ޕީއެސްއެމްއާ ދެކޮޅަށް ކުރި ދައުވާއެއް ސާބިތުވެ، 3.3 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހިއްޖެ

ދައުލަތުގެ މީޑިޔާގެ މައްޗަށް 3.3 މިލިއަން ރުފިޔާގެ އަމުރެއް --

ދައުލަތުގެ މީޑިޔާގެ މައްޗަށް 3.3 މިލިއަން ރުފިޔާގެ އަމުރެއް --

ދައުލަތުގެ މީޑީއާ، (ޕީއެސްއެމް)ގެ ރޭޑިއޯ އިމާރާތް މަރާމާތު ކުރުމަށް އަމިއްލަ ކޮންޓްރެކްޓަރެއް ކަމަށްވާ ޖޭއެމްޖޭ އިންވެސްޓްމަންޓްއިން ކުރި މަސައްކަތަށް ފައިސާ ނުދައްކާ ހުރި ކަމަށް ބުނެ އުފުލާފައިވާ ދައުވާ ސިވިލް ކޯޓުގައި ސާބިތުވެ، 3.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި އެވެ.

ޖޭއެމްޖޭގެ ވެރިޔާ ޔާސިރާ ޔޫސުފް ފަރާތުން މި ދައުވާ ކުރީ ރޭޑިއޯ އިމާރާތް މަރާމާތު ކުރުމަށް ފަހު ފޮނުވި އިންވޮއިސްތަކަށް ޕީއެސްއެމް އިން ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

ކޯޓުގައި ޕީއެސްއެމްގެ ވަކީލުން ވިދާޅުވީ، އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ މަސައްކަތް ޖޭއެމްޖޭއިން ކުރިއަށް ގެންގޮސްފައިވާކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި އިންވޮއިސްތަކުގައި ހުރި ރޭޓުތައް އާންމު ގޮތެއްގައި މިފަދަ މަސައްކަތްތަކަށް ނަގާ ރޭޓަށްވުރެ ބޮޑު ކަމަށް ވެސް ޕީއެސްއެމުން ބުނެ އެވެ.

ޕީއެސްއެމުން އެއްބަސްވީ އެ މަސައްކަތަކީ ޖޭއެމްޖޭއިން ކޮށްފައިވާ މަސައްކަތެއްކަން ކޯޓުގައި ސާބިތުވެއްޖެނަމަ، ދެފަރާތުން އެއްބަސްވާ ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށެވެ. ޖޭއެމްޖޭގެ ފަރާތުން ދެ ހެކިވެރިޔަކު ހެކިބަސް ދެމުން ބުނީ އެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނިން ކަމަށެވެ.

އެ ހެކިންގެ ހެކިބަސް ނެގުމުން ޕީއެސްއެމްއިން ބުނީ، އެ މަސައްކަތް ޖޭއެމްޖޭއިން ކުރި ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް އެ ރޭޓްތަކާ މެދު ދެބަސްވެފައިވާ ކަމަށެވެ.

ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ހެކިބަސް ދިން މީހުންނާއި ޕީއެސްއެމްގެ އަމިއްލަ އެޑްމިޝަން އިން ޖޭއެމްޖޭއިން ރޭޑިއޯ އިމާރާތުގެ މަސައްކަތް ކުރިކަން ސާބިތުވާ ކަމަށެވެ. އެހެންވެ, މި މައްސަލާގައި ގާޒީ ފައްޔާޒް ޝާތިރު ހުކުމް ކުރެއްވީ ޕީއެސްއެމްއަށް ޖޭއެމްޖޭއިން ފޮނުވި ހަ ބިލަށް އަރާ ޖުމްލަ އަދަދު ކަމަށްވާ، 3.3 މިލިއަން ރުފިޔާ ހަތަރު މަސް ދުވަސްތެރޭ ދެއްކުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox