ހިތްވަރުގަދަކުރުމަށް ހިތްވަރުކުރާށެވެ!

ޝަހީދު ހުސެއިން އާދަމް.

ޝަހީދު ހުސެއިން އާދަމް.

"އަހަރެންގެ އުމުރަކަށް، ޅަކަމަކަށް ބަލާނެކަމެއް ނެތޭ. ތިއެއް އެނގޭނީ ކަމެއް ޖެހުނީމައޭ. ކަމެއްޖެހޭ ދުވަހަކުން ކަލޯމެން ބޮޑެތި މީހުންނަށް ނުކުރެވޭނެ މަސައްކަތެއް އަހަރެން ކުރާނަމޭ. އެކަހަލަ ދުވަހެއް އަތުވެއްޖެ ނަމަ، ކަލޭމެނަށް އެކަން ދައްކާލާނަމޭ، ބަލަން ތިބޭށޭ،"

އިސްވެދިޔައީ 3 ނޮވެމްބަރުގެ ބަތަލު ޝަހީދު ހުސައިން އާދަމް ވިދާޅުވި ކަމަށް އިތުބާރުހުރި މަސްދަރުތަކުން ނަގުލުކުރަމުން އަންނަ އިބާރާތެކެވެ. ވާރޭވިލާ އަލީ ހުސައިން "މިހާރު ދިވެހިން 3 ނޮވެމްބަރު 1988 ދަންނަނީ ކިހާވަރަކަށް؟" (2013) ފޮތުގައި ވެސް މި ވާހަކަ މިގޮތަށް ލިޔުއްވާފައި އޮވެ އެވެ. މި ނޫން މަސްދަރުތަކުންވެސް އަޅުގަނޑު މިވާހަކަ އަޑުއެހީމެވެ.

ރަށްޓެހިން ދިމާކުރުމުގެ ގޮތުން ބުނެލާ ބަސްތަކަށް ދެމުން ދިޔަ އެ ރައްދަކީ ހަމައެކަނި ދުލުކުރިން ބުނެލާ ވާހަކައެއް ނޫންކަން 3 ނޮވެމްބަރުގައި ޝަހީދު ހުސައިން އާދަމް ސާބިތުކޮށްދެއްވި އެވެ. ދުޝްމަނުންގެ ހަމަލާތަކުގެ ކުރިމަތީގައި އެންމެ ތަންފުކެއް ވެސް ދޫދިނުމެއް ނެތި ހަމަލަދެއްވި އެވެ. ފަސްޖެހުމެއް ނެތި ކުރިމަތިލައްވައި، ސިފައިންގެ މަރުކަޒުގެ ތެރޭގައި ތިބި ސިފައިންނަށް ނޭވާލާނޭ ޖާގަ ތަނަވަސްކޮށްދެއްވި އެވެ. ދުޝްމަނުން ހީނުކުރާ ފަދައިން ކުއްލި ސިހުމާއި ބިރުވެރިކަން ދުޝްމަނުން ދެއްވުމަށްފަހު ދީނާއި ގައުމުގެ ހައްގުގައި ފުރާނައިން ގުރުބާންވެވަޑައިގަތެވެ.

ތަފާތު ފިލާވަޅުތައް ލިބިގެންދާ މިހާދިސާގެ ފިލާވަޅުތަކުގެ އެއް ކުރިބޯއްޓަކީ ހިތްވަރުގަދަކަމެވެ. ހިތްވަރުގަދަކަމަކީ މާތް ސިފައެކެވެ. ރީތި ސިފަތަކުގެ މައްޗަށް ނަފުސު ތަރުބިއްޔަތުކުރުމާ ދިމާއަށް ގެންދާ، ނުބައި ސިފަތަކުން ނަފުސު ދުރުކޮށްދޭ ބާރެކެވެ. ހިތްވަރުގަދަކަމަކީ، އިސްލާމީ އަހުލާގުގެ ތެރޭގައި ހިމެނޭ އެންމެ އިއްޒަތްތެރި ސިފަ އެވެ. ހިތްވަރުގަދަ ކަމަކީ އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމުގެ ސިއްރެވެ. އިންސާނީ ތަރައްގީއާއި ހަމަޖެހުން ދެމެހެއްޓެމުން ދިއުމުގެ ސަބެބެވެ.

އަންފާލް ސޫރަތުގެ 45 ވަނަ އާޔަތުގައި މާތް ﷲ އަންގަވަ އެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހަނގުރާމަވެރި ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ!

ދަސްކުރަންވީ ވަރަށް މުހިންމު ފިލާވަޅެކެވެ. ހަނގުރާމަވެރި ބަޔަކާ ބައްދަލުވުމުން ސާބިތުވެ ތިބުމެވެ. ކެތްތެރިކަންމަތީ ޖިހާދު ކުރުމެވެ. ދީނާއި ގައުމު ސަލާމަތްކުރުމެވެ. އާޔަތުގައި އޮތީ ހަނގުރާމަވެރި މީހުންގެ ވާހަކަ އެވެ. ފުރަތަމަ ނަޒަރުންވެސް ބުއްދިއަށް އަންނަ ހަތިޔާރު އެޅި އަދާވާތްތެރިންގެ ވާހަކަ އެވެ. ނަމަވެސް ހިތްވަރުގަދަކަންމަތީ ސާބިތުވުމަކީ ހަމައެކަނި ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް އޮންނާންވީ ކަމެއް ނޫނެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. ތިޔަބައިމީހުންކުރެ މީހަކަށް ނުބައިކަމެއް ފެނިއްޖެނަމަ ތިޔަބައިމީހުންގެ އަތުން އެކަމެއް މަނާކުރާށެވެ. އަތުން މަނާކުރެވޭނެ ފަދައެއް ނެތްނަމަ ދުލުން މަނާކުރާށެވެ. އެފަދަ ނެތްނަމަ ހިތުން މަނާކުރާށެވެ. އަތުން މަނާކުރުމަށް އެވަރުގެ މަގާމާއި ކުފޫ ހޯދުމަށް ބޭނުންވަނީ ހިތްވަރެވެ. ދުލުން މަނާކުރުމަށް އެފަދަ މަގާމާއި ކުފޫ ހޯދުމަށް ބޭނުންވަނީ ހިތްވަރެވެ. ހިތުން ވެސް މަނާކުރެވޭނީ ހިތްވަރަކާއި ސާބިތުކަމެއް ހުރެގެންނެވެ.

ހިތްވަރުގަދަކަމަކީ އުސޫލުތަކާއި އަގުކުރުންތަކުގެ މަތީގައި އަބަދުވެސް ސާބިތު ވުމެވެ. ހައްގު ބަސް ބުނުމާއި ހައްގަށް އަމަލުކުރުމާއި ހައްގު މަތިވެރިކުރުމުގައި ފަހަތަށް ނުޖެހި ދެމިހުރުމެވެ. މާތް ﷲ އަށް އޮންނާންވީ ވަރުގަދަ އީމާންކަމަކީ އެއީ އެވެ. އުޑުތަކާއި ބިން އެގޮތުގައި ލެހެއްޓެވުނީ ހައްގުގެ މަގުންނެވެ. ރަށްތަކުގައި ހެޔޮކަން ފެތުރިދަނީ ހައްގުގެ ސަބަބުންނެވެ. އަމާންކަން އާންމުވެ އަޅުތަކުންނަށް އުފާވެރިކަން ލިބެނީ ހައްގުގެ ޒަރީއާއިންނެވެ. ނަފުސުތައް ތާހިރުވެ ލޯތްބާއި އޯގާތެރިކަން ފެތުރެނީ ހައްގު ނެގެހެއްޓުމުގެ ސަބަބުންނެވެ. ހިތްވަރު ގަދަކުރާންވީ ހައްގުގެ މަގުގައި ދެމިހުރުމަށެވެ.

ރަނގަޅަށް ވިސްނާ ފިކުރުކޮށްގެން ބަލައިފިނަމަ ފެންނާނެ އެވެ. ދިވެހިރާއްޖެ މަތީން ނަގާފައިވަނީ "ހަނގުރާމައިގެ ވިލާގަނޑުތަކެކެވެ". މަސްތުވާތަކެތީގެ ސިފައިގަ އެވެ. މާރާމާރީއާއި އަނިޔާވެރި އަމަލުތަކުގެ ސިފައިގަ އެވެ. ދީނީ އަދި ސިޔާސީ ހެދުމުގައި ފެތުރެމުންދާ ހަރުކަށި ފިކުރުތަކުގެ ސިފައިގަ އެވެ. އެ ވިލާގަނޑުތައް ކެރިއަށްވެ، ތޫފާނަކަށް ވާން އެ ދަނީ ވާގިވެރިވާނޭ ކޮރަޕްޝަނާއި ފަސާދައިގެ ބަރުހަތިޔާރާއިވެސް އެކުގަ އެވެ.

ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާއި، އޭގެ ކުރިންވެސް ރާއްޖެއަށް ލައިގަތް ކޮންމެ މުސީބާތަކުން މި ގައުމު ސަލާމަތްވީ، ޝަހީދު ހުސައިން އާދަމް ފަދަ ބަތަލުން ދެއްކެވި ހިތްވަރުގެ ސަބަބުންނެވެ. މިއަދުގެ ދުނިޔޭގެ ގިނަ ވަބާތަކުގެ ބަލާވެރިކަން ރާއްޖެއަށްވެސް ކުރިމަތިވެފައި އޮތް މިދަނޑިވަޅުގައި އެފަދަ ހިތްވަރު ދައްކާނޭ ދިވެހި ދަރިން ގައުމަށް އެބަ ބޭނުންވެ އެވެ. އިންސާނީ އެންމެހައި ރީތި ސިފަތަކެއް ރައްކާތެރިކޮށްދޭ ހިތްވަރުގަދަކަމުގެ ސިފަ ހުރި ދިވެހި ދަރިންނެވެ. ހިނގަހިނގާ އޮންނަ ވިސްނުމެއްގެ މަސްދަރުން ނުކުންނަ ހިތްވަރުގަދަ ކަމުގެ ސިފައިގެ ކުރިމަތީގައި އެ ވަބާތަކާއި މުސީބާތްތަކަށް ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ. ލައިގެންފައި މިއޮތް ހާލަތުގައި ކަށިން ހިތްވަރު ނެރެ، އަޅުގަނޑުމެންގެ ހުރިވަރު ދައްކާލަންވީ ވަގުތަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox