާޅުވި އެވެ.

ހަތަރެސްކަނަށް ވެލިގަލުން ހަދާފައި ހުރި އެ ވަޅަށް ގާތްގަނޑަކަށް 500-700 އެއްހާ އަހަރު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނާއިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox