މޯލްޑިވްސް ލިވިންއެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް މޯހަން މުތާ

ލިވިންއެކްސްޕޯ 2019ގެ ތެރެއިން: މިއީ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އެކްސްޕޯ. -- ފޮޓޯ: ހައިރައިޒް އިވެންޓްސް

ލިވިންއެކްސްޕޯ 2019ގެ ތެރެއިން: މިއީ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އެކްސްޕޯ. -- ފޮޓޯ: ހައިރައިޒް އިވެންޓްސް

މޯލްޑިވްސް ލިވިންއެކްސްޕޯ 2021 ގެ ޕްލެޓިނަމް ޕާޓަނަރަކީ މޯހަން މުތާ ޕްރައިވެޓް ލިމިޓެޑް ކަމަށް އެކްސްޕޯ އިންތިޒާމުކޮށް ކުރިއަށްގެންދާ ހައިރައިޒުން ބުނެފި އެވެ.

ނޮވެމްބަރު މަހުގެ 18، 19 އަދި 20 ވަނަ ދުވަހު މިއަހަރުގެ ލިވިންއެކްސްޕޯ ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި އެކްސްޕޯ އަކީ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯ އެކެވެ.

މިއަހަރުގެ އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކީ ސެންޑަލް މޮރިޝަސް އެވެ. އިންޝޫރެންސް ޕާޓްނަރަކީ އެލައިޑް އިންޝޫރެންސް އެވެ.

އެކްސްޕޯ ކުރިއަށް ގެންދަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މެޑްޓެކް މޯލްޑިވްސްގެ އިތުރުން އެޕިކް ޝެލްޓާގެ އެއްބާރުލުން ވަނީ ހައިރައިޒަށް ވަނީ ދީފަ އެވެ.

މީގެ އިތުރުންވެސް އެކްސްޕޯގެ މުހިންމު ޕާޓްނަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސް، ޕްރިންޓް ލެބް، ހާފް ކޯޓް މޯލްޑިވްސް އަދި ކޮކާ ކޯލާ އާއި ސްކައިފޯލް ލައުންޖް އެންޑް ރެސްޓޯރަންގެ އިތުރުން އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

މިއަހަރުގެ އެކްސްޕޯގެ މީޑިއާ ޕާޓްނަރުންނަކީ އަދަދު އޮންލައިންގެ އިތުރުން ވަގުތު، ހަފްތާ، އަވަސް އަދި ވަން އޮންލައިން އެވެ.

ލިވިންއެކްސްޕޯ އަކީ ރިއަލްއެސްޓޭޓް ދާއިރާއާ ގުޅުން ހުރި ތަފާތު އެކި އުފެއްދުންތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އެކްސްޕޯ އެވެ. ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު އެކްސްޕޯ ބޭއްވިފައެއް ނުވެ އެވެ.

މެދުކެނޑުމަކަށް ފަހު އަނެއްކާވެސް އެކްސްޕޯ ބާއްވަން ނިންމާފައިވާ އިރު، އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox