ކޯޗިންގައި ވެސް ލޯންގޭ ބޭނުންވަނީ ގައުމަށް ހިދުމަތް ކޮށްދޭން

ޔޫތު ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ލޯންގޭ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޔޫތު ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ލޯންގޭ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސޯޅަ އަހަރު ގައުމީ ޓީމަށް ކުޅެދިނުމަށް ފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، ގައުމީ ޓީމުން ރިޓަޔާކުރީ 2019 ވަނަ އަހަރު އެވެ. އޭރު ވެސް އޭނާ އަޒުމަކީ ވޮލީބޯޅައިން ގައުމަށް ކޮށްދޭން ބޭނުންވާ ހިދުމަތް ހުއްޓައިނުލައި ކުރިއަށް ގެންދިއުމެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ ދެ އަހަރެއްހާ ދުވަސް ފަހުން ލޯންގޭ، 35، މި ވަނީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތް ފަށައިފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މިހާރު އޮތް ލީޑަޝިޕުން 23 އަހަރުން ދަށުގެ ޓީމުގެ ބޮޑު ޕްރޮޖެކްޓެއް ފެށިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ލޯންގޭ އެވެ. ޓީމުގެ ހެޑް ކޯޗަކީ ކޯޗިންގެ ތަޖުރިބާ ބޮޑު ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

Advertisement

މީގެ ކުރިން ލޯންގޭގެ ކޯޗިންގެ އެކި މަސައްކަތް ފެނިފައި ހުރީ ލޯކަލް މުބާރާތްތަކުގަ އެވެ. ގައުމީ ލެވަލްގައި ކޯޗިންގެ ފުރަތަމަ މަސައްކަތަށް ނުކުންނައިރު ލޯންގޭ ހުރީ އިތުބާރާ އެކު އެވެ.

ތޭވީސް އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން ވީއޭއެމް އިން ހުޅުވާލައިގެން ޓްރަޔަލްތަކެއް ގެންދިޔަ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ދިގު ދެމިގެންދިޔަ މި ޓްރަޔަލްގައި 70 ވަރަކަށް ކުޅުންތެރިން ބައިވެރިވިއިރު، 30 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު މިހާރު ވަނީ ރަސްމީ މަސައްކަތް ފަށައިފަ އެވެ. ކޯޑް އޮފް ކޮންޑަކްޓެއްގައި ސޮއިކޮށް، ޖޯޒީ ހަވާލުކޮށްފި އެވެ.

ލޯންގޭ މިއަދު "އަދަދު" އަށް ބުނީ ގައުމީ ޒުވާން ޓީމުގެ ޓްރަޔަލްތަކަށް އައި ކުޅުންތެރިންގެ ތެރެއިން ވޮލީގެ ހުނަރުހުރި ކުރިއަށް ދެވޭނެ ކަމުގެ އުއްމީދެއް ކިރިޔާ ވެސް ފެނުނު ކުއްޖަކަށް ވެސް ސްކޮޑަށް ވަންނަން ފުރުސަތު ދިން ކަމަށެވެ.

"ރަނގަޅު ކުރެވޭނެ ކުދިން. މިކަމުގެ (ވޮލީން ކުރިއަށް ދިއުމުގެ) ޝައުގުވެރިކަން ހުރި ކުދިން. ދެން ސްކިލް ވެސް ރަނގަޅު ކުދިން. މި ހުރިހާ ކަމަކަށް ބަލައިގެން މި ސިލެކްޝަން މި ހެދީ. ކިރިޔާ ވެސް ފުރުސަތެއް ދެވޭނެ ކުއްޖެއް ވިއްޔާ ގޮވައިގެން ކުރިއަށްދެވޭތޯ މި ބަލަނީ،" ލޯންގޭ ބުންޏެވެ.

ގައުމީ ޔޫތު ޓީމުގެ ޕްރެކްޓިހުގައި ލޯންގޭ ކުޅުންތެރިއަކަށް ބުނެދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ލޯންގޭގެ ކެރިއަރުގައި އެތައް އަހަރުތަކެއް ވަންދެން ކުޅުނުއިރު، ތަޖުރިބާކުރަން ޖެހުނު އެއް ކަމަކީ ސީނިއާ ގައުމީ ޓީމާ ހަމައަށް ދެމެހެއްޓެނިވި ގޮތެއްގައި ކުޅުންތެރިން ގެނެސްދޭނެ ރަނގަޅު ޒުވާން ކުޅުންތެރިންގެ ޕޫލެއް ނެތުމުގެ މައްސަލަ އެވެ.

ޒުވާން ކުޅުންތެރިން ހިމެނޭ ޕޫލެއް އޮވެއްޖެނަމަ އެއީ ގައުމީ ސީނިއާ ޓީމަށް އަދި ޖުމްލަކޮށް މުޅި ވޮލީ އަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ލޯންގޭ ގަބޫލުކުރެ އެވެ. މިހާރު އޮތް ވީއޭއެމްގެ ލީޑަޝިޕުން އެ މަސައްކަތް ފެށިއިރު، އޭގެ ބައިވެރިވެވޭތީ އެއީ ވެސް ލޯންގޭ އަށް މި މަސައްކަތުގައި ކުރިއަށްދާން ލިބޭ ހިތްވަރެކެވެ.

"ހުނަރުހުރި ކުޅުންތެރިން ވީހާވެސް އަވަހަށް ހޯދައިގެން ރަނގަޅު ޕޫލެއްގެ ތެރެއިން ސީނިއާ ގައުމީ ޓީމާ ހަމައަށް ކުޅުންތެރިން ފޯރުކޮށްދޭވެނެ ރަނގަޅު ސިސްޓަމެއް އޮވެއްޖިއްޔާ މީގެ ފައިދާކުރާނީ. އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރެވޭނެ ކަމަށް،" ވ. ކެޔޮދޫ އަށް އުފަން ލޯންގޭ ބުންޏެވެ.

މަޝްހޫރު ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ ކޯޗުކަމުގެ ދަށުން 2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ ވަނީ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ވެސް އޭނާގެ ޒިންމާ އަދާކޮށްފަ އެވެ. ލޯންގޭ ބުނީ މިހާރު އަރަމުން އަންނަ ކުޅުންތެރިން ވެސް ވިސްނަން ޖެހޭނެ އެންމެ ބޮޑު ކަމަކީ އެ ކުޅުންތެރިއަކަށް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

މިހާރު އޮތް ޒުވާން ގައުމީ ޓީމު ވެސް ކުރިއަރާނީ މެޗުތަކެއް ކުޅުނު ވަރަކަށް ކަމަށާއި ޕްލޭންގައި އޮތްގޮތަށް ބަލާއިރު، މި ކުޅުންތެރިންނަށް މެޗުތަކެއް ލިބޭނެ ގޮތަށް ކަންކަން ރޭވިގެންދާނެ ކަމަށް ލޯންގޭ ގަބޫލުކުރެ އެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާ އިން ޒުވާނުންގެ އިނާމް ހާސިލްކޮށްފައިވާ ލޯންގޭގެ އުއްމީދަކީ އޭނާގެ ފަރާތުން ވޮލީގެ އަންނަން އޮތް ޖީލުތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިނުމެވެ.

ގައުމީ ޓީމުގައި ކުޅުންތެރިއެއްގެ ޖޯޒީ ލައިގެން ހުރެ ކޯޓު މަތީގައި ދެއްކި ހިތްވަރު ދެން ލޯންގޭގެ ފަރާތުން ފެންނާނީ ގައުމީ ޓީމުގެ ބެންޗުގައި ހުރި އޮފިޝަލެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox