މާލެއިން ބިމެއް ހޯދުމުގެ ވިސްނުން ގެންގުޅޭކަން އެމްޑީޕީން ހާމަކޮށްފި

އެމްޑީޕީ މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު: ވިދާޅުވީ އާބާދީ ބޮޑު ހުރިހާ ރަށަކުން ޕާޓީއަށް ބިމެއް ހޯދުން މުހިންމު ކަމަށް. -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީ މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު: ވިދާޅުވީ އާބާދީ ބޮޑު ހުރިހާ ރަށަކުން ޕާޓީއަށް ބިމެއް ހޯދުން މުހިންމު ކަމަށް. -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މައި އޮފީސް ހިންގުމަށް ވެރި ރަށް މާލޭން ބިމެއް ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ޕާޓީގެ ފަރާތުން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ހާމަކޮށްފި އެވެ.

އެމްޑީޕީގެ އޮފީސް ހިންގާނެ ބިމެއް ހޯދުމާ ގުޅޭ ގޮތުން ރޭގެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މާލެ ދާއިރާގެ މެމްބަރު ޝިފާ މުހައްމަދެވެ. އޭގެ ފަހުން މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު ވަނީ ގާނޫނުގެ ދަށުން ޕާޓީއަށް ބިން ލިބެންޖެހޭނެކަން ފާހަގަ ކުރައްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީ ސެކްރެޓްރިއޭޓުގެ ވިސްނުމަކީ ބިމެއް ހޯދުމުގެ ބަދަލުގައި ބިމެއް ގަތުން ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ ވިދާޅުވީ، އެ ޕާޓީއަކީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ޕާޓީއަކަށްވާތީ މާލޭގައި ޕާޓީގެ ބިމެއް ހުރުން މުހިންމު ކަމަށެވެ.

"އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށްވެފައި، ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު އަސާސީ ކަންތައްތަކެއް އިޖްތިމާއީ ގޮތުން ވެސް މިއަދާ ހިސާބަށް މަޖިލިސްތަކުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ގެނެސްދީފައިވާ ޕާޓީއެއް ކަމަށްވާތީވެ، މި މާލޭގައި، މިހާ ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، މި މާލޭ ސިޓީގައި ބިމުން ޖާގައެއް އެމްޑީޕީއަށް ލިބުން އެއީ މުހިންމު ކަމެއް، އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިންމު ކަންތައް،" އޭނާ ވިދާޅުވި އެވެ.

މާލޭ އާއި އައްޑޫ ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ އާބާދީ ބޮޑު ކޮންމެ ރަށަކުން ވެސް އެ ޕާޓީގެ ފަރާތުން ބިން ހޯދުން މުހިންމު ކަމަށް ޝިފާ ވިދާޅުވި އެވެ.

"މާލޭ ސިޓީގަ އާއި އައްޑޫ ސިޓީގަ އާއި އެންމެ މީހުން ގިނަ ތަންތަނުން ބިމުން ކޮންމެވެސް ވަރެއްގެ ޖާގައެއް ލިބި، މި ޕާޓީ ހިންގޭނެ ގޮތެއް ވާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން 20،000 ވުރެ މެމްބަރުން ގިނަ ޕާޓީތަކަށް ސަރުކާރުން ބިން ދޫކުރަންޖެހޭ ކަމަށް ޝިފާގެ ވާހަކަތަކާ ގުޅިގެން މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު ފާހަގަ ކުރެއްވި އެވެ. އަދި މިހާތަށް ބިން ނުހޯދި އޮތުމަކީ ޕާޓީގެ ފެއިލިވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ތިން ދައުރު އަޅުގަނޑުމެންގެ ސިޓީ ކައުންސިލެއް އޮވެފައި، މިއަދު އަޅުގަނޑުމެން އެ ވާހަކަ ދައްކަންވީމަ އެއީ އަޅުގަނޑުމެންގެ މައްސަލައެއް ކަމަށް ދެކެނީ. އެހެންވީމަ އެ ބިން އަޅުގަނޑުމެންނަށް ލިބެންވާނެ، އެ ބިން އަޅުގަނޑުމެން މިއޮތްހާ ދުވަހު ނުހޯދާ އޮތީ އެއީ ވެސް އަޅުގަނޑުމެންގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ "މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20,000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް މާލެއިން 1000 އަކަފޫޓުގެ ބިމެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންވާނެ" ކަމަށެވެ.

ބިން ހޯދުމަށް ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަސައްކަތްކޮށްދެއްވުމަށް އިބްރާހިމް ވަހީދު އެދިވަޑައިގެންނެވި އެވެ. އެކަމާ ބެހޭ ގޮތުން ހަސަން ރޭގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުން ބިމެއް ހޯދައިފި ނަމަ އެ ބިން އަތުލުމުގެ ބިރު އޮވެދާނެތީ، ސެކްރެޓްރިއޭޓުގެ ވިސްނުމަކީ ބިމެއް ގަތުން ކަމަށެވެ.

"އަޅުގަނޑު ހިތުން ޕާޓީއަށް ބިމެއް ހޯދުމުގެ މަޝްވަރާ އަޅުގަނޑުމެން ސެކެޓްރިއޭޓުގައި މީގެ ދެމަހެއްހާ ދުވަސް ކުރިން، ކުރިން. އެހެން ނަމަވެސް ބިމެއް ދައުލަތުން ހޯދުމުގެ ބަދަލުގައި، ބިމެއް ގަތުމުގެ ވިސްނުން ބޮޑަށް ހުރީ ޕާޓީގެ ސެކްރެޓްރިއޭޓުގެ،" ހަސަން ލަތީފު ވިދާޅުވި އެވެ. "[ގާނޫނުގެ ދަށުން ބިމެއް ލިބޭ ގޮތަށް އޮތް ނަމަވެސް] ދެން އަންނަ ސަރުކާރަކުން އެ ބިން ނުނަގާނެ ކަމުގެ ޔަގީންކަމެއް ވެސް ނޯވޭ. އެހެން ކަންކަން ހުންނަނީ. އެހެންވީމަ ބިމެއް ގަތުމުގެ ވިސްނުން އެބަ ގެންގުޅޭ."

އޭގެ އިތުރުން، އެމްޑީޕީ ހިންގުމަށް ފައިސާ ހޯދިދާނެ ގޮތެއްގެ ހިޔާލު ރޭގެ ޖަލްސާގައި މާލޭ ދާއިރާގެ ރައީސް ޝިފާ ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ކްރައުޑް ފަންޑިންގެ އުސޫލުން ފައިސާ ހޯދުން އެއީ ކުރެވިދާނެ ކަމެއްތޯ ބެލިދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި ކޮންމެވެސް އުސޫލަކުން "ޕާޓީގެ މެމްބާޝިޕް" ވިއްކައިގެން ފައިސާ ހޯދިދާނެ ބެލިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީއެއް ރަނގަޅަށް ހިންގުމަށްޓަކައި ކްރައުޑް ފަންޑިންއެއް ހެދިދާނެތޯ އަދި ޕާޓީ މެމްބާޝިޕް ވިއްކައިގެން ފައިސާ ހޯދައިގެން ނަމަވެސް ޕާޓީގެ ދާއިރާތައް ހިންގޭނެ ގޮތެއްވުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަކަށް ނޭނގޭ، ބޭންކްތައް މެދުވެރިކޮށް، ޕާޓީގެ މެމްބާޝިޕް ވިއްކައިގެން، ކުރެވިދާނެތޯ،" ޝިފާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox