ޓީ20 ކްރިކެޓް ވޯލްޑް ކަޕް: ޗެމްޕިއަން ވެސްޓް އިންޑީސް ކަޓައިފި، އޮސްޓްރޭލިއާ އުއްމީދުގައި

Nov 4, 2021, 6:50 PM
ލަންކާ އާއި ވެސްޓް އިންޑީސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންކާ އާއި ވެސްޓް އިންޑީސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ދުބާއީ (ނޮވެމްބަރު 4) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ސްރީ ލަންކާ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީސް ކެޓިއިރު، ބަންގްލަދޭޝްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި އޮސްޓްރޭލިއާ އިން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ލަންކާ ފުރަތަމަ ހަަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުން މިރޭ ގްރޫޕް ފަހު މެޗަށް ނުކުތްއިރު ވެސް އޮތީ ކަޓައިފަ އެވެ. އެކަމަކު، އެ ޓީމުން ވަނީ 20 ލަނޑުން ވެސްޓް އިންޑީސް ބަލިކޮށް އެ ޓީމު ކަޓުވާލައިފަ އެވެ. އެންމެ މެޗަކުން ވެސް މޮޅެއް ނުލިބި ބަންގްލަދޭޝް ކެޓިއިރު، މިރޭ އެ ޓީމުގެ މައްޗަށް އޮސްޓްރޭލިއާ އިން ކުރިހޯދީ އަށް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ނިންމީ ފީލްޑް ކުރާށެވެ. ބަންގްލަދޭޝްގެ ހުރިހާ ކުުޅުންތެރިން 15 އޯވަރުގެ ތެރޭގައި ނުބައިވިއިރު، އެ ޓީމަށް ހެދުނީ އެންމެ 73 ލަނޑެވެ. އޮސްޓްރޭލިއާ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ ފަސް ވިކެޓް ނެގި އެޑަމް ޒަމްޕާ އެވެ. ބަންގްލަދޭޝް ޓީމުގެ ބެޓްސްމަން ޝަމީމް ހޮސައިން ވަނީ 18 ބޯޅައިން 19 ލަނޑު އެއްކޮށްފަ އެވެ.

ޖަވާބުގައި ކުޅެން އަރައި އޮސްޓްރޭލިއާ އިން ވަނީ 6.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 78 ލަނޑު ހަދައިފަ އެވެ. އޮސްޓްރޭލިއާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ލަނޑު ހެދި އާރޮން ފިންޗާއި 18 ލަނޑު ހެދި ޑޭވިޑް ވޯނާ އެވެ. މީގެ ތެރެއިން ފިންޗް ވަނީ ދެ ފަހަރު ހަތަރަކަށް އަދި ހަތަރު ފަހަރު ހަޔަކަށް ޖަހައިފަ އެވެ.

އޮސްޓްރޭލިއާ ކުޅުންތެރިން މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

އޮސްޓްރޭލިއާއާ ކުޅެން ޖެހޭ މެޗު އޮއްވައި ވެސްޓް އިންޑީސް މިރޭ ކެޓީ ލަންކާއާ ދެކޮޅަށް ރަނގަޅަށް ނުކުޅެވިގެންނެވެ.

ޓޮސް ދިމާވުމުން ވެސްޓް އިންޑީސް އިން ނިންމީ ފީލްޑް ކުރާށެވެ. ލަންކާ އިން 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 189 ލަނޑު އެއްކޮށްފަ އެވެ. ޖަވާބުގައި ކުޅެން އަރައި 20 އޯވަރު ތެރޭގައި ވެސްޓް އިންޑީސްގެ އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. އެހެންވެ، އެ ޓީމުން ތަށި ދިފާއުކުރަން ކުރި ދަތުރު ހިތްދަތި ގޮތަކަށް ނިމުނީ އެވެ.

ލަންކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޕަތޫމް ނިސަންކާ އާއި ޗަރިތު އަސަލަންކާ އެވެ. އަސަލަންކާ ވަނީ 41 ބޯޅައިން 68 ލަނޑު ހަދައިފަ އެވެ. އަދި ނިސަންކާ އަށް 41 ބޯޅައިން ހެދުނީ 51 ލަނޑެވެ. ވެސްޓް އިންޑީސް ބަލިވި ނަމަވެސް އެ ޓީމުގެ ޝިމްރޮން ހިޓްމަޔާ ވަނީ ނުބައިނުވެ މޮޅަށް ކުޅެފަ އެވެ. އޭނާ ވަނީ 54 ބޯޅައިން 81 ލަނޑު ހަދައިފަ އެވެ. އަށް ފަހަރު ހަތަރަކަށް ޖެހިއިރު، ހަތަރު ފަހަރަށް ހަޔަކަށް ޖެހި އެވެ.

މިރޭގެ ނަތީޖާތަކާ އެކު ގަދަ ދެ ޓީމު ތެރޭގައި ހިމެނިގެން ސެމީ އަށް ދިއުމުގެ ދޮރު މި ގްރޫޕްގެ ތިން ޓީމަކަށް އޮތީ ހުޅުވިފަ އެވެ. އެއީ އަށް ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އިންގްލެންޑާއި ދެ ވަނައިގައި ހަ ޕޮއިންޓް ހޯދައިގެން އޮތް އޮސްޓްރޭލިއާ އަދި ތިން ވަނައިގައި އޮތް ދެކުނު އެފްރިކާ އަށެވެ. ދެކުނު އެފްރިކާ އިން ވެސް ވަނީ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ.

ގްރޫޕްގެ ފަހު މެޗުތަކުގައި ހޮނިހިރު ދުވަހު އޮސްޓްރޭލިއާ ކުޅޭނީ ވެސްޓް އިންޑީސްއާ އެވެ. އަދި އިންގްލެންޑް ބައްދަލުކުރާނީ ދެކުނު އެފްރިކާއާ އެވެ. މި ގްރޫޕްގެ ހަތަރެއްގައި އޮތް ލަންކާ އާއި ފަހެއްގައި އޮތް ވެސްޓް އިންޑީސް އަދި އެންމެ ފުލުގައި އޮތް ބަންގްލަދޭޝް ވަނީ ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox