ގަލްފު ގައުމުތަކުން އަލުން ލުބްނާނާއެކު ގުޅުން ގާއިމްކުރަން އެމެރިކާ އިން ގޮވާލައިފި

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީގެ ޕޯސްޓަރެއް. -- ފޮޓޯ: އޭއެފްޕީ

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީގެ ޕޯސްޓަރެއް. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކުން ލުބްނާނާ އެކު އަލުން ގުޅުން ގާއިމްކުރުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

"ލުބްނާން ރައްޔިތުންނަށް ދިމާވެފައިވާ ކާރިސާ އިން އަރައިގަތުމަށް އެހީވާން ބޭނުން ނަމަ ޑިޕްލޮމެޓިކް މަގުތައް އޮންނަން ވާނީ ހުޅުވިފައި،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބައްދަލުވުން ކޮޕް26 ގެ ހަވާސާގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަނީ ލުބްނާންގެ ބޮޑު ވަޒީރު ނަޖީބް މިކާތީއާ ބައްދަލުކުރައްވާފަ އެވެ.

ބްލިންކެން ވިދާޅުވީ ލުބްނާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ އިން އަރައިގަތުމަށް އެމެރިކާ އިން އެހީވާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ސައުދީ އަރައްބިޔާ އިން ވަނީ އެ ގައުމުގައި ހުންނަ ލުބްނާންގެ ސަފީރު އަނބުރާ ގައުމަށް ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީ، ލުބްނާނުން މުދާ އެތެރެ ކުރުން ހުއްޓާލާފަ އެވެ.

ކުވެއިތާއި ބަހްރެއިނުން ވެސް އެފަދަ ފިޔަވަޅުތައް އަޅާފައި ވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ލުބްނާންގައި ތިބި ހުރިހާ ޑިޕްލޮމެޓުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ސުންނީންގެ ބާރު ހިނގާ އެ ހަތަރު ގައުމުން ފިޔަވަޅުތައް އެޅީ އިރާނުގެ އެހީއާއެކު ހަރަކާތްތެރިވާ ލުބްނާންގެ ޝިއައީ ހިޒްބުﷲ ޖަމާއަތުގެ ނުފޫޒު ގަދަވަމުންދާ މައްސަލައިގަ އެވެ.

އޭގެ އިތުރުން މިދިޔަ އޯގަސްޓު މަހު އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ އެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަކަތަކާ މެދު ވެސް ސައުދީ އަރަބިއްޔާ އިން ހިތްހަމައެއްނުޖެހެ އެވެ.

ކޯޑާހީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ ޝިކާރައަކަށް ވެފައިވާ ޔަމަނުގެ ހޫތީން ހަމަލާދެނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އިރާނުގެ އެހީއާއެކު އުޅޭ ހޫތީން ހަނގުރާމަ ކުރަނީ ބޭރު ހަމަލާތަކާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.

ޕްރައިސް ވިދާޅުވީ އެ ވާހަކަތަކާ ގުޅިގެން ކޯޑާހީ މަގާމުން ވަކިކުރަން ޖެހޭނެ ކަމާ މެދު އެމެރިކާ އިން ވަކި ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް ސައުދީ އަރަބިއްޔާ އިން ފާހަގަކުރާ ކަންބޮޑުވުން ބަލައިގަންނަ ކަމަށެވެ.

"ހޫތީންނަކީ ޔަމަނުގެ ރައްޔިތުންނަށް އިތުރު އުނދަގުލާއި ވޭން ކުރިމަތި ކުރުވި ބަޔެއް ނޫން ކަމަށް ދައްކަން ފަތުރާ ވާހަކަތަކަކީ އަޅުގަނޑުމެން ބަލައިގަންނަ ވިސްނުމެއް ނޫން،" ޕްރައިސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox