މާލެ ސިޓީ ކައުންސިލްއަށް ޒިޔާރަތްކޮށް "ރީތިންކް މާލެ ސިޓީ" މަޝްވަރާގައި ނަޝީދު ބައިވެރިވެވަޑައިގެންފި

މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާއި އެ ކައުންސިލުގެ މުވައްޒަފުންނާއެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާއި އެ ކައުންސިލުގެ މުވައްޒަފުންނާއެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ބައްލަވައިލައްވައި އެ މަސައްކަތުގެ މަޝްވަރާގައި އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

މާލެ ސިޓީ ކައުންސިލަށް ނަޝީދު ވަޑައިގަތީ މިއަދު ހެނދުނު އެވެ. މާލެ ސިޓީއަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ "ރީތިންކް މާލެ ސިޓީ" ގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ސެރެޓް ސްޓޫޑިއޯއާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ "ރީތިންކް މާލެ ސިޓީ" އަކީ ތޮއްޖެހިފައިވާ މާލެ ސިޓީގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ.

އެ ޕްލޭން މައިގަނޑު ގޮތެއްގައި ބިނާވަނީ ތިމާވެށްޓާއި އިގުތިސާދުގެ އިތުރުން އިޖުތިމާއީ ދާއިރާއާ ގުޅޭ މުހިންމު ހަތް ކަމެއްގެ މައްޗަށެވެ. އެއީ:

  • އަމިއްލަ އުޅަނދުތަކަށް ބަރޯސާވާ މިންވަރު މަދުކޮށް އާންމު ދަތުރުފަތުރާއި ހިނގާފައި އުޅޭ މީހުންނަށް އިސްކަން ދިނުން
  • ގަސް އިންދުން އިތުރުކޮށް މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމާއެކު ހޫނުމިން ކުޑަކުރުން
  • މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ސިނާއީ މަސައްކަތް ކުރާ ތަންތަން ގެންދިޔުން
  • އިގުތިސާދީ ހާއްސަ ޒޯންތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ ސަރަހައްދުތައް ކަނޑައެޅުން
  • ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަމާއި އިޖުތިމާއީ މައިދާންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން
  • މާލޭގެ ބިނާތަކާއި އާސާރީ ތަންތަން ރައްކާތެރިކޮށް ސަގާފީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން
  • އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ މާލެއެއް ބިނާކުރުން

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox