މާލޭ ސަރަހައްދުން ގެދޮރު ލިބުމުގެ ދަތިތަކާ ގުޅޭ ސާވޭއެއް އެޗްއާރްސީއެމުން ކުރަނީ

މާލޭގެ އިމާރާތެއް: ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތައް ދަނެގަތުމަށް އެޗްއާރްސީއެމުން ވަނީ ދިރާސާއެއް ހަދަން ބީލަމަށް ހުޅުވާލާފަ-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ އިމާރާތެއް: ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތައް ދަނެގަތުމަށް އެޗްއާރްސީއެމުން ވަނީ ދިރާސާއެއް ހަދަން ބީލަމަށް ހުޅުވާލާފަ-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރު ހޯދުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ކުރިމަތިވާ މައްސަތައް ދަނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ދިރާސާއެއް ކުރުމަށް ނިންމައިފި އެވެ.

އެޗްއާރުސީއެމުން އެ ދިރާސާއަށް ބީލަން ހުށަހަޅަން ހުޅުވާލައި ނެރުނު ބަޔާނުގައި ބުނީ އެ ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ހޯދުމަށް ހުރި ފުރުސަތުތަކާއި އެ ފުރުސަތުތަކަކީ އަތްފޯރާ ފަށުގައި ހުރި ފުރުސަތުތަކެއްތޯ ދަނެގަތުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ވެސް ސޯޝަލް ހައުސިން އަދި ޕްރައިވެޓް ހައުސިން ހޯދުމުގަ ހުރި ފުރުސަތުތަކަކީ ކޮބައިކަން ދަނެގަނެ، ސޯޝަލް ހައުސިން އަދި ޕްރައިވެޓް ހައުސިން ހޯދުމުގަ ހުރި ފުރުސަތުތަކާ އެ ފުރުސަތުތަކަކީ އަތްފޯރާފަށުގައި ހުރި ފުރުސަތުތަކެއްތޯ ދަނެގަތުމަކީ ވެސް އެ ދިރާސާގެ އަމާޒެއްކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. އެ ދިރާސާއަކީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ކުރިޔަށް ގެންދާނެ ދިރާސާއެކެވެ.

އެޗްއާރުސީއެމުން ފާހަގަކުރި ގޮތުގައި އެ ކޮމިޝަނަށް 2016 ވަނަ އަހަރު ގެދޮރާ ބެހޭ ޖުމްލަ 138 މައްސަލައާއި 2017 ވަނަ އަހަރު 11 މައްސަލައާއި 2018 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް 10 މައްސަލައެއް ހުށަހެޅިއިރު، 2019 ވަނަ އަހަރު 13 މައްސަލަ އަދި 2020 ވަނަ އަހަރު 16 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

"ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތެރޭގައި ގޯތި ދޫކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގެދޮރު ކުއްޔަށް ދިނުމާއި ހިފުމުގައި ގެންގުޅޭ އެގްރީމެންޓާ ގުޅުންހުރި މައްސަލަތަކާއި ކައުންސިލުން ގޯތީގެ ރެޖިސްޓްރީގެ ކޮޕީ ނުލިބިގެން ފްލެޓައް އެދި ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުމުގައި ދަތިތަކާ ކުރިމަތިވާ މައްސަލަތަކާއި ގޯތި ބެހުމުގެ މައްސަލަ އާއި ކާރިސާތަކުގެ ސަބަބުން ދިރިއުޅޭނެ ތަނެއް ނެތުމުން ހުށަހަޅާފައިވާ މައްސަލަތަކާއި އަމިއްލަ ގޯތި ނުލިބުމާއި ގޯތީގެ ބަދަލު ނުލިބުމާއި،ފްލެޓް ދިނުމާ ގުޅުންހުރި މައްސަލަތައް ހިމެނޭ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

އެޗްއާރުސީއެމުން ބުނީ އެ މައްސަލަތަކަކީ އެންމެ ފަރުދެއްގެ ބަދަލުގައި ގިނަ ފަރުދުން ހިމެނޭ ގޭބިސީތަކާ ގުޅުންހުރި މައްސަލަތަކެއްކަމުން މައްސަލަތަކުގެ އަދަދަށްވުރެ، މައްސަލަތަކާ ގުޅިގެން އޭގެ އަސަރުކުރާ އާންމު ފަރުދުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

"ރާއްޖޭގައި، ވަކިން ހާއްސަކޮށް މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަމުގެ މައްސަލަކަން ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖޭގެ އިޖްތިމާއީ ހާލަތު ކުޑަކޮށްވެސް އެނގޭ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ،" އެޗްއާރުސީއެމުން ބުނެ އެވެ،

އެފަދަ މައްސަލަތަކުގެ ތެރޭގައި، ދުވަހެއް ދުވަހަކަށް މާލޭގައި އިތުރުވަމުން އަންނަ އާބާދީ އާއި ގޯތި ދޫކުރަން އޮންނަ ބިން މަދުވުމާއި ބިމުގެ އަގު ބޮޑުވަމުން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ވެސް އާންމުކޮށް އެނގޭ މައްސަަލަތަކެއްކަން އެޗްއާރުސީއެމުން ފާހަގަކުރެ އެވެ.

އަދި އަގު މައްޗަށް އުފުލެމުން ދިއުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި، ބައިބޯވުމާއި، ޒުވާން އާއިލާތަކަށް ގޯތިދެވޭނެ ގޮތެއް ނެތުމާއި މިނޫންވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮންޖެހުންތައް ވެސް އޭގެ ތެރޭގައި ހިމެނޭކަމަށް އެޗްއާރުސީއެމުން ފާހަގަކުރެ އެވެ.

"އެހެންކަމުން، ކޮމިޝަނަށް ހުށަހަޅާފައިވާ ގޯތިގެދޮރާ ގުޅުންހުރި މައްސަލަތަކަށާއި ބޯހިޔާވަހިކަމާ ގުޅިގެން މުޖްތަމައު ތެރޭގައި ހިނގާ ހަބަރުތަކަށް ރިއާޔަތްކޮށް، ބޯހިޔާވަހިކަމުގެ ހައްގުތަކުގެ ދާއިރާއަކީ އަދިވެސް ދިރާސާ ކުރުން މުހިއްމު ދާއިރާއެއްކަން ފާހަގަކުރެވޭ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެ އެވެ.

އެޗްއާރުސީއެމުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ރާއްޖެއަށް ލިބެމުންދިޔަ ކަމަށެވެ. އެހެންމަަވެސް އެކަށީގެންވާ ބޯހިޔާވަހިކަން ނުވަތަ ގޯތިގެދޮރުގެ ހައްގު ލިއްބައިދިނުމުގައި ބޮޑެތި ދަތިތަކަކާ އަދިވެސް ކުރިމަތިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެޗްއާރުސީއެމްގެ ތާރީހުގައި ބޯހިޔާވަހިކަމުގެ ހައްގާއި ގުޅުންހުރި ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އެޗްއާރުސީއެމުން ފާހަގަކުރެ އެވެ.

އެޗްއާރުސީއެމުން ވަނީ މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގެ އަލީގައި މާލެއާއި އަތޮޅުތަކުގައި ގެދޮރުގެ ދަތިކަމާއި ތަރައްގީވެފައިވާ ސަރަހައްދުތަކަށް ހިޖުރަކުރުމަށް ދިމާވާ ސަބަބުތަކާއި ގޯތިގެދޮރު ހޯދުމުގެ ފައިސާގެ ތަނަވަސްކަމާއި ކުލީގެ ބާޒާރުގެ މައުލޫމާތާއި ގޯތިގެދޮރުގެ ހައްގުތަކަށް އަމާޒުކޮށްގެން ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އަދި ސިޔާސަތުތަކާއި ޕްރޮގްރާމްތަކުން ފާހަގަވާ ކަންތައްތައް ހޯދައި ބަދަލު ގެންނަން ޖެހޭ ކަންތައްތައް ދައުލަތުގެ ވުޒާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފަ އެވެ.

"ނަމަވެސް އަދިވެސް މި މައްސަލަތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅެމުން ނުދާކަން އޭގެ އެތައް އަހަރެއް ފަހުންވެސް ކޮމިޝަނަށް ހުށަހެޅެމުންދާ މައްސަލަތަކުން މިދަނީ ފާހަގަކުރެވެމުން،" އެޗްއާރުސީއެމުން ބުނެ އެވެ.

އެޗްއާރުސީއެމުން ބުނީ މިފަހަރު ކުރިޔަށް ގެންދަން ނިންމާފައިވާ އެ ދިރާސާއަކީ އެހުރިހާ ސަބަބުތަކަށްޓަކައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ހޯދުމުގައި އާންމުންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ހޯދައި ދެނެގަތުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ.

އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ކުރާ އެ ދިރާސާގައި މާލެ ސަރަހައްދުގައި ދިރިއުޅޭ 700 އެއްހާ އާންމުންގެ ފަރާތުން މައުލޫމާތު ހޯދާނެކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. އެޗްއާރުސީއެމުން ބުނީ އެ ދިރާސާ ކުރިޔަށް ގެންދާނީ އެޗްއާރުސީއެމްގެ ބެލުމުގެ ދަށުން އެމަސައްކަތްކުރުމުގެ ގާބިލުކަން ހުރި ޔުނިވާސިޓީ، ކޮލެޖެއް ނުވަތަ ކޮންސަލްޓެންޓުންތަކެއް މެދުވެރިކޮށް ކަމަށެވެ.

އެ ކޮމިޝަނުން މިހާރު ވަނި އެ ދިރާސާއާ ގުޅޭ ޓާމްސް އޮފް ރެފެރަންސް އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. އަދި އެ މަސައްކަތަށްޓަކައި ޝައުގުވެރިކަން ހުރި ފަރާތްތަކުން ނޮވެމްބަރު 16 ވަނަ ދުވަހުގެ ކުރިން އެޗްއާރުސީއެމަށް ބީލަން ހުށަހެޅުމަށް ވެސް އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox