ޒަވީ ބޭނުންވަނީ ބާސެލޯނާގެ އޮފާ ގަބޫލުކުރަން

Nov 4, 2021, 9:35 AM
ޒަވީ ބޭނުންވަނީ ބާސެލޯނާގެ އޮފާ ގަބޫލުކުރަން

ދޯހާ (ނޮވެމްބަރު 4) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން މި ވަގުތު ލިބިފައި އޮތް ހުށަހެޅުން ގަބޫލުކުރަން ތައްޔާރަށް ހުރި ކަމަށް އެ ކްލަބުގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މި ވަގުތު ގަތަރުގެ އަލް ސާދުގެ ކޯޗަކަށް ހުރި ޒަވީ ،41، އަށް ކޯޗުކަން ހަވާލުކުރަން ބާސެލޯނާ އިން ބޭނުންވެ އެވެ. ބާސެލޯނާގެ އޮފިޝަލުންގެ ޓީމެއް މި ވަގުތު އަންނަނީ ޒަވީގެ ޑީލްގެ ކަންތައްތައް މަޝްވަރާކުރަން ގަތަރުގައި ހަރަކާތްތެރިވަމުންނެވެ. އެކަމަކު، ޒަވީ ދޫނުކުރާނެ ކަމަށް އަލް ސާދުން ވަނީ ދާދި ފަހުން ބުނެފަ އެވެ.

ބާސެލޯނާގެ ކޯޗުކަމުން ރޮނާލްޑޯ ކޫމަން ވަކިކޮށް، އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޓީމުގެ ޔޫތު ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ސެރްޖީ ބަރްހުއާންއާ އެވެ.

"ބާސާއާ އަހަރެން މަޝްވަރާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. ހުުރިހާ ކަމެއް ވެސް އޮތީ ހަމަޖެހިފައި. ކްލަބަށް އެނގޭ އަހަރެން ބޭނުންވާ ގޮތް. އަހަރެން މި އުންމީދުކުރަނީ ވަރަށް އަވަހަށް ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް،" ޒަވީ ބުންޏެވެ.

ބާސެލޯނާ އަށް 779 މެޗު ކުޅެ، އެ ޓީމާއެކު 25 ތަށި ހޯދާފައިވާ ޒަވީ އެ ޓީމު ދޫކޮށް އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ޒަވީގެ ކެރިއަރުގެ ފަހު ހަތަރު އަހަރު އޭނާ ކުޅުނީ އަލް ސާދަށެވެ. ކުޅުން ހުއްޓާލުމަށް ފަހު، އަލް ސާދުގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2019 ވަނަ އަހަރެވެ. މިދިޔަ ސީޒަންގެ ގަތަރު ލީގު އަލް ސާދުން ކާމިޔާބުކުރީ ޒަވީގެ އިރުޝާދުގެ ދަށުންނެވެ.

އަލް ސާދުގެ ޗީފް އެގްޒެކުޓިވް ތުރްކީ އަލް އަލީ ކުރިން ބުނީ ޒަވީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އެ ކްލަބުން ނުގެންގުޅޭ ކަމަށެވެ.

ޒަވީ ބުނީ ބާސެލޯނާ އާއި އަލް ސާދާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބާސެލޯނާގެ ހުށަހެޅުން ދޫކޮށްލަން ޒަވީ ނިންމީ އޭރު އޮތް އެ ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހޭތީ އެވެ. އެކަމަކު، މިހާރު ބާސެލޯނާގެ ރައީސަކަށް ހުރި ޖޮއާން ލަޕޯޓާ އާއި ޒަވީގެ ގުޅުން ރަނގަޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox