މެސީ ދިއުމުން ބާސެލޯނާ އަށް 150 މިލިއަން ޑޮލަރުގެ ގެއްލުމެއް!

Nov 6, 2021, 2:53 AM
މެސީ ދިއުމުން ބާސެލޯނާ އަށް 150 މިލިއަން ޑޮލަރުގެ ގެއްލުމެއް!

މެޑްރިޑް (ނޮވެމްބަރު 6) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ އަށް ބަދަލުވި ލިއޮނަލް މެސީގެ އެ ނިންމުމާ އެކު އޭނާ ކުރިން ކުޅެމުން އައި ސްޕެއިނުގެ ބާސެލޯނާ އަށް 150 މިިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިނުގެ މަޝްހޫރު ނޫސް އެޖެންސީ އީއެފްއީ އިން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ އަށް ބާސެލޯނާގެ ކޮންޓްރެކްޓް އާނުކުރެވުމުގެ ސަބަބުން އެ ކްލަބަށް ވަނީ 150 މިލިއަން ޑޮލަރުގެ އަގުހުރި ދެ ސްޕޮންސަޝިޕް ޑީލް ގެއްލިފަ އެވެ.

އެއީ 80 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ޑީލަކާއި އޮންލައިން އެޑިއުކޭޝަނަށް ހާއްސަ 70 މިލިއަން ޑޮލަރުގެ ޑީލެކެވެ.

މީގެ ތެރެއިން އޮންލައިން އެޑިއުކޭޝަން އަށް ހާއްސަ ޑީލަކީ އިންޑިއަން ސަބް ކޮންޓިނެންޓްގައި ގާއިމްކޮށް މުޅި ދުނިޔެ އަށް އޮންލައިންކޮށް ތައުލީމު ފޯރުކޮށްދޭން ބާސެލޯނާ އިން ގާއިމްކުރަން އުޅުނު ނެޓްވޯކެއްގެ މަސައްކަތް ކަމަށް އީއެފްއީ އިން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް މެސީ ބާސެލޯނާ އިން ދިއުމުން ސްޕޮންސަރުން އަތުން ބާސެލޯނާ އަށް ލިބެން ޖެހޭ ފައިސާގެ އަދަދުތައް ޕަސެންޓުން ބަލާކަމުގައިވާނަމަ އެ އަށް ވަނީ ބޮޑު ވެއްޓުމެއް ކުރިމަތިވެފަ އެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާއާ ގުޅި، އެ ޓީމަށް ޔޫތު ލެވަލްގައި ކުޅެން ފެށި މެސީ، އެ ކްލަބް ދޫކޮށްލަން ޖެހުނީ 21 އަހަރަށް ފަހު ކުރިމަތިވި މަޖުބޫރީ ހާލަތެއްގަ އެވެ.

މެސީ ލައްވައި މި ފަހަރު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ. ލަލީގާގެ މުސާރަ އޮނިގަނޑަށް ފައްތައިގެން މެސީ މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބާސެލޯނާ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސޮއިކުރިއިރު ވެސް ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox