ތައުލީމީ ދާއިރާގެ ބޮޑު ދިރާސާ ކުރާ ގްރޫޕު އެކުލަވާލައިފި

މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ދިރާސާއެއް ކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު 18، ގައި -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ދިރާސާއެއް ކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު 18، ގައި -- ފޮޓޯ: ރައީސް އޮފީސް

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދަނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަ މެމްބަރުންގެ ޓީމެއް އެކުލަވާލައި، މަައްސަލައާ ގުޅޭ ބޮޑު ދިރާސާއެއް ކުރުމުގެ މަސައްކަތް ހަވާލު ކުރައްވައިފި އެވެ.

"ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" އުފައްދާފައި މި ވަނީ އެފަދަ ދިރާސާއެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވުމަށްފަހު އެވެ.

ރައީސް އެކުލަވާލެއްވި ހަ މެމްބަރުންގެ ގްރޫޕުގައި އެޑިއުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާ އާއި ހިއުމަން ރިސޯސާސް ދާއިރާ އާއި، ސޯޝިއޮލޮޖީ އާއި ޓްރެއިނިންގެ ދާއިރާ އާއި ފައިނޭންސް އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރިސާޗް ގްރޫޕުގެ މެމްބަރުންނަކީ:

  • ޑރ. އަހުމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާ)
  • ޑރ. އަލީ ނަޖީބު (ހިޔުމަން ރިސޯސާސްގެ ދާއިރާ)
  • ޑރ. އައިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)
  • އާމިނަތު ޒުބައިރު (ޓްރެއިނިންގެ ދާއިރާ)
  • އަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)
  • އަބްދުﷲ ރަޝީދު (ތައުލީމީ ދާއިރާ)

ރައީސް އެކުލަވާލެއްވި ދިރާސާ ކޮމެޓީގެ މެމްބަރުންނާއެކު އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައި މައްސަލައާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ގްރޫޕުގެ މައިގަނޑު މަސައްކަތަކަށްވާނީ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ދެނެގަތުމާއި ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް ދަނެގަތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ މައްސަލަތައް ހައްލު ކުރާނެ ގޮތް ހޯދުމަކީ ވެސް އެ މެމްބަރުންގެ ޒިންމާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރީސަރޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި [ނައިބު ރައީސް] ދެކެވަޑައިގަންނަވާ،" ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެެ އެވެ.

އޭލެވެލް އިމްތިހާނުން ވަނަ ލިބުނު ދަރިވަރުންނަށް އިނާމު ދިނުމަށް އޮކްޓޯބަރު 18، ގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެމަނިކުފާނުގެ އެޑްވައިޒަރު ޑރ. މުސްތަފަ ލުތުފީއާ މަޝްވަރާ ކުރެއްވުމުން އެ މައްސަލަ ދަނެގަތުމަށް ދިރާސާއެއް ކުރެއްވުން މުހިންމު ކަމަށް ލަފާއެރުވި ކަމަށެވެ.

"އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަސްދު ކުރަނީ، ޑޮކްޓަރ މުސްތަފާ އެ ވިދާޅުވި ގޮތަށް، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތާބެހޭ އިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް،" އެ ރޭ ރައީސް ވިދާޅުވި އެވެ.

ދިރާސާ ކުރެއްވުމަށް ލަފާ އަރުއްވައި، ޑރ. މުސްތަފާ އެމަނިކުފާނަށް ދެއްވި ކަރުދާހުގައި، 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، "ރާއްޖޭގެ ތައުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިހްތިރާމާއި ގަދަރާއި ބަދަލުވަމުން އައި ގޮތް" ތަފްސީލުކޮށް ލިޔެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބިދޭސީންނާއި ވަގުތީ ޓީޗަރުންނާއެކު މުޅި ރާއްޖޭގައި 9119 މުދައްރިސުން މިވަގުތު އެބަތިއްބެވެ. އެއީ 6498 ދާއިމީ ދިވެހި މުވައްޒަފުންނާއި ބިދޭސީ 1730 މީހުންނާއި ވަގުތީ 891 މުދައްރިސުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox