ބަޖެޓު 22: ސުން ޕަސަންޓާއި ޖީއެސްޓީ އިސްތިސްނާގެ ފައިދާ ބޮޑީ މުއްސަނދިންނަށް

ދައުލަތުގެ ޓެކްސް އިދާރާ މީރާ ހިންގާ އިމާރާތުގެ އެތެރޭގައި އެތަނުގެ މުވައްޒަފެއް. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ދައުލަތުގެ ޓެކްސް އިދާރާ މީރާ ހިންގާ އިމާރާތުގެ އެތެރޭގައި އެތަނުގެ މުވައްޒަފެއް. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ހިދުމަތުގެ އަގަށް އަންނާނެ ބަދަލު ކުޑަކުރުމަށާއި އަސާސީ ހިދުމަތްތަކާއި މުދާ އަގުހެޔޮކޮށް ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް އެހީވެދިނުމަށް ސުން ރޭޓުގައި ޖީއެސްޓީ ނެގުމާއި ބައެއް މުދަލުން ޖީއެސްޓީ އިސްތިސްނާ ކުރުމުގެ ފައިދާ ބޮޑީ މުއްސަނދިންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތުން، އާމްދަނީ މަދުން ލިބޭ ފަރާތްތަކުން ދައްކާ ޓެކުހަށް ލުއި ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ.

ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)އާ ހަވަލާދީ ފިނޭންސް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ގޭބިސީތަކުން ޖީއެސްޓީގެ ގޮތުގައި ދައްކައިފައި ވަނީ 829 މިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، ހަޔަސްގައި ހިމެނޭ ހުރިހާ ގޭބިސީތަކުގެ ހަރަދަށް ބަލާއިރު، ހަ ޕަސަންޓުގައި ޖީއެސްޓީ ދައްކާ މުދަލާއި ހިދުމަތަށް ހިނގަނީ ގޭބިސީތަކުގެ ޖުމުލަ ހަރަދުގެ 50.2 ޕަސަންޓެވެ.

ސުން-ރޭޓުގައި ޖީއެސްޓީގެ މުދަލަށް މި ގޭބިސީތަކުގެ ހަރަދުގެ 19.8 ޕަސަންޓް ހިއްސާކުރާއިރު، އިސްތިސްނާކޮށްފައިވާ މުދަލާއި ހިދުމަތަށް ކުރާ ހަރަދު އުޅެނީ 30 ޕަސަންޓްގަ އެވެ.

ނަމަވެސް، އާމްދަނީގެ ނިސްބަތުން ބަލާއިރު، ޖީއެސްޓީ އިފެކްޓިވް ރޭޓުގެ ފަރަގު ވަރަށް ބޮޑެވެ. އިފެކްޓިވް ރޭޓަކީ ގޭބިސީއަށް ލިބޭ އާމްދަނީގެ ނިސްބަތުން ޓެކްސް ދައްކާ ރޭޓެވެ.

މިގޮތުން އެންމެ މުއްސަނދި 20 ޕަސަންޓުގެ ގިންތީގައި ހިމެނޭ ގޭބިސީތަކުގެ އިފެކްޓިވް ރޭޓު 1.7 ޕަސަންޓުގައި ހުރިއިރު، އެންމެ ފަގީރު 20 ޕަސަންޓުގައި ހިމެނޭ ގޭބިސީތަކުގެ އިފެކްޓިވް ރޭޓު 6.1 ޕަސަންޓުގައި ހުރިކަން ފާހަގަވާ ކަމަށް ފިނޭންސުން ބުންޏެވެ.

"މީގެ މައިގައިޑު ސަބަބަކީ މުއްސަނދި ގޭބިސީތަކުން ކުރާ ހަރަދުގެ ތެރޭގައި އިސްތިސްނާކޮށްފައިވާ މުދަލާއި ހިދުމަތަށް ކުރާ ހަރަދު (ހާއްސަކޮށް ކުލި) ނިސްބަތުން ބޮޑު ބައެއް ހިއްސާކުރާތީ އެވެ" ފިނޭންސުން ބުނެފައި ވެ އެވެ.

ޖީއެސްޓީ ސުން-ރޭޓާއި އިސްތިސްނާތަކުން ކުރާ އަސަރު

ޖީއެސްޓީގައި ހިމެނޭ ސުން-ރޭޓާއި އިސްތިސްނާކޮށްފައިވާ މުދަލާއި ހިދުމަތްތަކުގެ ސަބަބުން ގޭބިސީތަކަށް ލިބޭ ފައިދާ ބެހިގެންދާ ގޮތަށް ބަލާއިރު، ޖީއެސްޓީއަށް އެ ލުއިތައް ދިނުމުން، ނިސްބަތުން އެންމެ ބޮޑަށް ފައިދާވާ ކަމަށް ބެލެވެނީ އެންމެ މުއްސަނދި ގިންތީގައި ހިމެނޭ ގޭބިސީތަކަށް ކަމަށް ފިނޭންސުން އަންދާޒާކުރެ އެވެ.

އެއީ ފިނޭންސުން ބުނާ ގޮތުގައި، އެންމެ މުއްސަނދި ގޭބިސީތަކުން ޖީއެސްޓީން އިސްތިސްނާ އަދި ސުން-ރޭޓުގެ މުދަލާއި ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުންނެވެ.

އަދި ވަކިވަކި މުދަލާއި ހިދުމަތަށް ބެލިނަމަވެސް، ޖީއެސްޓީ ނުނެގުމުން ދައުލަތަށް ގެއްލޭ އާމްދަނީގެ ފައިދާ ފަގީރު ގޭބިސީތަކަށްވުރެ ބޮޑަށް ކުރަނީ އެންމެ މުއްސަނދި ގޭބިސީތަކަށެވެ.

އެގޮތުން، ޖީއެސްޓީގެ ލުއިތަކުން ކުރާ ފައިދާގެ ނިސްބަތް، އެންމެ މުއްސަނދި ގޭބީސީތަކުގެ ގިންތިއަށް 287.6 މިލިއަން ރުފިޔާގައި ހުރިއިރު، އެންމެ ފަގީރު ގިންތިއަށް ކޮށްފައިވަނީ 79.1 މިލިއަން ރުފިޔާގެ ފައިދާ އެކެވެ.

ސުން-ރޭޓުގެ ބޮޑުބައެއް ހިއްސާކުރަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެ ބާވަތްތަކުން ދަށް ރޭޓެއްގައި ޓެކްސް ނެގުމުން ގޭބިސީތަކަށް ލިބޭ ފައިދާ ބެހިގެންދާ ގޮތަށް ބަލާއިރު، އޭގެ ފައިދާ އެންމެ ފަގީރު ފަރާތްތަކަށްވުރެ އެންމެ މުއްސަނދި ފަރާތްތަކަށް ކުރާ މިންވަރު ބޮޑުކަން ފާހަގަކުރެވޭކަމަށް ފިނޭންސުން ބުނެ އެވެ.

އެގޮތުން އެންމެ ފަގީރު 20 ޕަސަންޓުގައި ހިމެނޭ ގޭބިސީތަކުން، އެ ފަރާތްތަކުން އަހަރެއްގެ މައްޗަށް ކުރާ ހަރަދުގެ 18.1 ޕަސަންޓް ސުން ރޭޓުގެ ކާބޯތަކެއްޗަށް ހޭދަކުރާއިރު، މިބައިގެ ޖުމުލަ ޓެކްސް އެކްސްޕެންޑިޗާގެ 15.7 ޕަސަންޓް އެ ފަރާތްތަކުން ހިއްސާކުރެ އެވެ.

2022 ބަޖެޓުގެ ހުލާސާ
2022 ބަޖެޓުގެ ހުލާސާ

2022 ބަޖެޓުގެ ހުލާސާ

މިއާ ހިލާފަށް، އެންމެ މުއްސަނދި 20 ޕަސަންޓްގައި ހިމެނޭ ގޭބިސީތަކުން އެ ފަރާތްތަކުގެ ހަރަދުގެ 8.7 ޕަސަންޓް ސުން-ރޭޓުގައި ޖީއެސްޓީ ނަގާ ކާބޯތަކެއްޗަށް ހޭދަކުރާއިރު، ޖުމްލަ ޓެކްސް އެކްސްޕެންޑިޗާގެ އެ ފަރާތްތަކުގެ ހިއްސާއަކީ 24.1 ޕަސަންޓެވެ.

ކާބޯތަކެތީގެ ޓެކްސް އެކްސްޕެންޑިޗާގެ ބޮޑު ބައެއް އެންމެ މުއްސަނދި ގޭބިސީތަކަށް ބެހިގެންދަނީ، ހުރިހާ ގޭބިސީތަކުން ސުން-ރޭޓުގެ ކާބޯތަކެއްޗަށް ކުރާ ހަރަދުގެ ތެރެއިން އެ ފަރާތްތަކުގެ ހިއްސާ ފަގީރު ގޭބިސީތަކަށްވުރެ ބޮޑުވުމުގެ ސަބަބުން ކަމަށް ފިނޭންސުން ބުނެ އެވެ.

ޑެފިސިޓަށް ކުރާ އަސަރު

ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށާއި ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް މުހިންމު އާލާތަކަށްވާއިރު، ދައުލަތުގެ ހަރަދުތައް އިތުރުވެ ޑެފިސިޓް ބޮޑުވަމުންދާ މިންވަރަކުން، ޑެފިސިޓް ފޫބެއްދުމަށްޓަކައި ދައުލަތުން ނަގާ ދަރަނިވެސް އިތުރުވަމުން ދާނެކަމަށް ފިނޭންސުން ލަފާކުރެ އެވެ.

އަދި މީގެ ސަބަބުން ދަރަނި ސާވިސްކުރުމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވެ، ދައުލަތުގެ ޖުމުލަ ހަރަދުވެސް ދަނީ އިތުރުވަމުންނެވެ.

މިގޮތުން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ރޭޓުތައް އިތުރުކުރުމުން، ދައުލަތުގެ ހަރަދުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަނަމަ، ޑެފިސިޓް ދަށްވެގެންދާނެ އެވެ.

މިނިސްޓްރީން ހުށަހަޅާ ހައްލު

ފިނޭންސުން ބުނާ ގޮތުގައި، ޖީއެސްޓީގެ ސިޔާސަތަށް ގެންނަ ބަދަލުތަކުން ސީދާ ގޮތުން ގޭބިސީތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެވެ. އެހެންކަމުން އެ ސިޔާސަތުގެ ސަބަބުން ފަގީރު ގޭބިސީތަކުގެ ޓެކްސް ބާޑަން ދަށްކުރެވޭނީ އެ ގޭބީސީތަކަށް ހާއްސަކޮށްގެން ޓާގެޓްކުރެވޭ ސަބްސިޑީއެއް ދީގެން ކަމަށް ފިނޭންސުން ބުނެ އެވެ.

އެހެންކަމުން، ޖީއެސްޓީގެ ސިޔާސަތަށް ބަދަލެއް ގެނައުމުގެ ކުރިން އެ ބަދަލެއްގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ނާޒުކު ގޭބިސީތައް ރައްކާތެރިކުރުމަށް ޓާގެޓްކޮށްގެން ސަބްސިޑީ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ފިނޭންސުން ދެކެ އެވެ.

ޓެކުހުގެ ސިޔާސަތާއި އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތައް އެކުވުމުގެ ނަތީޖާއަކީ ފަގީރުންނާއި ރައްކާތެރިކަން ބޭނުންވާ އެހެން ފަރާތްތަކަށް ދީފައިވާ އިސްތިސްނާތަކުގެ ފައިދާ ލިބެންނުޖެހޭ މުއްސަނދިނަށް އޭގެ ފައިދާ ލިބުމެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވެ ޑެފިސިޓް އިތުރުވެގެންދެ އެވެ.

އެހެންކަމުން، އިޖުތިމާއީ ގޮތުން ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ދެވޭނީ ޓެކުހުގެ ނިޒާމުގެ ބޭރުން އެފަދަ ފަރާތްތަކަށް ހާއްސަ ސިޔާސަތުތައް އެކުލަވާލައި ކުރިއަށް ގެންގޮސްގެންކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން އިތުރަށް ބުނީ ޓެކުހުގެ ސިޔާސަތާއި އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތައް ގުޅިގެން މަސައްކަތްކުރާނަމަ، އާމްދަނީ އިތުރަށް ލިބޭ ފަރާތްތަކުން އެހެން ފަރާތްތަކަށްވުރެ އިތުރަށް ޓެކްސް ދައްކާނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ޓާގެޓެޑް ސަބްސިޑީގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުން އެ ފަރާތްތަކުން ޓެކްސް ދައްކަންޖެހުމުން އުފުލާ ތަކުލީފު އިތުރުނުވެ، ސަރުކާރަށް އާމްދަނީ ލިބޭ މަސްދަރުތައް ރައްކާތެރިކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox