ކޫމަން ބާސެލޯނާގެ ކޯޗުކަމުން ވަކިކޮށްފި

Oct 28, 2021, 3:01 AM
ރޭގެ މެޗަށް ފަހު ކޫމަން.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު ކޫމަން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮކްޓޫބަރު 28) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބާސެލޯނާ ބަލިވިތާ މާގިނައިރެއް ނުވެ ބާސެލޯނާގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކޮށްފި އެވެ.

ކޫމަން އަކީ މިދިޔަ ތިން އަހަރު ތެރޭ ބާސެލޯނާގެ ކޯޗުކަން ގެއްލުނު ތިން ވަނަ ކޯޗެވެ.

މި ސީޒަނުގެ ނިޔަލަށް (އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް) ބާސެލޯނާގެ ކޮންޓްރެކްޓްގައި ކޫމަން ހުރިއިރު، އޭނާ ވަކިކުރިޔަސް ކޮންޓްރެކްޓްގެ މުއްދަތަށް މުސާރަ ދޭން ޖެހޭނެ އެވެ. އެ ގޮތަށް ކަންތައް ކުރަން ޖެހުނު ކަމުގައި ވިޔަސް ބާސެލޯނާ އިން ކޫމަން ވަކިކުރަން އެންމެ ފަހުން ނިންމީ ކްލަބްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ކްލަބްގެ އާންމު މެމްބަރުންނާއި ސަޕޯޓަރުންގެ އިތުރުން ބޯޑު މެމްބަރުންގެ ޕްރެޝަރު ވެސް ކުރިމަތިވާން ފެށުމުންނެވެ.

އުމުރުން 58 އަހަރުގެ ކޫމަން އަށް ބާސެލޯނާ ކޯޗުކަން މި ގެއްލުނީ މަގާމާ ހަވާލުވިތާ 14 މަސް ތެރޭގަ އެވެ.

ކޫމަން އަށް މިހާ ޕްރެޝަރު ބޮޑުވީ މި ސީޒަނުގެ ލަލީގާގެ ފުރަތަަމަ 10 މެޗު ނިމުނުއިރު ބާސެލޯނާ އަށް 15 ޕޮއިންޓް ލިބުނުއިރު، އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގައި ކަމަށްވާތީ އެވެ. ރޭ ރަޑަމެލް ފަލްކާއޯގެ ގޯލުން ރަޔޯ ވަޔެކާނޯ އަތުން ބަލިވިއިރު، ނަތީޖާ ހަމަހަމަކުރަން މެމްފިސް ޑިޕާއި ޖެހި ޕެނަލްޓީވީ ނާކާމިޔާބެވެ. ރޭގެ ނަތީޖާއާ އެކު މިއީ މި ފަހަރު ލީގުގައި ބާސެލޯނާ ބަލިވި ތިން ވަނަ މެޗެވެ. އަދި ޖެހިޖެހިގެން ލީގުގައި ބަލިވި ދެ ވަނަ މެޗެވެ.

ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އާއި ކްލަބްގެ ބޯޑު މެމްބަރުން ބޭއްވި ބައްދަލުވުމަށް ފަހު ކޫމަން މަގާމުން ވަކިކުރިކަން އެންގީ ފޯނު ކޯލަކުން ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ކޫމަން މަގާމުން ދުރުކޮށް ބާސެލޯނާ އިން ގެންނަން މަސައްކަތްކުރާ ކޯޗަކީ އެ ކްލަބްގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ. ޒަވީ އަންނަނީ ގަތަރުގެ އަލް ސާދުގެ ކޯޗަކަށް ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޒަވީ ކޯޗަކަށް ގެންނަން ބާސެލޯނާގެ ބޯޑް މެމްބަރުންގެ މެޖޯރިޓީ ތާއީދުކުރެ އެވެ.

ކޫމަން އަށް ބާސެލޯނާ ކޯޗުކަން ގެއްލެން މެދުވެރިވި އަނެއް ސަބަބަކީ އެ ޓީމުގެ ބައެއް ކުޅުންތެރިންނާ ޖެހުނު މައްސަލަތަކެވެ. ބައެއް ކުޅުންތެރިންނަށް ކޫމަން ގަސްދުގައި ފުރުސަތެއް ނުދޭ މައްސަލައިގައި އޭނާ އަށް މީޑިއާގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ލީގުގެ ކުރީގައި ލީޑުނަގަން ލިބުނު ފުރުސަތު ރެެއާލުން ނަގާލި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އޮސަސޫނާއާ 0-0 އިން އެއްވަރުވެފަ އެވެ. މިއީ 2005 ވަަނަ އަހަރުގެ ފަހުން އޮސަސޫނާ އަށް ރެއާލް ދަނޑުގައި ލީގުގައި ލިބުނު ފުރަތަމަ ޕޮއިންޓެެވެ. އޮސަސޫނާއާ ދެކޮޅަށް ކުޅުނު މި މެޗުން ތިން ޕޮއިންޓް ނުލިބުމުން ލީގުގެ ރޭހުގައި ރެއާލަށް ވަނީ ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.

ރެއާލަށް މޮޅުނުވެވުމުގެ ފައިދާ ސެވިއްޔާ އަށް ނުނެގުނެވެ. ސެވިއްޔާ ކުޅުނު މެޗުން ރެއާލް މަޔޯކާއާ 1-1 އިން އެއްވަރުވީ އެވެ. ސެވިއްޔާ މޮޅުވިނަމަ ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.

މެނުއަލް ޕެލެގްރީނީގެ ކޯޗުކަމުގައި ކުޅޭ ރެއާލް ބެޓިސް އިން ވަނީ 4-1 އިން ވެލެންސިއާ ބަލިކޮށް ލީގު ތާވަލުގައި ބޮޑު ފިޔަވަޅެއް ކުރިއަށް ޖެހިލައިފަ އެވެ.

ތާވަލުގެ އެއް ވަަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ސެވިއްޔާ، ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަދި ހަތަރެއްގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ބެޓިސް 11 މެޗު ކުޅުނުއިރު، ދެން އޮތް ތިން ޓީމު ކުޅުނީ 10 މެޗެވެ.

މިރޭ ސޮސިއެޑާޑް ކުޅޭ މެޗުން ސެލްޓަ ވިގޯ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox