ކާޑެއްދޫ އެއާޕޯޓު ވިލާއާ ހަވާލުނުކުރަނީ އެއްބަސްވުމުގައި ހިމެނޭ ފަޅު ރަށެއް ހިމާޔަތްކޮށްފަ އޮތުމުން

ކާޑެއްދޫ އެއާޕޯޓު. އެ އެއާޕޯޓު ވިލާ އެއާ އަތުން އަތުލާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ. ފޮޓޯ: ސޯޝަލް މީޑިއާ

ކާޑެއްދޫ އެއާޕޯޓު. އެ އެއާޕޯޓު ވިލާ އެއާ އަތުން އަތުލާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ. ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏަށް ދިނުމަށް ސުޕްރީމް ކޯޓުން އަންގާފައިވީ ނަމަވެސް, އެކަން ނުވެ އޮތީ އެއާޕޯޓުގެ އެއްބަސްވުމުގައި ހިމެނޭ ފަޅު ރަށެއް މިހާރު ހިމާޔަތްކޮށްފައި އޮތުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފަ އެވެ.

ކޮމިޓީ މެމްބަރު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަނީ ވިލާ އެއާޕޯޓުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ނުކުރެވިގެން އުޅުނީ ކީއްވެގެންތޯ ސުވާލުކުރައްވާފަ އެވެ.

"ސުޕްރީމް ކޯޓުން އެބަ އޮތް ހުކުމްކޮށްފަ، އެއާޕޯޓު ހަވަލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި އޮއްވާ ކީއްވެތޯ އެ އެއާޕޯޓު އެ ކުންފުންޏާ ހަވާލު ނުކުރެވިގެން މިހާ ގިނަ ދުވަސްވަނީ،؟" މެމްބަރު ތޯރިގު ސުވާލުކުރެއްވި އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަން ތަންފީޒު ކުރުމަށް ހުރަސް އެޅިފައިވަނީ އެއާޕޯޓުގެ އެއްބަސްވުމުގެ ދަށުން ކާޑެއްދުއާ ކައިރީގައި އޮންނަ ފަޅު ރަށެއް ވިލާ އެއާއަށް ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ. އެ ރަށަކީ މިހާރު ހިމާޔަތް ކޮށްފައިވާ ރަށެއް ކަމުން އެއާޕޯޓް އެއްބަސްވުމުގައިވާ ގޮތަށް އެ ރަށް ދޫކުރެވެން ނެތް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"އެގްރިމެންޓަށް ބަލާއިރު، އެގްރިމެންޓުގަ އެބަ އިދޭ، ކާޑެއްދޫ އެއާޕޯޓު ހަވާލުކުރާއިރު އެ އެއާޕޯޓާއެކު އެގްރިމެންތުގަ އިން ރަށެއް ވިލާ އެއާއަށް ލިބެން ޖެހޭ ގޮތަށް. އެ ރަށް މިހާރު އޮތީ ސަރުކާރުގެ ބޭނުމަށް ހިމާޔަތް ކުރެވިފަ، އެހެންވިމަ އޭގެ ބަދަލުގަ ދޭނެ ރަށެއް އަދި ކަނޑަނޭޅޭ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރުމަށްޓަކައި ރައީސް އޮފީސް، ފިނޭންސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފަޔަށް އެދިފައިވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"އެކަންތައްތައް ވުމުންކަމަށް އަޅުގަނޑަށް ގަބޫލުކުރަނީ ވިލާ އެއާއާ އެ އެއާޕޯޓު ހަވާލުކުރެވެން އޮތީ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާއާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފަ އޮތް އެއްބަސްވުން އުވާލީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017 ވަނަ ދުވަހު އެވެ.

އެ އެއާޕޯޓު ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކުރީ މާޗް 6، 2017 ވަނަ އަހަރު އެވެ. މިހާރު އެ އެއާޕޯޓު އޮޕަރޭޓްކުރަމުން އަންނަނީ ސަރުކާރުންނެވެ.

އެ މައްސަލަ ވިލާ އެއާއިން ކޯޓަށް ހުށަހެޅިއިރު މި އަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމާއި، އެހެންވެ އޭގެ ސަބަބުން ލިބުނު ބަދަލު ހޯދުމަށް ވިލާ އެއާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ހުކުމް ކޮށްފަ އެވެ.

މިނިސްޓަރު ނަހުލާ މިއަދުގެ ކޮމިޓީގައި ހިމާޔަތްކޮށްފަ އޮތް ފަޅު ރަށެއްގެ ވާހަކަ ވިދާޅުވި ނަމަވެސް، ކާޑެއްދުއާ އެންމެ ކައިރީގައި އޮންނަ ފަޅު ރަށަކީ ގދ. މާގޮނޑިރެހާ އެވެ. އެ ރަށަކީ ހިމާޔަތްކޮށްފަ އޮތް ރަށެއްކަމެއް އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެ ރަށް އޮންނަ 2015 ވަނަ އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox