ބަޖެޓު 22: އާ ޕްރޮގްރާމްތަކުގެ ތެރޭގައި ޓެގާއި ވިޓްނެސް ޕްރޮޓެކްޝަން

ބަޖެޓު 22: އާ ޕްރޮގްރާމްތަކުގެ ތެރޭގައި ޓެގާއި ވިޓްނެސް ޕްރޮޓެކްޝަން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ބަޔާން އިއްޔެ ދެއްވަމުން ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިއްްޔެ ވިދާޅުވި ގޮތުންނަމަ، އަންނަ އަހަރުގެ ބަޖެޓަކީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށާއި ދެވަނަ ފިޔަވަހީގައި ޕްރޮގްރާމްތަކުގެ ކީ ޕާފޯމަންސް އިންޑިކޭޓާޒް ކަނޑައެޅިގެންދާނެ އެވެ.

"މީގެ ސަބަބުން ބަޖެޓުން ކުރާ ހޭދައިގެ ނަތީޖާ އެނގި، ދައުލަތުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި، ހިންގުން ހަރުދަނާވެގެންދާނެ،" މަޖިލީހުގައި އިއްޔެ އަމީރު ވިދާޅުވި އެވެ.

މަޖިލީހުން ދިރާސާކުރަން ފަށަން ތައްޔަރާރުވަމުން އަންނަ ބަޖެޓަށް ބަލާއިރު، ދައުލަތުގެ އެކި އިދާރާތަކާ މަތިކޮށްފައިވާ އާ ޕްރޮގްރާމްތައް ވަނީ ވަކިން ހިމަނައިފަ އެވެ.

އެގޮތުން، އާ ޕްރޮގްރާމްތަކަށް ޖުމްލަ 485.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ މޮނީޓަރިން އެންޑް ކޮންޓްރޯލް ޓެގު ހޯދަން ހޯމް މިނިސްޓްރީގެ ބަޖެޓުގައި ހިމަނާފައިވާކަމެވެ.

އެ ޓެގު ނެތިގެން ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ނެރެވޭ މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ތަންފީޒުނުކުރެވޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެއާއެކު އަންނަ އަހަރު އެންކަލް ބްރެސްލެޓް މޮނީޓަރިން ސިސްޓަމެއް ހޯދަން ހޯމް މިނިސްޓްރީއަށް 2.25 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި އޭގެ ކުރިއަށް އޮތް ދެ އަހަރަށް ވެސް އެކަމަށްޓަކައި ޖުމްލަ 9.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ބަޖެޓުން ދައްކަ އެވެ.

ބައެއް އިދާރާތަކަށް މުވައްޒަފުން ނެގުމާއި މުހިންމު މަރާމާތުތައް ފަދަ މަސައްކަތްތައް ވެސް ޕްރޮގްރާމް ބަޖެޓުގައި ހިމަނާފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓުގައި ވިޓްނަސް ޕްރޮޓެކްޝަން ސިސްޓަމަކަށް ބައި މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ހިމަނައިފަ އެވެ.

ފާހަގަކޮށްލެވޭ ބައެއް އެހެން ޕްރޮގްރާމްތައް

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުން - 9.3 މިލިއަން ރުފިޔާ

  • ރިޒޯޓު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖުގެ އޮޑިޓް ކުރުން - 4 މިލިއަން ރުފިޔާ
  • މާލޭގައި މިނީ ބަސް އޮޕަރޭޓް ކުރުން - 4.5 މިލިއަން ރުފިޔާ
  • ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުން - 30 މިލިއަން ރުފިޔާ
  • މާލެ އުތުރު ހާބަރު ރީޑިވެލޮޕްކުރުމުގެ މާސްޓާ ޕްލޭން - 2.8 މިލިއަން ރުފިޔާ
  • އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން - 40.3 މިލިއަން ރުފިޔާ

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި6 ގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދީފައިވާ ރެކަމެންޑޭޝަންތައް ތަންފީޒުކުރުމަށް ވެސް ދިފާއީ ބާރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ހަމަލާއަށްފަހު މަޖިލީހުން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

މީގެ އިތުރުން، އަންނަ އަހަރަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރި ފަހުން 50 އަހަރު ފުރޭ އަހަރުކަމަށްވާއިރު، އެ މުނާސަބަ ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، އެ ހަރަކާތްތައް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

2022 ބަޖެޓުގެ ހުލާސާ
2022 ބަޖެޓުގެ ހުލާސާ

2022 ބަޖެޓުގެ ހުލާސާ

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ފަސްކުރަންޖެހުނު، ބޯހިމެނުން ވެސް އަންނަ އަހަރު ކުރިއަށް ގެންދަން ނިންމައި، އެކަމަށް 40.3 މިލިއަން ރުފިޔާ ބަޖެޓެއް ވަނީ ހިމަނައިފަ އެވެ.

ބަޖެޓު ބަޔާން ދެއްވަމުން އަމީރު އިއްޔެ ވަނީ ބަޖެޓުކުރެވިފައިވާ ގޮތަށް، ޕްރޮގްރާމްތަކާއި މަޝްރޫއުތައް ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޭގެ ތެރޭގައި 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

އެހެންކަމުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ.

އެގޮތުން ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައިވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox